ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް މަރުކަޒީ ބޭންކް (އެެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެެ އޯވަރޑްރާފްޓުގެ މުއްދަތު އިތުރުކޮަށްދިނުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް ރައްޔިތުންގެެ މަޖިލީހުން ގޮތެއް ނުނިންމިއްޖެެ ނަމަ ސަރުކާރު ހުއްޓިދާނެ ކަމަށް ކިނބިދޫ ދާއިރާގެ މެެންބަރު އަހުމަދު ނާޝިޒް ވިދާޅުވެއްޖެ އެެވެ.

ރާއްޖެެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ މަޖިލީހުގައި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އޯވާ ޑްރާފްޓް މައްސަލަ ނިންމަން ޖެހޭނީ ދާއިމީ ކޮމެޓީއަށް ފޮނުވައިގެން ނުވަތަ މުޅި މަޖިލީހުގެ ކޮމެޓިީން ކަމަށެވެ.

"އަދި މި މައްސަލައާ މެދު މަޖިލީހުގެ މެމްބަރުން ގޮތެއް ނިންމާފައެއް ނުވޭ. އެހެން ނަމަވެސް މިއަދުން ފެށިގެން ބަލާކަމަށް ވަންޏާ އޭޕްރީލް 26 ދޭތެރޭ މާގިނަ ދުވަހެއް ނެތް. މުއްދަތް ވަރަށް ކައިރި. އެ މުއްދަތުގެ ތެރޭގައި އިތުރު އެކްސްޓެންޝަންއެއް ނުލިބިއްޖެ ކަމަށް ވެއްޖިއްޔާ ދެން އިތުރަކަށް ޕަބްލިކް އެކައުންޓަކުން އޯވާޑްރޯ ކޮށްގެން ބޭނުންކުރުމުގެ ހުއްދަ މަޖިލީހަކުން ނުދޭނެ. ދެން އެހިސާބުން މި އަންނަނީ މިކިޔާ ގޮތުން އެެމެރިކާގައިވެސް މިކިޔާ ގަވަމަންޓް ޝަޓްޑައުންއަކަށް ދާ ވާހަކަ. ހީވާ ގޮތުން އެކަހަލަ ދިމާލަކަށް މިދެވެނީ. ގަބޫލްކުރެވޭ ގޮތުން އޭޕްރީލް 26 ގެ ކުރިން މިކަމަަށް ހައްލެއް އަންނަން ޖެހޭނެ." ނާޝިޒް ވިދާޅުވި އެވެ.

މި މައްސަލަ އާއި މެދު އަދި މަޖިލީހުގެެ މެންބަރުންގެ މެދުގައި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކޮށް ނާޝިޒް ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް މި މައްސަލައަށް ގޮތެއް ނުނިންމިއް ނަމަ ދެން އިތުރަކަށް ޕަބްލިކް އެކައުންޓަކުން އޯވާޑްރޯ ކޮށްގެން ބޭނުންކުރުމުގެ ހުއްދަ މަޖިލީހަކުން ނުދޭނެ ކަމަށެވެެ. އެހިސާބުން ސަރުކާރު އަންނާނި ހުއްޓުމަކަސް ކަމަށާއި، މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން މުއްދަތު އިތުރުކޮށްދޭން ޖެހޭކަމަށެވެ.

ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެ ނަމަ ޕަބްލިކް އެކައުންޓުން ފައިސާ ނެގުމަށް ދަތިވެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުން ހުއްޓޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    މީ ހުއްޓިފައިވާ ސަރުކާރެއް! އިތުރަށް ހުއްތޭކަށް ނެތް! މި ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަމެއް ދައްކާބަލަ!

    39
    1
  2. ގިރޭ

    ފޭލިވީ. ދެން ފައިބާ

    35
    1
  3. ރެފްރީ

    ބޮޑުވަޒީރުހުރިއްޔާ ސަރުކާރެއްނުހުއްޓޭނެ!!

    24
    5
  4. ވޭރު

    ވަށްކަންކޮށްގެން އައި ސަރުކާރެއް ވަށްކަންނުކޮށް ދެމިއޮވެވޭނެ ހަމަ އެއްވެސްގޮތެއްނެތް ސޯލިހުހަށްޔަރުކުރުން ނޫންގޮތެއް ދެންނެތް .

    33
    1
  5. ޖުއްބާ

    އޭ ނާސިޒޫ ޫ ޫ ޫ ޫ ޫ، ކޮން އޯވާ ޑްރާއެކޭ ކިޔާކައްތަ. ކަލޭމެންގެ ސަރުކާރު އެޔޮއް ބޮލައް ތިރާވަނީ. މަޖިލިސް ރައީސް އިނީ ބައްލަވައިގެން،،

    27
    2
  6. މަނިކ

    ރިވޭންޑު ރިވެންޑު

    19
  7. މޯލާ

    ވަގުން ވެރިކަމަށްއައިސް ދައުލަތުގެ ރުފިޔާކައި ހުންކޮށްފި.ކޮންމެފަހަރަކު މިޖެހެނީ ރުފިޔާ ޗާޕް ކުރަން.ދައުލަތާ ނުބައްދަލު ވަރަކަށް އެދަނީ ޚަރަދު ކުރަމުން.ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއެއްހަދާ އިސްވެރިން އެދަނީ ދަތުރުފަތުރަށް ނާޗަރަންގީއަށް ކޮމްޕެނީ ބަޖެޓް ތަޅާ ހުސްކުރަމުން.އަދި ގައުމާއި ހާލަތާއި ނުބައްދަލު މުސާރަ ހަމަޖައްސާފައި.ހުރިހާ ބުރައެއް ދައުލަތަށް.އިސްކޮށްތިބީ ކަރަޕްޓް މީހުންނާއި ގައްދާރުން.

    31
    1
  8. މޯޑު

    ކައިކައި މުޅިގައުމު އިނ ދަ ޖައްސާލައިފި

    33
  9. ރޔ

    އޯވަރ ޑްރާފްޓެށް ނޫން އޯވަރ ޑޯރޒް ވެފަ ތިތިބީ، ނުވިއެއްނު ދެންފައިބާ ތަނެއް އޮތިއްޔާ ބޯގަޅާލާތި މަވަރެއް ނެތިގެން

    35
  10. ރުޅި ގަދަނުވޭ

    ރޔ. ސަރުކާރަށް 5 އަހަރު ދުވަހު ނުލިބޭވަރުގެ އެހީ ފުރަތަމަ މަސް ދުވަހު ލިބުނު ކަމަށް ކާޕެޓޭ ބުނި ކޮބާ އެ ރުފިޔާތައް އެއްކޮޅުން ދައްކަނީ ރެކޯރޑް އަދަދަކަށް ޓްވަރިސްޓުން އަންނަ ވާހަކަ ފައިދާ ބޮޑު ވާހަކަ އެމް.ޓީ.ޓީ އެސް.ޓީ.އޯ އެމް.ޕީ.އެލް މި ހައްތަހާ ފައިދާވާ ކުންފުނިތައް ދެން ކީއްވެ މުސާރަ ނުދެވެންވީ. ތިބުނާ ހާލަތުގަ އޮތްނަމަ ކީއްވެ ރަށްތަކުގަ ރެކޯރޑް އަދަދަކަށް ޕްރޮޖެކްޓް ފަށްޓަން ކަނޑަޖެހީ. ކޮބާ ބްރިޖް ކޮބާ ގްޅީފަޅު ގޯތި ފްލެޓް ދިނުން ހުއްޓިފަތަ. ހެޔޮނުވާނަ މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެ.