ކޮވިޑް-19 އިން ދިފާއުވުމަށް ދިވެއްސަކަށް ފުރަތަމަ ޑޯޒް ސިނޮފާމް ވެކްސިނުން ދިނުމަށް ފަހު ދެވަނަ ޑޯޒް އޮޅިގެން ކޮވިޝީލްޑުން ދެވިފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު އެއްބަސްވެ އޭނާގެ ހާލު ގާތުން ބަލަމުންދާކަމަށް ބުނި ނަމަވެސް ވެކްސިން ޖެހި މީހާ އެވާހަކަ ދޮގުކޮށްފިއެވެ.
އަބްދުލް މަތީން މޫސާ މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާ އަށް ދެވަނަ ޑޯޒްގެ ވެކްސިން ދިން ފަހުން ހާލު ރަނގަޅެއް ނޫނެވެ. މަތީން ބުނި ގޮތުގައި އިއްޔެ ވެކްސިން ފުރަތަމަ ޖެހި ވަގުތު އޭނާ އަށް މައްސަލައެއް ދިމައެއް ނުވެއެވެ. ނަމަވެސް އޭގެ ދެތިން ގަޑިއިރު ފަހުން މޫނު މައްޗަށް އަނދިރިވެ ބޯއެނބުރުން ފަދަ ކަންކަން ދިމާވިއެވެ.
"މިއަދު ވަރަށް ގަދައަށް ހުން އައިސްފައި ހުރީ. ނަމަވެސް ރޯދަ ވިއްލައިގެން ބޭސް ކެއުމުން އިރާދަކުރެއްވިއްޔާ މިހާރު ހުން ރަނގަޅު. ނަމަވެސް ތުރުތުރެއް އެބަހުރި ހަށިގަނޑުގައި. ފައިގަ ވެސް ވަރެއް ނުހުރޭ. ކޮޅަށް ހުންނަން ވެސް އުނދަގޫ." މަތީން ބުންޏެވެ.
މަތީން ބުނީ އޭނާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން މީޑިއާގައި ބުނެފައި ވީނަމަވެސް އަދި އެންމެ ފަހަރަކު ވެސް އޭނާގެ ހާލު އެޗްޕީއޭ އިން ބަލާފައެއް ނުވެއެވެ. ނަމަވެސް މިއަދު ހެނދުނު އެޗްޕީއޭ އިން ގުޅައި ކަން ހިނގި ގޮތް އޮޅުން ފިލުވުމަށް ފަހު ގަޑިއަކު އެއްފަހަރު ހާލު ބަލަން ގުޅާނެ ކަމަށް ބުނި ކަމަށް މަތީން ބުންޏެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ ވައްތަރުގެ ވެކްސިން ޖެހުނު މީހާގެ ހާލު "ވަރަށް ގާތުން ބަލަމުންދާ" ކަމަށް އެޗްޕީއޭގެ ޑިރެކްޓަަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.
ނަސީރު މިއަދު ވިދާޅުވީ މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑްގެ ވެކްސިން ނޫން އެހެން ބްރޭންޑެއްގެ ވެކްސިންއެއް ދެވަނަ ޑޯޒްގެ ގޮތުގައި ދީގެން ސީދާ ގެއްލުމެއް ލިބޭ ކަމަކަށް ނުދައްކަ އެވެ.
"މިހާތަނަށް ހެދިފައި ހުރި ދިރާސާތަކުން ދައްކާ ގޮތުން އެއީ ދެ ޑޯޒް ލިބުމުން ލިބޭ ފައިދާ، އެގޮތަށް ދެ ޑޯޒް ދެވުމުގެ ސަބަބުން ލިބިގެން ދާނެ ކަމަށް މިވަނީ އެނގިފައި. ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ދިޔަ ކަމެއް މިއީ،" ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިފަދަ ގޮތަކަށް ވެކްސިން ޖެހުމުގެ މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށް ކަންކަން ރާވާނެއެވެ.
ފަރުވާ ކުޑަ ކަމުން ދޯ.
ޓެސްޓެއްހަދާލީދޯ
ކީކޭ ބުނާނީ! ތިހުންނަނީ ފަރުވާ ކުޑަކަން! އަހަންނަށް ވެސް ހުދު ނޭނގޭ ޖަހަނީ ވެކްސިން ކަމެއް! ވެކްސިން ވެއިލް އިން ނަގާތަނެއް ނުފެނޭ! ހުންނަނީ ސިލިންޖަށް ލޯޑް ކޮއްފަ! ހަގީގަތުގައި ވެކްސިން ސިލިންޖަށް ލޯޑް ކުރަންޖެހޭނީ ކުރިމަތީގަ!
