ލ.އަތޮޅު ގަމުން 18 މީހުން އަދި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން 89 މީހުން މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ގަމުން 18 މީހުން އަދި މާންދޫން 89 މީހުން މިއަދު ކޮވިޑަށް ފައްސިވި ނަމަވެސް އެމައުލޫމާތާއި ގަމު ރީޖަނަލް ހޮސްޕިޓަލުން އާއްމުކުރާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް އެބަހުއްޓެވެ. ދެއިދާރާއިން އާއްމުކުރާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުންނަ ސަބަބެއް ސާފެއް ނުވެއެވެ.

އެޗްޕީއޭ އިން މިރޭ މީޑިއާތަކަށް ފޯރުކޮށްދީފައިވާ މައުލޫމާތައް ބަލާއިރު މާންދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 126 އަށް އަރައެވެ. ގަމުން ފައްސިވެފައި ވަނީ 18 މީހުން ކަމަށް ވެސް އެމައުލޫމާތުތައް ދައްކައެވެ.

ގަމުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ މާންދޫން ފައްސިވި މީހުންނާއި ގުޅުން އޮތް މީހުންނެވެ.

ގަމުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު އެރަށުގެ 126 ގެއެއް ވަނީ މިހާރު މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު