ރާއްޖޭގައި ހެދިފައިހުރި ގާނޫނުތައް ނަގަހައްޓައި، ގާނޫނީ ބާރު ނުކެނޑޭނޭހެން ހުރިހާ ގާނޫނުތަކަކާއި ގަވާއިދުތައް ތަންފީޒުކުރަމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ޔޫރަޕުގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓަންލައި މަރގް ދެއްވި ދައުވަތަކަށް ވަޑައިގެން، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގާނޫނީ ބާރު ނެގެހެއްޓުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އީޔޫއާއި ރާއްޖެއާ ދެމެދު އޮންނަ އެކުވެރި ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ އީޔޫއިން ރާއްޖެއަށް ދޭ އެއްބާރުލުން ފާހަގަކޮށް، މި ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމުގެ މުހިއްމުކަމާ މެދު ވާހަކަދައްކަވާފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި، ފޮރިން ސެކެޓްރީ އަހުމަދު ސަރީރާއި، ސެކެޓްރީ ބައިލެޓްރަލް، އަހުމަދު ޚަލީލާއި ޑިރެކްޓަރު، ޝިއުނީން ރަޝީދު، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޤާނޫނު

    ދޮގު

  2. ހާއްޕެ

    ގާނޫނު ނެގެހެއްޓުމުގައި ގައުމެއް ދެން މިއަށްވުރެ ބޮޑައް ފަހަތަކައް ދެން ނުޖެހޭނެ.

  3. Anonymous

    ފަހަތައްޖެހިފަ ތިހުރީ