ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އެހުމާ ބެހޭ ޖަލްސާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހަވީރު 4 ޖަހާއިރު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މީގެ އިރުކޮޅެއް ކުރިން ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ވޯޓަށް އަހަންވަނީ ނިންމާފފައެވެ. އަދި މީޑިޔާއަކަށް މައުލޫމާތު ދެމުން ޕީޕީއެމްގެ މެންބަރަކު ބުނެފައިވަނީ 3:45 ގައި މަޖިލީހަށް ދާން ރައްޔަތުން މަޖިލީސްގެ އިދާރާއިން އަންގާފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން މަދުވެގެން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ ކަމަށް އިދިކޮޅުން ބުނަމުން ދިޔަ ނަމަވެސް، ޕީޕީއެމުން ބުނެފައިވަނީ ވަނީ އެ ގަރާރު މަޖިލީހުން ފާސް ވިޔަސް ނުވިޔޔަސް ކުއްލި ހާލަތު ދެމިގެންދާނެ ކަމަށެވެ.

ފެބްރުއަރީ ފަހެއް ގައި ނެރެވުނު ކުއްލި ނުރައްކަލުގެ ހާލަތުގެ 10 ދުވަސް މިއަދަށް ހަމަވާއިރު، ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަސް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވީ އިއްޔެ އެވެ. ، މީގެ ކުރިން ނެރުނު 10 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެން ކުރިއަށް ގެންދެވޭނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް، މަޖިލީހުން ފާސްކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވެރި ސޮރު

    މިތާކު އެއްވެސް ނުރައްކަލެއްނެތް ދެން ކޮން ކުއްލި ނުރައްކަލެއް އޮންނަންވީ

  2. މަރިއްތަ

    4 ޖެހުމުގެ ކުރިން މަޖްލީހުގެ އަދަދަކީ 75 ކަމަށް ސުޕްރީމް ކޯޓުން ނިންމުން މުހިންމު. މަޖްލީހުން ކޯޓަށް ހުށަހަޅާލަބަލަ

  3. Anonymous

    ފާސްކޮށްލާފަ އެފާސްކުރުމަކީ ސައްހަ އެއްޗެއްތޯ ސުޕްރީމް ކޯޓުން ނިންމަންވާނީ. ނޯ ލޫޕްހޯލް އިނގޭ

  4. Anonymous

    އިދިކޮޅުމީހުންގެ ބާރެއް އޮތިއްޔާ ނިކަން މަޖިލީހަށްވަދެ އިދިކޮޅަށް ވޯޓްލާ ގަރާރު ހުއްޓވާލަބަލަ.

  5. ފާތުން

    ގާނޫނާއި ގަވާއިދާ ހިލާފަށް ވޯޓް ދޭ ހުރިހާ މެމްބަރުން ނާ ހަމައަށް އިރާދްކުރެއްވިއްޔާ ގާނޫނު އައިސް ހަމަކުރާނެ. އަދުރޭ މެން، ނިހާން މެން މިއަދު ވޯޓް ދީ. މާދަމާ ވާނެ ގޮތެއް ނޭގޭ.

  6. ކުރި

    މިހާރު ނިހާނުވެސް ކޮޅުބަދަލު ކުރީބާ. ނިހާނުވެސް ބުނެފަ ވޭ......

  7. Anonymous

    މިހާރު ނިހާނުވެސް ކޮޅުބަދަލު ކުރީބާ. ނިހާނުވެސް ބުނެފަ ވޭ......

