އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި ދެމީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 482691 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލޭގެ މިސްކިތްތަކުން ފައިވާނާއި ބޫޓު ވަގަށް ނެގުން އެއީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އެފަދަ ވައްކަން ކުރާ މީހުން ވަރަށް މަދު ފަހަރަކު ނޫނީ އަތުލައެއް ނުގަނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުންމާރި

    ތިޔަ ވަގުންނަކީ މަގުމަތީގަ ހުންނަ ކުނިކޮތަޅުތައް ހާވާ ގުރޫޕުގެ ބައެއްހެން ހާދަ ހީވެއޭ ވަރަށް ވައްތަރު

  2. ޖުއްބާ

    ތި ވީޑިޔޯގަ އެމީހުން ކުށެއް ކުރާތަނެއް ނުފެނޭ. ފުލުހުން ތަންކޮޅެއް ޒިންމާދާރުވާން ވެއްޖެ. މަގުމަތީ ޕާޓޭއިން ބޮއެގެން ދެމިފަތިބޭއިރުވެސް ފުލުހުން އެމީހުން ކައިރިންލާފަ ދަނީ އަޅާކަހާވެސް ނުލާ

  3. ކޮރަލް

    މާލޭ މަގުތަކުގަ ފުލުހުން ބެހެއްޓި ކެމެރާ ތަކުގެ ހާލަތު ވ ދަށެވެ. ބައެއް ކެމެރާމިނިސްޓަރުންގެ ގޭގެ ދޮރު ބުޑުގަ އެވެ. މިނިސްޓްރީކެމެރާވ ސާފެވެ.

  4. ޛސހސ

    ތިކަން ބޮޑު ވެގެން ފެންފައިވާނަކައް މި އަރަނީ މީހާރު.