ށ. ފުނަދޫ އެއާޕޯޓަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އިއުލާން ކުރެވުނު ވަޒީފާގެ އިންޓަވިއުއަށް ދިޔަ ބައެއް ފަރާތްތަކުންނެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އެއާޕޯޓަށް އޭވީއެސް ޓްރެއިނީއެއް ހޯދުމަށް ކުރި އިއުލާނާއި، ގުޅިގެން އެމަގާމަށް ޝައުގުވެރިކަން ފާޅުކޮށް ހުށައެޅި ހުށައެޅުމަށް، އެއިދާރާއިން ކުރެވުނު އިންޓަވިއު އަދި އެހެނިހެން ގޮތްގޮތުން ފެންވަރު ބެލުމަށް ފަހު، އެ އިދާރާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ނަތީޖާ ޝީޓް ( A2 ޝީޓް) ގައި ވަކިބަޔަކަށް ވަޒީފާ ދިނުމަށް ޕޮއިންޓް ދީފައިވާކަމަށް ފާހަގަކުރެވިފައިވާ ކަަމަށެވެ.

ވަޒީފާއަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން، ބައެއް ކެންޑިޑޭޓުންނަށް ޕޮއިންޓް ދިނުމުގައި ތައުލީމަށް 00 ޕޮއިންޓް ލިބިފައިވާއިރު، ގުޅޭ މަސައްކަތު ތަޖުރިބާއަށް 30 ޕޮއިންޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ކެނޑިޑޭޓުންނަށް އިންޓަވިއުއިން އާދަޔާއިހިލާފަށް މަތިން ޕޮއިންޓް ދީފައިވާ ކަމަށާއި، އަދި މިގޮތަށް ޕޮއިންޓް ދީފައިވަނީ އެ ކެނޑިޑޭޓުން ހޮވުމަށް ކަމަށާއި، ދެން ތިބި ކެނޑިޑޭޓުންނަށް ވަރަށް ދަށުން ޕޮއިންޓް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

"އެގޮތުން ދީފައިވާ ޕޮއިންޓްތަކުގެ އެވަރެޖް 6 އަދި 7 ގައި ހުރިކަން ފާހަގަކުރެވެއެވެ. ހަމައެގޮތަށް ވަޒީފާއަށް ހޮވިފައިވާ ކެނޑިޑޭޓުންނަށް ތައުލީމީ ބަޔަށް 0 ލިބިފައިވީ ނަމަވެސް އަންތަރީސް ވާހާއި މަތިން އިންޓަވިއުއަށް ޕޮއިންޓް ދީފައިވޭ" އޭސީސީއަށް ހުށަހެޅި ސިޓީގައި ވެއެވެ.

އަދި އެ މަގާމަށް ހޮވިފައިވާ ފަސް ކެނޑިޑޭޓުންނަށް އިންޓަވިއުއިން ދެންތިބި ކެނޑިޑޭޓުންނާއި ހުރި ފަރަގު ބޮޑުވެފައިވާކަން ކުރެވޭ ކަމަށާއި، އަދި އިންޓަވިއުއިން %50 ލިބޭ ބައިން، އިންޓަވިއުއަށްދިޔަ ގިނަ ބަޔަކަށް ވަރަށް ދަށުން ޕޮއިންޓު ދީފައި، ބޭނުންވާ ފަރާތްތަކަކަށް މަތިން ޕޮއިންޓްދީ ވަޒީފާއަށް ނަގާފައިވާކަން ފާހަގަކުރެވޭ ކަމަށް އެ ސިޓީގައި ވެއެވެ.

"އިންޓަވިއު ދިޔަ ގޮތުން އަޅުގަނޑަށް މި އަދަދަށް ވުރެ މާ މަތިން ޕޮއިންޓު ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. މި މިންވަރަކީ ތައުލީމީ ޤާބިލްކަމެއް ނެތްކަމަށް އެ އިދާރާއިން 30 ޕޮއިންޓް ލިބުން ކެނޑިޑޭޓުންނަށް އިންޓަވިއުއަށް ދީފައިވާ އަންތަރީސްވާ ފަދަ މަތީ ޕޮއިންޓް ތަކަށް ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ." ސިޓީގައިވެއެވެ.

މީގެ އިތުރުން ވަޒީފާއަށް މީހުން ނެގުމަށް ކުރެވުނު އިންޓަވިއުގައި ބައިވެރިވި ބައެއް ކެނޑިޑޭޓުންނަށް އިންޓަވިއުގައި ބައިވެރިވެފައި ނުވާތީ ޑިސްކޮލިފައި ވެފައިވާކަމުގެ ސިޓީ ލިބިފައިވާ ކަމަށް ލިޔެފައިވެއެވެ. އަދި ބައެއް ކެނޑިޑޭޓުންނަށް ދީފައިވާ ކެނޑިޑޭޓް ނަންބަރު A2 ފޯމުގައި ހިނެބިފައި ނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާގެ ސިޓީގައިވެއެވެ.