  8. އެހެންތޭ

    އިންޑިއާ އިން މިހާރުން މިހާރަށް ގެރިއަށް އަޅުކަން ކުރުން ހުއްޓާލާ އެއީ އަޅުކަން ކުރަން ހުންނަ އެއްޗެއް ނޫނޭ އެއީ ނޭޗަރ އިން އިންސާނުންގެ ބޭނުން ތަކަށް ދެއްވާފައިވާ ނިއުމަތެކޭ އެއީ އަދި އަޅުކަން ކުރަން ޖެހޭ އެއްޗެއް ނޫނޭ ތަމެން ގަމާރުންނަށް ވީމަ ނޫންތޭ ގެރި ގުއި ނިތްކުރީގައި އުނގުޅައިގެން ތަމެން އެއަށް އަޅުކަން ކުރަނީ. އިންޑިއާ އިން އެއްވެސް ޝަރުތެއް ނެތި މިކަން ތަންފީޒު ކުރަން ފެށުމަށް ފަހު ދެން އަނގަ ހުޅުވަންވީވެސް. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  9. ދަވޭ

    ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާން ކުރެވިގެން ވަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އެއީ ރައްޔިތުންގެ ކިބައިން ކަމަށޭ އަދި މި ބާރު ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށޭ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަކީ ކަލެކްޓިވިލީ އުސޫލުން މުޅި ރައްޔިތުން ތަމްސީލް ކުރާ ބަޔެއް ނޫނޭ އެއީ އެކި އެކި ގަބީލާ ތައް އޮޕަރޭޓް ކުރާ ގޮތަށް އޮޕަރޭޓް ކުރާ ބަޔެކޭ އެމެންނަށް އެމަގާމް ލިބޭނެ އެއް ގޮތެއް ވެސް ނެތުމުން ނޫންތޭ ދާއިރާ ގެ ނަން ކުރިއަށް ލާފައި ގޮވަނީ. އެކަމަކު ރައީސް އަށް މުޚާތަބު ކުރަނީ އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނަމުން ނޫންތޭ އެހެން ކަމަށްވާނަމަ އެއީ އޭ ރާއްޖޭގެ ރައްޔިތުން ތަމްސީލް ކުރާ ފަރާތަކީ ސަބަބަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ލީ ވޯޓް އިން ރައްޔިޔުންގެ %85 ތާއީދު ކުރަނީ އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ރައީސް ޔާމީން އޭ އެއީ ކެނެރީގެ ނަޝީދެއް ނޫނޭ ކެނެރީގެ ނަޝީދު ސައްޕެއް ޖަހާ ދަނޑުންވަނީ ރައްޔިތުން ބޭރު އަރުވާލާފަ

  10. ޖޖޖ

    5 ޖެހިއިރު ރ.ޓީވީގެ ޕްރެޒެންޓަރ ރައީސް ޔާމީން ނިންމަވާނެ ނިނމުންތައް ޕްރިޑިކްޓް ކޮށްލާފަ އެބަކިޔާ. ރައޔިތުންގެ މަޖްލީހުގެ ސަބަބުން ވެރިކަން ހިންގުމަށް ދަތިވާނެތީއޯ ކިޔާފަ ރައީސް އެކަން ސްޕްރީމް ކޯޓަށް ހުށަނާޅުއްވާ. މިކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަންވާނީ މަޖްލީހުންކަން ހަނދާން ކުރައްޗޭ.

  11. ދަވޭ

    ރައީސުލް ޖުމްހޫރިއްޔާ އަކީ އެއީ ހާކިމާ އަކީ ތަމެން އިދިކޮޅު ރަންރީނދޫ ޓްވިޓަރޭ މެން ތިޔާއީ ނޮން ހާކިމާ އިންނޭ ނޮން ހާކިމާ އިން ޖެހޭނީ މަމެން ހާކިމާއިން ބުނާ ގޮތަށް ބޯލަނބާ ކިޔަމަންވާށޭ ތަމެން މައްޗަށް ވާޖިބޭ މިގޮތަށް އަމަލު ކުރުން. ކޮއްޅަށް ތެދުވޭ ތެދުވީ ދޯ ތިޔާ ދެން އިށީނދޭ އިށީނީ ދޯ. ހާއްހަހަހާހާހާހާ ހޮހޮހޮހޮހޮ..