ޕެންޝަން ލިބެމުންދާ ގިނަ ބަޔަކަށް ޕެންޝަން ނުދޭ ގޮތަށް ނުވަތަ ދެމުންދާ ޕެންޝަންތައް ހުއްޓުވާ ގޮތަށް ޕެންޝަން ޤާނޫނަށް އިސްލާހު ގެންނަ ބިލް އަނބުރާ ނަގައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހެޅުއްވި ބިލް މިހާރު އަނބުރާ ނަންގަވާފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖްލިސަށް އަޅުގަނޑު ހުށަހެޅި ޤާނޫން ނަމްބަރ 8/2009 ( ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ) އަށް ... އިޞްލާޚް ގެންއުމުގެ ބިލް އަނބުރާ ނަގަން ނިންމައިފިން pic.twitter.com/QL2nGZUC0H
— Hassan Shiyan (@HassanShiyaan) April 25, 2021
އެބިލްގައި ވަނީ އުމުރުން 65 އަހަރަށް ވުރެ ދޮށީ އުމުރުގެ ރަށްވެހިންނަށާއި ފުލުހުންނާއި ސިފައިންނަށް އަދި ފަނޑިޔާރުންނަށް ދޭ އަސާސީ ޕެންޝަން ފިޔަވައި، ދައުލަތުގެ އެހެނިހެން އިދާރާތަކުން ދެމުން އަންނަ ޕެންޝަންތައް ދިނުން ހުއްޓައިލުމަށެވެ.
ބިލުގައިވާ ގޮތުން މިހާރު ޕެންޝަން ލިބެމުން އަންނަ ފަރާތްތަކުގެ ތެރެއިން ދައުލަތަށް 20 އަހަރު ދުވަހު ޚިދުމަތް ކުރި ފަރާތްތަކާއި، 40 އަހަރު ދުވަހު ޚިދުމަތް ކުރުމުން ދެވޭ ޕެންޝަން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ދިނުން ހުއްޓުމަކަށް އަންނާނެއެވެ. ކަސްޓަމްސްގައި ޚިދުމަތް ކުރާ ފަރާތްތަކަށް ވެސް ޚާއްސަ ޕެންޝަނެއް ދެމުން އަންނައިރު، އެ ޕެންޝަން ވެސް ކެނޑިގެން ދާނެއެވެ.
އެހެން ވިޔަސް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ދެވޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ މާލީ އިނާޔަތް މި މާއްދާއިން އިސްތިސްނާ ވާނެ ކަމަށް ބިލުގައިވެއެވެ.
މި ބިލާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެގެން އައެވެ.
ބޯގޯސް ކުރާނިކަމެއްނެތިއްޔާ ވައްޑެ ހަދާހެން ފަރުމަހަށް ދޭބަލަ
ތެޅިބާލަނީ...
ލާދީނީ އެމްޑީޕީ މީހުނަށް ވޯޓުދީގެން މަޖިލީހުގެ ވބާރު ހޯދާދިން މީހުނަށް މިވަރުންވެސް އެއްޗެއްވިސްނޭނެބާ؟
ބޮނޑިބަތްކޭ މީހުންތިބޭނީ އަބަދުވެސް ދެބަދޭތެރެވެފަ. އަތުގައި އޮތްއެއްޗެއް ދަމައިގަތަސް ވާނީ ދަމައިނުގަންނަކަމަށް.
ޕެންސަނޭ ކިޔާފަ ތި ދެނީ 200 ރުފިޔާ . އުމުރު ދުވަ ހަށް
ބަދަލު ގެންނަން އެވެސް ކަޑާ ލެވޭތޯ . ޥަރަށް އޯގާތެރި.މި ބޮޑުވާގޮތެއް ނޯވެ. .
ރައްޔިތުން އަތުން ވޯޓު ހޯދައިގެން ރައްޔިތުން ނިކަމެތި ކުރަން އުޅޭމީހުން ތި މަ ޖިލީހުގައި ތިބީ
މިހާރު ތިއުޅެނީ ކަރަށް އަތްލާން،
މިސޮރުމެން ވޯޓް ހޯދަންއަހަރެމެންކުރިމައްޗަށް އަންނަން ލަދެއްހަޔާތެއްވެސްނުގަނޭ ވޯޓް ހޯދަންއައިސް ބުނާނެ ރަތްޔެތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭނަން މުއައްޒުފުންގެ މުސާރަބޮޑުކޮށްދޭނަން މިސޮރުމެންގެ މުސާރަ މަހަކު =/85000ރުފިޔާ އަހަރެމެންގެ މުސާރަ =/3000ރުފިޔާ މީތޯ ތިބުނާ ރަތްޔެތުންގެ ދިރިއުޅުމުގެފެންވަރު ރަނގަޅުކޮށްދިނުމަކީ އަހަރެމެން މުޅި އުމުރުދުވަހުމަސައްކަތްކުރީމަވެސް =/85000ރުފިޔާ ހަމަނުކުރެވެ
ތަފާތުކުރުމަކީ، އަނިޔާއެކެވެ. އަނިޔާވެރިންނަށް މާތްﷲތެދުމަގެއް ނުދައްކަވައެވެ.
މިސަރުކާރުންނަށް ޖުރެވޭހާވެސްކަމަކީ ސިވިލްސާވެންޓކަށްލިބޭއެއްޗެއް ކަނޑައިލުން ނުވަތައުނިކުރުން . ޅިބޭއެއްޗެއް އިތުރުވުން ކުރިންއިތްކަމެއް އެއަށްވުރެ ރަނގަޅުވުން ފަދަ އެއްވެސް ކަމެއްނުކުރެވެ. ޓެކްސް ނެގުން ޖުރިމަނާކުރުން ފަދަ އާއްމުންއަތުން އެއްޗެއް އަތުކުންފަދަ ކަމެއްނޫނިއްޔަކާ ނުކުރެއެވެ. ÷ޕެންސަން ނިޒާމަކީ ވަރައް ރަނގަޅުނުޒާމެއް ރާއްޖޭގައި ސަލާމް ޖަހާމީހުންނުތިބެނީ މިނިޒާމްގެ ސަބަބުން.