އޭނާ ވަނީ އެ ސިޓީގައި، އެކަމުގެ ޝަކުވާ އޭވިއޭޝަން ކޮމާންޑަށް ހުށަހެޅި ކަމަށް ބުނެފައެެވެ. އެހެން ނަމަވެސް އޭނާ އަށް ދިން ޖަވާބުގައި އިންޓަވިއުއިން ދަށުން މާކްސް ލިބިފައިވަނީ އެ ގާބިލްކަން އިންޓަވިއުން ސާބިތު ކޮށްދެވިފައި ނުވާތީ ކަމަށް ބުނެފައި ވާ ކަމަށް އޭނާގެ ސިޓީގައި ވެއެވެެ.

މި މައްސަލަ އޭސީސީއިން ބަލައިގަތް ކަމެއް ނުވަތަ ބަލައިނުގަންނަން ނިންމި ކަމެއް އަދި އެނގިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލިބެ

    ނުފޫޒު ބޭނުންކޮށްގެން ނަގާފައިވަނީ ގުރޭޑް 7 ވެސް ނުކިޔަވާ އެމްޑީޕީ ގުންޑާއިން

    6
    1
  2. ކޮވިޑް

    ދިވެހި ރައްޔިތަކު ވިދާޅުވެ ދެއްވަބަލަ މި ސަރުކާރުން ކޮރަޕްޝަން އަށް ނުވާ ގޮތަކަށް ކުރި އެއްކަމެއް؟

    19
    1
  3. މެހެރުބާނު

    އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަކީ މިހާތަނަށް އައިއިރު، ވަޒީފާތަކުގައި ދެމިތިބި ފަރާތްތަކަށް އެއްވެސް އުނިކަމެއް ނުވާފަދައިން މަގާމުގެ ކުރިއެރުންތަކާއި، އެހެނިހެން އެލަވަންސް ދެމުންދާ މުވައްސަސާއެއް. ޢެއިން ކަމެއް ފެންނަން ނެތުން އެއީ އަދި އެހެން ކަމެއް، ދެން ބައެއް ހާލަތުގައި ބަޔަކު މީހުންނަށް ކުޑަ ގޮތެއް ހަދާދިނަސް އެދެން ގައުމި ކަމެއްތާ.. ދެތިން ތިޖޫރި ވެސް ގެއްލުނު، މިހާތަނަށް އެއަށް ވީގޮތެއް ދެނެވޮޑިގެން ވާނީ ﷲ. ދެން ތިޔަފަދަ ކަމެއް ކޮށްލަން އެ ކޮމާންޑަށް އެއީ އުނދަގޫ ކަމަކަށް ވެގެންވެސް ނުވާނެތާ.. މިހާތަނަށް ރޯދަމަހު އޯޓީ ކުރުވާފައި އަނބުރާ އަތުލި ބަޔަކަށް އެ މުވައްސަސާ ވިއިރު ތިއަދި އިސްތައްޓެއްނު..؟

    1
    1
  4. ދަރަނި ދަންތުރަ

    ކަލޭނޭ އިރާ ވީދާ ނޮޅާ ކަނީ ވަށްކަމެއްނުކުރާނެ ގައުމު ދަވާލާނީ ރީނދޫ ގުރޫޕު

    15
    1
  5. ޙުސެން

    ޢެވިއޭސަން ސެކިއުރިޓީ ކޮމާންޑު އިންޓަރވިޔުޕެނަލް ގައޮތީ ހުސްކަރެޕުޓުމީހުން

  6. ޟިފާ

    ތިކަމުގައިސްކޮއް އުޅުނީ ރީދޫދެމީހުން

    5
    1
  7. ޟ

    ޢެވިއޭސަން ސެކިއުރިޓީ މިހާރުއޮތީވަރައްބޮޑައް ސިޔާސިވެފަ.އަސްގަރުޢައިފަހުން

  8. އެދުރުބެ

    އަތޮޅު އޮފީހާއި، އެހެނިހެން ސަރުކާރުގެ މުޢައްސަސާތަކަށް މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން މާބޮޑު ތިރަށުގައި. ތަފާތަކީ ހަމައެކަނި އެއީ ޕީ.ޕީ.އެމް ގެ އެކްޓިވިސްޓުންކަން.

  9. އެދުރުބެ

    ޒަމާނުއްސުރެ ވަކިބަޔަކަށް ވަޒީފާ ދެމުން ދިޔަ ރަށެއްގައި، އިންސާފްވެރިކަމާއެކު ވަޒީފާއެއް ދިނުމުން ތިޔަކަހަލަ އެއްޗެހި ހީވެސް ވެދާނެ!

