އެމްއެމްއޭ ކައިރިން ދެސައިކަލެއް ޖެހި އެކްސިޑެންޓް ވުމުން އޭގެ ތެރެއިން އެއްސައިކަލް މަޑުނުކޮށް އެސަރަހައްދުން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މިރޭ 21:15 ކަންހާއިރު އެމްއެމްއޭ ކައިރިން ދެސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުން ލިބިފައިވާ ކަމަށެވެ.

"މިއެކްސިޑެންޓްގައި ދެސައިކަލްގެ ތެރެއިން އެއްސައިކަލް ވަނީ މަޑުކޮށް ގޮސްފައި. އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި." ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިމައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި ފިލާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެކެވެ.

ކިޔުންތެރިންގެ ހިޔާލު