ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާ ގުޅޭގޮތުން އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޑެޕިއުޓީ ކަމިޝަނަރ އޮފް ޢަބްދުﷲ ނަވާޒު އާއި ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވީ ފުލުހުންނާއި ކަސްޓަމްސް ސަރވިސް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ރާއްޖެއަށް މަސްތަކުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ފުލުހުންނާއި ކަސްޓަމްސް އާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދެފަރާތް ގުޅިގެން މިހާރަށް ވުރެ ހަރުދަނާގޮތެއްގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމަކީ ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް މުޙައްމަދު ޖުނައިދު އައްޔަނު ކުރެއްވުމާއި ގުޅިގެން މަރުޙަބާ ދެންނެވުމުގެ ގޮތުންނާއި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ބޭފުޅުންނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިޔަ ހުރިހާކަމެއް ނިމުނީ ... އަނެއްކާ ދެން ފެންނަވަރު އިތުރެއް ނުވާނެބާ