  10. ކޮމާންޑަރު

    ތިހުރިހާ ކޮމެންޓެއްވެސް ތިލިޔަނީ ހަމަ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ދަށުން ކޮންމެ މުވައްސަސާއެއް ކަމުގައި ވީނަމަވެސް ހަމަ ލިޔާނެ އެއްޗެހި. އަހަރެމެން ދެވެހިން، ދިވެހިން ވެގެން ތެޅެނީ އެކަމަކު އެތެރޭގައި ހަމަ އިންނަނީ ހަނޑިއެއް. އެހެން މިބުނީ ސަރުކާރު ގޯސްވެގެން ތޯ ތިޔަ ކޮމާންޑެއްގެ ވެރިން ތިޔަ ކޮމާންޑްގެ މުސްތަގްބަލް ހަރުދަނާ މަންޒިލަކަށް ގެންދަން ދަތުރު ނުފެށިގެން އެ އުޅެނީ. އޮޑިދުއްވަން ނޭނގޭ ހާލުގައި އެނގޭ ބަޔަކަށް ދުއްވަން ހަވާލުކުރާކަށް ވެސް ތިތާ އުޅޭ ދެވަނަ ބޮޑު ހަނގުރާމައިގެ ހަނގުރާމަވެރިން ބޭނުންމެއް ނުވޭ. ތިޔަ ބުނާ މީހެއްވެސް އައީ އެހަކަށް ދުވަހު. އެކަމަކު ހަމަ ބުއްދީން ވިސްނާލީމަ އަހަރެންމީ މައުމޫން ވެރިކަމުގައި ހުންނެވި އިރު ވަޒީފާ ލިބުނު މީހެއް. ތިޔަ ބުނާ ވަޒީފާއަށް ވައްދާ ގޮތާ ވައްކަމާ މީހުން ނާ ފުރައްސާރަ ކުރުމާއި ލިސްޓް ކުރާހާ ހުރިހާ ކަމެއް ކުރޭ. އަދި ހަމަ ތިޔަ ހުއްޓު ވެރިން އެއިރެވެސް ތިބީ. އެހެންމަ އިހުގެ ރެލީއެއްގައި އަޅުވާ ޖަރީ ކަވަރަކީ ރައީސް މައުމޫންގެ ކަވަރެއް ކަމުގައި ވިޔަސް، ރައީސް ނަޝީދުގެ ކަވަރެއް ކަމުގައި ވިޔަސް، ރައީސް ވަހީދު ވިޔަސް، ރައީސް ޔާމީން ކިއެއްތަ އަދި ރައީސް ސޯލިޙްގެ ކަވަރު ކަމުގައި ވިޔަސް ތިޔަ ބަދަލު ކުރެވެނީ ހަމަ ބޭރު ތޮށި. އެއްޗެއްގެ ތޮއްޓަކީ އޭގެ ޒާތުގަ ހަލާކުވާ އަދި ރީތި ކުރެވޭ ނުވަތަ ހަލާކު ކުރެވޭ އެއްޗެއް. ތިޔަ ނޫނީ ނޯންނާނެ ހަމަމަގުން މުވައްޒަފުން ވެސް ނުގެންގުޅެވޭ ތަނެއް. އިސްކޮށް ތިބޭ މުވައްޒަފުންގެ ހާލު އެހާ ދެރަ ނުވިތާކަށް ގިނައީ ބަލި ވަހުށީ ސީނިއަރުން. ތިންފަށާ ގޮޅިއާ، ތަރިއާ މުޅިކޮމާންޑު ކޮނޑައް އަރުވާފަ ތިތިބަ އިހުގެ ރެލީގަ އެބަޖެހޭ ޒަމާނާ އެއްގޮތަށް ހުންނަ ހާލާތްތަށް ހަރުކޮށްގެންވެސް ދުއްވަން. ދެން ވިސްނާލީމަ އެނގޭނެ މިބުނާ އެއްޗެއް.

  11. ހުސެއިން

    18 ނުވާ ކުއްޖަކުވެސް ތި އެއާޕޯޓް ގެ ވަޒީފާއެއްގަ އުޅޭ

    2
    1
  12. މަށަކަށް ނޭނގެ މި ވާނުވާއެއް

    ށ.އަތޮޅުގެ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރެ އަހާބަަލަ ތިޔަށް ވީގޮތެއް؟ ނަން ނުބުނަންވެގެން ހައްތާވެސް

  13. ފުއާ

    ކޮންމެ ސަރުކާރެއްގަ ވިޔަސް ތި ރަށުގަ ވަޒީފާދިނުމުގައި އަބަދުވެސް ކޮރަޕްޝަންއޮވެ. އެ ވަރިހަމަ ސްކޫލް ފާހާނާ ސާފުކުރަން ވިޔަސް، މިއީ ވަކި ހަމަ އެކަނި ސަރުކާރަށް އިނގިލި ދިއްކުރެވޭ ކަމެއްނޫން