ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ސ.ފޭދޫ، ޗާބޭލީގެ، ޔާމީން ރަޝީދު ނުހަނު އަނިޔާވެރި ގޮތަކަށް މަރާލުމުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޔާމީންގެ މަރަށް ހަތަރު އަހަރު ފުރުމާއި ދިމާކޮށް ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ރަޝީދު ނެތުމުން އާއިލާއަށާއި ރަޙްމަތްތެރިންނަށް ލިބިފައިވާ ފުން ހިތާމައިގައި ކޮމިޝަނުން ބައިވެރިވާކަމަށެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް ކުރިއަށްދާގޮތް ކޮމިޝަނުން ދަނީ ގާތުން ބަލަމުން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. "އަދި މި މައްސަލައިގެ ޝަރީޢަތް ހިނގަމުން ދިޔަކަމުގައި ވީނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔާއެކު، ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް، މި މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް މި ކޮމިޝަނުން ކުރަމުންދާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ." ބަޔާނުގައި ބުންޏެވެ.
ކޮމިޝަންގެ އެދުމަކީ، މިމައްސަލަ އާއި ގުޅިގެން މިހާރު ހިނގަމުންދާ ޝަރީޢަތް ވީހާވެސް އަވަހަކަށް ނިމި، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުން ކަމަށް ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް ދެއަހަރާއި ބައި ވާން ކައިރިވެފައި ވާއިރު އަދިވެސް އެމައްސަލައިގައި މިސަރުކާރުން އަލަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެއެވެ. މިހާރު ކުރިއަށްދާ ޝަރީޢަތަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދައުވާ އުފުލި މީހުންގެ ޝަރީއަތެވެ.
ރިޔާސީ ކޮމިޝަނަށް ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު ވެސް ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ނުދެވޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.
ތިޔަވިދާޅުވާ ކަންތައް ވެރިކަމުގެ ހުވާ ކުރައްވާ ދުވަހު ރައްޔިތުންނަށް ހާމަކޮށްދެއްވާފައެއް ނޫންތޯވަނީ. ޔަޤީްނުންވެސް އެކަން އެގޮތަށް ހާމަ ކުރައްވާނެކަމަށް މިހާރުގެ ރައީސް ވިދާޅުވި.
ޚިހާ ބޮޑުކަމެއް. ތިކަމެއް ނުވާނެ ތިޔަ ހޮޅިކޮމިޝަން އަކަށް. ޢަނގަ ނާވާ ކައިކައިގެން ތިބެ ބަލަ. ޢިތުރަށް ވާހަކަދެއްކީމަ ވާނީ ބޭޒާރު
މުޅިގައުމުދޮވެލަނީޕާޓީކުދިންކޮޅައް އެކިނަންކިޔާ ކޮމިޝަންތައްހަދާދީ ރުފިޔާޕުރިންޓްކުރީމަވެ ސް އޮބިނޯވޭ މިފަ ސްއަހަރުނިމޭއިރު ރައްޔިތުން ތިބޭނީ ބަނޑައްޖެހި އިންޑިޔާވިއަފާރިވެރިންކާރީ ސަލާންޖަހަން މީބޭފުޅާހިެދިކޮމިޝަންތަކުން ކުރެވުނުކަމެއްނެއް ރައްޔިތުންނައް ހެނދުނުހޭލާ ރުފިޔާޕުރިންޓް ނުކުރެވިއްޖެނަމަ މެންދުރުނުކާ ތިބެންޖެހޭހަލަތައް ގައުމުވައްޓާލީ ކޮއްމެރެއަކުނިދުމުގެކުރިން ވެރިކަމައްއާދެވޭތޯ ޕޯޑިއަމްތަކުގަ ދެއްކިވާހަކަ އަޑުއަހާލާނަމަ އެދިވެ ސްތަނެއްއޮތިއްޔާބޯގަޅާ ވާނެއޭކިޔާފަ މަޝައްވެ ސް
ތިކަހަލަމީހުން ކޮމިޝަންތަކަށް ލީމަވާނީތިހެން މިމީހުންގެ ހިތަކަށްނާރާ ތިމާމެންމިކަންތަށްކުރާ ގޮތުން ވެެއްޓެނީ ރައީސްގެ އަގުކަމެއް ސަރުކާރަށް ގާތްގަޑަކަށް 3 އަހަރު ވާން އުޅޭއިރު އަދި މިކޮމިޝަން އޮތީނިދާފައޭ ބުންނަސް ދޮގަކަށްނުވާނެ ނުހައްގުން ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބެނީ
މަރުތައްބަލަން ހުރީ މަރުމޯލެއް
ޜާއްޖޭގައި އެހެން ދީންތައް ފަތުރަން ުު
ޢުޅެގެން އޭނާގެ ފިރިމީހާ ފޮނުވާލި ...މިހާރު އަނެއްކާ
މިނިވަނެއްގެ ގޮތުގާ ފަރީޝާގެ ފިރިމީހާ އެބައުޅޭ
ތިކޮމިޝަނުގެ އަސްލު ބޭނުމަކީ މުސާރަ ލިބުން. ދެން އެކިއެކި މަގާްމްތަކަށް ޕްރޮމޯޓްވުން. މިސާލަކަށް ސުޢޫދު.
ސުއޫދު ސުޕްރީމް ކޯޓަށް ދިޔައީ ނިންމާފަ
ވެރިކަމަށް 2 އަހަރާ ބައި ކީއްކުރަން 5 އަހަރުގެ ދައުރު ނިމޭއިރުވެސް ތިޔަކޮމިޝަނަކަށް ތިކަމެއްނުވާނެ.
އަދި ކިތައް އަހަރު ނަގާނެބާ. ދައުރު ނިމޭއިރުވެސްް ވާނެބާ.
ތިޔަވައުދު ނުފޫއްދުނު އެކަމު ކާށިތެޔޮފޫއްދިއްޖެ