ހަމަ ގައިމުވެސް ސޯޝަލް ސެންޓަރ ގަ ވެކްސިން ލޯޑް ކުރަނީ ކުރިމަތީގަ ހަމަ. ފިތުނަ އުފައްދަން އުޅޭ މީހުން ހަމަ
މި ސަރުކާރުން ނިކަމެތި ރައްޔިތުންނަށް އަނިޔާކޮށް ނުބައި ވެކްސިންދީގެން ރޮލުންކާއިރު ކޮބާ ހިއުމަން ރައިޓްސް ކޮމިޝަން.. ޔާމީން އިރުވީކަމެއް ނަމަ އެމްޑިޕީ އެއްޗެހިންހީވާނީ މޮޔަވެގެން ތެޅޭހެން
ސަކާރާ
އަޅުގަނޑު ފުރަތަމަވެކްސިނަޖެހި ކަމައްކާޑުގަލިޔެފައިނީ ސޯސަލްސެންޓަރުކަމަށް އެހެންވެ ދެވަނަޑޯޒް ޖަހަންޖެހުނީ ސެނެހިޔާވެކްސިން މިގޮޔްވެސް އޯކޭނޫންތޯ
އަޅުގަނޑުމިވީރާޖޭން ތައްޔާރުކުރިވެކްސިންޖެހިފުރަތަމަ މީހާޔަށް ހެހޭ
ކޮވިސީލްޑް 1 ވަނަ ޑޯޒް ވީމަ ވެދާނެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.
އެއީ ކޮވިޝީލްޑް ވެކްސިން ގެ ސައިޑް އިފެކްޓްސް .. ސިނޮފޯމް ޖަހއިގެން މިހާ ގިނަ ސައިޑްސް އިފެކްޓްސް ނުހުރޭ
ސިނޮފާމް ކަމުނުގޮސްގެން އެހެދި ޗައިނާއިންވެސް އެއުޅެނީ ގައިމު!
އެޗްޕީއޭގެވެރިން ގޭގާ ގަދަޔަށް ނިދާގުގުރިދަމަމުން ގާތުން ބަލަނީ. ޕަބްލިކަށް އޮޅުވާލިޔަސް ބޮޑުވަރުތީ
ވެކްސިން ހިމާޔަތް ކުރުމުގެ ގޮތުން ނަސީރު މިއަދު ވިދާޅުވީ މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑްގެ ވެކްސިން ނޫން އެހެން ބްރޭންޑެއްގެ ވެކްސިންއެއް ދެވަނަ ޑޯޒްގެ ގޮތުގައި ދީގެން ސީދާ ގެއްލުމެއް ލިބޭ ކަމަކަށް ނުދައްކަ އެވެ. މިހާތަނަށް ހެދިފައި ހުރި ދިރާސާތަކުން ދައްކާ ގޮތުން އެއީ ދެ ޑޯޒް ލިބުމުން ލިބޭ ފައިދާ، އެގޮތަށް ދެ ޑޯޒް ދެވުމުގެ ސަބަބުން ލިބިގެން ދާނެ ކަމަށް މިވަނީ އެނގިފައި. ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ދިޔަ ކަމެއް މިއީ،" ނަސީރު ވިދާޅުވި އެވެ.
————————————————————-
މިވެރިން ވެކްސިން ހިމާޔައްކުރަން ކޮންމެފަދަ ކޮހެެއްވެސް ގޮވާފަނެތެވެ!!!
—————————————————————————————-
ކޮވިޑް 19 ޢޭމިކިޔާ އެތިން ސަލާމިތް ވާށޭ ބުނެ ވެކްސިން 2 ޑޯޒް ފުރިހަމަ ކުރަން 2 ބްރަންޑެއްގެ ވެކްސިން އެކަކުގަޔަޖެހުމުން މައްސަލައެއް ދިމާނުވެ އެކަމުން އެމީހަކަށް ފައިދާވައްޏާ ކީއްކުރަންތޯ!، ކުރިއަށް އޮތް ތަނުގައި މިފަދަ ގޮތަކަށް ވެކްސިން ޖެހުމުގެ މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށް ކަންކަން ރާވަނީ؟
”ވިހަ ދިޔަވަރު”(ވެކްސިން) ހިމާޔަތް ކުރަން ތި ދެއްކޭ ނުދެއްކޭ ވާހަކައެއް އެބަ އެނގޭތޯއެވެ؟
ބަލިމީ ހާ އެބުނަނީ އޭނާގެ ޙާލު ނުބަލާ ވާ ހަކަ، ދެ ބްރޭންޑެއްގެ ދެޑޯޒްޖަ ހަހައިގެން ގެއްލުމެއް ނުވާނެކަން ކަމަށް ވިސްނައިދޭން އެޗްޕީއޭ އިން މަސައްކަތް ކުރަނީ، ކި ހާ ދެރަކަމެއް.
