ވަރުބަލި ކަމެއް ނެތި ސިފައިންގެ އެންމެ ބޮޑު މަސައްކަތް އަމާޒު ކުރެވިފައި ވަނީ ގައުމުގެ ސަލާމަތާއި އަމާންކަމާ ގުޅުންހުރި މަސައްކަތް ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު މަރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ސިފައިންގެ "އައްޑަނަ" މަޖައްލާގައި މިނިސްޓަރު މާރިޔާ ލިޔުއްވި ގޮތުގައި ސިފައިންނަކީ ފަންނީ، "ޕްރޮފެޝަނަލް" އަދި ގާބިލް ބަޔަކަށް ހެދުމަކީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހު ވެސް، ހާމަކުރެއްވި އެއް ތަސައްވުރު ކަމަށެވެ. ސިފައިންނަކީ އެމީހުންނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ހުރިހާ ގޮތަކުންވެސް ކުފޫހަމަވާ ބަޔަކަށްވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ، އެމީހުންނަކީ ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރަން، ރެއާއި ދުވާލު، އަތުކުރި އޮޅާލައިގެން ތިބި ބަޔަކަށްވާ ކަން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"ވަރުބަލިކަމެއް ނެތި، އަބަދު ވެސް ސިފައިންގެ އެންމެ ބޮޑު މަސައްކަތް އަމާޒުކުރެވިފައިވަނީ ގައުމުގެ ސަލާމަތާއި އަމާންކަމާ ގުޅުންހުރި މަސައްކަތް ކުރުމަށެވެ. މި މަތިވެރި ގައުމީ ޚިދުމަތް ފޯރުކޮށް ދިނުމަށް ސިފައިންގެ ސަފުތައް މިއަދު ވެސް ދަނީ ހިތް ވަރާ އަޒުމާއެކު، ހަލުވި ދުވެލީގައި ކުރިއަށެވެ،" ރާއްޖޭގެ ފުރަމަތަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ ލިޔުއްވާފައިވެއެވެ.

މަރިޔާ ވިދާޅުވީ މި އަހަރުގެ ސިފައިންގެ ޝިއާރު ކަމަށްވާ "ސިފައިންގެ ގާބިލްކަން – ގައުމުގެ އަމާންކަން" ޝިއާރަކީ ހަމައެކަނި ގަލަމަކުން ލިޔެލާފައި، ވަތްގަނޑަކަށްލާ ތަޅުލާފައި އޮންނަ އެއްޗަކަށް ވިޔަ ނުދީ، މިއަހަރުގެ ޝިއާރުގައި ހަގީގީ ކުލަ ޖައްސާ އެއަށް އަމަލީ ސިފައެއް ގެނައުމަކީ ސިފައިންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށެވެ.

އެކަން އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ އެ ޝިޢާރުގެ ހަގީގީ މާނަ ތިލަކުރަން މަސައްކަތެއް ކުރެވިގެން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ސިފައިންގެ ތަމްރީނާއި ތައުލިމާއި ފަންނީ ހުނަރުވެރިކަން އިތުރުކުރުމަށް ސިފައިން ދަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަގުނަ ތަމްރީން އާއި ކޯސްތައް ފުރިހަމަ ކުރަމުންނެވެ.

މާރިޔާ ވަނީ ސިފައިންގެ ތެރޭގައި ވެސް ސިފައިންގެ ކޯޕަރަލް 21-01 ކޯހާއި ސިފައިންގެ އިންސްޓްރަކްސްޝަނަލް ކޯސް 21-02 އިން ވަނަ ވަނަ ހޯދި ކުދިންނާ ބައްދަލު ކުރައްވައި ކުދިންނާ ބައްދަލުކޮށް އެ ކުދިންނަށް މަރްހަބާ ދަންނަވައިފައެވެ. މާރިޔާ ވިދާޅުވި ގޮތުގައި އިންސްޓްރަކްޓަ ކޯހުގެ ވަނަތައް ހާސިލްކޮށްފައި ވަނީ އަންހެން ސިފައިންނެވެ.

"ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވާ އަހްމިއްޔަތު ކަމާއި އަދި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ޓީމް ހުއްޓުމެއްނެތި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ކޮށްދެއްވަމުން ގެންދަވާ މިންނަތް މަސައްކަތް އަޅުގަނޑު ނުހަނު އިޚްލާސްތެރި ޝުކުރު ދަންނަވަމެވެ." މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮރަލް

    ސިފައިންނާ ދިމާ އަށްކީ އެއްޗެހިސިފައިން ހަނދާން ނުނެތޭނެ އެވެ.

    22
  2. ދުންތަރި

    ސިފައިންނަކީ ފިނދަނަތަކެއްކަމަށްބުނެ ހަޖޫޖަހާ ސިފައިންގެ ދޮޅިދަށަށް އަތްބާނައި ސިފައިންގެ ހުރުމަތްކަނޑާލި މީހަކު މިއަދު މި ކިޔަނީ ކީކޭތަ؟ ކިޔޭނުކިޔޭ އެއްޗެއް އެނގޭބާ؟؟؟؟

    24
  3. ފުތު

    ނޫނޭވާ! ތިޔައީ ހަމަ ފިނދަނަ ތަކެއް.

    18
  4. މަބޭ

    ސިފައިން އުފެސުނިއްސުރެ އެމީހުންކުރާމަސައްކަތަކީ މިގައުމުގެއަމާންތަނެއްގެ ގޮތުގަބޭއްވުމުގެ މަސައްކަތް ނަމަވެސް މާދަންވެސް މާރިޔާދިޔަމަގާމުގަ ނެތިސިފައިންނައް ގޮވާނީ ފިންދަނނަޔޭ ނޫނީ މަނީމަނީވެސްސަރ

    17
  5. ފިނދަނަ

    ކުޑަކޮށް އެތެރެއިން ކެކޭހެން ހީވޭއެބަ.

    14
  6. ސަންގޯރު އަހުމަދު

    ފައިން އެރުމުގަ މިކަމަނާ ވަރެއް ނެތް

    16
  7. ކިސްމަތު

    އަމާންކަން ގާއިމު ކުރުމުގަ ކޮވިޑް19 ގެ ވަރުބަލިކަމެއްނެތް ބޫތާޔާ

    12
  8. Anonymous

    މޮލުވާހަކަ ދައްކަނީ ވާނުވާނޭނގެ ނުވެސްބަލާ ހުހރިހާ ވެ ރިންނައް މަގާމުގެ ކު ރިއެ ރުންދީފަ ...ކުދިނަނާޖެހުނީމާ....ދުވުމޯ ބަޑިއޯ އޭއްޗެކޯ މީއްޗެކޯ ކިޔާ 10 ބާ ރައަހަ ރައް ދަންމާލަނީ.. ވެ ރިން 2 އަހަރުން 2 އަހަރުން...ކުދިން 10 12 އަހަރު ...ގިނަފަހަރައް ކުދިންގެތައުލީމީ ފެންވަ ރާއި ހުނަރުވެސް ރަނގަޅު....ވެ ރިއަކު ވެއްޖިއްތާ ހެޔޮ 5 ފޫޓައް ނުދުވެވުނަސް ..ބޮޑުވަ ރު ހު ރިހާތަނެއް ހަލާކު...

    9
    1
  9. ސިފައިންގެ މީހާ

    ޢަމާކަންކާމޭ މާރިޔާ ނުކިޔާ ސިފައިން ގެ 300 މީހުން ކޮންމެ މީހަކު ސަލާންޖަހާގެން 92000 ރުފިޔާ ފެލެޓް ބޭނުމުގަ ދައްކާފަޢޮތީ. ފުލެޓް ނިންމާފަ ހަވާލުކުރާޝޭ. 10 އަހަރު ވަނީ އޭ . ޢަމާންކަމޭ ނުކިޔާ 😡😡😡😡

    13
  10. ޟމ

    މި ސަރުކާރު އައިފަހުން ސިފައިން ގެއަށް ވަތް މީހުން ދޯ އެއީ އެހެންވެ އެހާ ރަގަޅީ، ކުރިން އުޅުނު ފިދަނނަތައް މިހާރު ނޫޅޭ މިހާރު އުޅެނީ ހުސް ބާޒު، ލަދުހަޔާތް ކުޑަކަން ދޯ މިމީހުންގެ

    13
  11. ޖޭމްސް

    އަމާންކަން ގާއިމް ކުރ ރަން މަސައްކަތް ކުރަނީ ހަމައެކަނި ސިފައިންނެއްނޫން. ސިފައިންވެސް ބު ރަމަސައްކަތް ކު ރޭ. ހަމަ އެހެންމެ ފުލުހުންނާއި ކަސްޓަމްސްވެސް ވަ ރަށް ބު ރަމަސައްކަތެއް ކު ރޭ.

  12. މިސް ފިނދަނަ

    އަނެއްކާ ކިހިނެއްވާން މިއުޅެނީ ؟

  13. ނާދިރާ

    ސިފައިންނަކީ އަމާންކަންގާއިމްކުރުމަށާއި، ގައުމާ،ރަށްޔިތުން ސަލާމަތްކުރުމުގައިއަދި ގައުމުގެ
    މިނިވަންކަމާއި އިސްތިޤްލާލް ރަށްކާތެރިކުރުމަށް އަމިއްލަފުރާނަގުރުބާންކުރުމަށާއި އާއިލާއަށް
    ވުރެގައުމަށްއިސްކަންދެއްވާ ވަރުބަލިވެލެއްވިއަސް ވަރުބަލިކަމެއްނެތި ދެމިތިއްބަވާބޭފުޅުންކަން
    ހިތުގައިޒާތީހަސަދަވެރިކަމެއްނެތް ފަރާތްތަކުންޤަބޫލް ކުރައްވާނެ މިކަންއަބަދުވެސް ހިހެން
    ހިނގާއިރު މާރިޔާގެ ތިޔަރަގަޅުޝުޢޫރުފާޅުކުރެއްވީ އެބޭފުޅުންނާގުޅޭ ބޮޑުމަގާމެއްލިބިލެއްވުމުން
    އެބޭފުޅުންގެ ހިތްހަމަޖެއްސުމަށްތޯ ނަމަވެސް މީގެކުރިން ސިފައިންނަކީ ފިދަނަތަކެއްކަމަށް
    ބުނެ މިފަދަބޭފުޅުންނަށް ހަޖޫޖަހާފައިވާތީ ހިތާމަކުރަން އެބޭފުޅުންގެ ތެދުވެރިކަމާ އިޚުލާސްތެރި
    ކަމުން އަދި ގައުމުގެ ދަރިންދެކެވާލޯބީގެ ސަބަބުން މާރިޔާކުރިން އެބޭފުޅުންސިފަކުއްވާ
    ދެއްކެވި ވާހަކަފުޅުން ހިމޭނުން ތިއްބެވިއަސް އެކަން ހަނދާން ނުނެތޭނެ