ތިބުނާމީހާ.. އެޗްޕީއޭ އިން ގުޅީމާ ފޯނުވެ ސް ނުނަގާ ކަމަށްވަނީ..މުޅިން ހަމަ ސޮރެއްވެ ސް ނޫ.. ސަރުކާރު އަގުވަށްޓާލަން ވެގެން އުޅޭ ސޮރެއް..
"މިހާތަނަށް ހެދިފައި ހުރި ދިރާސާތަކުން ދައްކާ ގޮތުން އެއީ ދެ ޑޯޒް ލިބުމުން ލިބޭ ފައިދާ، އެގޮތަށް ދެ ޑޯޒް ދެވުމުގެ ސަބަބުން ލިބިގެން ދާނެ ކަމަށް މިވަނީ އެނގިފައި. ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ދިޔަ ކަމެއް މިއީ،"
މި ބުނަނީ " އޮޅިގެން " ދެ ވައްތަރުން ޑޯޒް ހަމަކުރީމަ ފައިދާ ވާނޭ!!!؟؟
އެބުނަނީއޮޅިގެން ދެވައްތަރެއް ޖެހުނަސް ގެއްލުމެއް ނުވާނޭ، އޮޅިގެން ޖެހިގެން ފައިދާ ވާ ވާހަކައެއް ނޫން
Sarukaarun haadha faruvaakudhaey
އެޗްޕީއޭ އެއީ މިހާރުން މިހާރަށް އުވާލަންވީތަނެއް.ވެރިން މިހާރުން މިހާރަށް ބަދަލުކުރަންވީ.އެމީހުންގެ ސަބަބުން ކަން ކަންގޯސްވަނީ .އަބަދުވެސް އޮޅުވާލެވޭތޯ ބަލަނީ.ރައްޔިތުންނަށް.މީޑިއާ އަށް އަރާ ދޮނގު ވާހަކަ ފެތުރުން ކަމަކީ .އޮޅިގެން ވެކުސިން ޖެހި ބަޔަކަށް ފިޔަވަޅު އަޅަންވީ .ވަޒީފާއިން އެކަހެރި ކުރަންވީ.ފަރުވާކުޑަކަން ތިހުންނަނީ.ތިބަޔަކު ފެން ކަމަށް ޒަހަރުވެސް ދީފާނެ.
ތިއީ އެއްވެސް މައްސަލައެއް ނޫން. ޔޫކޭ ދެވައްތަރު ވެކްސިން ޖެހުމާ ގުޅޭ ބޮޑު ދިރާސާއެއްވެސް ކޮށްފި. އެ ގޮތް މާ ކާމިޔާބު ކަމަށްވެސް ދައްކާ. ސަބަބަކީ އެ ހުރިހާ ވެކްސިންވެސް ހަދާފައި ހުރީ ހަމަ އެއް ބަޔަކަށް ކަމަށް ވާތީ.
އަދިވެސް ރޯދަ އަށް ހުރޭ. ކޮން ތާކުން ވިސްނާ ބަޔެއް ތަ މީ އަޅެ/
ވޯޓެއް ލާންވެފައެއްނެތް އެހެންވީމަ ނުބަލާނެ ވާނުވާއެއް އެޗްޕީއޭ އަށް ގުޅަންޖެހޭނީ ބަލިމީހާ ތިކޮޅަށް އޮޅުނީ އެޗްޕީއޭ އިން ބުނިއެއްޗެށް
ދެން އެއީ ދެ ޑޯޒް ލިބުމުން ލިބޭ ފައިދާއޭ ބުލެލީމަ ބޮލުންކަޓުވާލެވުނީ. ތި ޑޮކްޓަރުން ހިންގަމުންދާ އެކި ކަހަލަ މަކަރުތަށް އެނގޭ ބަޔަކު ތިބެދާނެކަންވެސް ހަނދާންކޮށްލާތި. ތިތާންގަ ނެއް އިހުލާސްތެރި އެކަކުވެސް.
ކަލޭ ދާން ވީނު ދެން އެތަނަށް. މޮޅު ވާހަކަ ދައްކަން އަހަރެމެން ދިވެހިން ރަނގަޅީ