ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖެއްގެ ލިޔުން ނުވަތަ "ގަރާޖް ސިޓީ" ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކޮށްފިނަމަ މާލެ އިތުރަށް ތޮއްޖެހިގެން ދާނެ ކަމަށާއި ބިލް އަނބުރާ ފޮނުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަނެ، ގަރާޖު ސިޓީ އުވާލާ ގޮތަށް ބިލު ދިރާސާކުރި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވެސް ބިލް ފަރުމާކުރިއެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އީވާ ވެސް ފާހަގަކުރެއްވި އެއް ކަމަކީ ބިލުގެ މަގްސަދެއްގެ ގޮތުގައި އޮތް ގަރާޖު ސިޓީ މެދުވެރިކޮށް ހިނގަމުންދާ ޚިޔާނާތްތަކާއި ކޮރަޕްޝަން ހުއްޓުވުމެވެ. އެކަމަކު ގަރާޖު ސިޓީގެ ގަވާއިދާ ޚިލާފަށް ކުރާ ކަންކަން ހުއްޓުވަން ގަވާއިދު އުވާލައިގެން ހައްލުވާނެ އުސޫލެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ހާލަތެއްގައި ކޮރަޕްޝަން ހުއްޓުވަން ކިޔާފައި އެ ހުއްޓުވަން އޮތް ގަވާއިދު އުވާލުމަކީ ޙައްލެއް ނޫން. އަޅުގަނޑަށް ފެންނަނީ އަލުން އަނބުރާ މި ރިޕޯޓް ކޮމިޓީއަށް ފޮނުވައި މިއަށް ވުރެ ދާއިމީ ރަނގަޅު ހައްލެއް ދައްކައިގެން މި ރިޕޯޓް ގެނައުން." އީވާ ވިދާޅުވިއެވެ.

ބިލް އަނބުރާ ފޮނުވާލެއްވުމަށް އީވާ ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތާއީދު ކުރެއްވިއެވެ. އާޒިމް ވެސް ވިދާޅުވީ ޚިޔާނާތް ހުއްޓުވަން ގަވާއިދު އުވާލައިފިނަމަ ޚިޔާނާތް ވެސް އިތުރުވެ އަދި މާލެ ވެސް އިތުރަށް ތޮއްޖެހިގެން ދާނެ ކަމަށެވެ.

ގަރާޖު ސިޓީ އުވާލައިފިނަމަ މާލެ އިތުރަށް ތޮއްޖެހިދާނެ ކަމުގެ ކަންބޮޑުވުން އީވާ އާއި އާޒިމް މިއަދު ފާޅުކުރެއްވިއިރު، އިއްޔެގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވެސް އެކަމާ މެދުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ގަރާޖު ސިޓީ އުވާލުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މާލެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ ނުލައި އެއްވެސް ހިފެހެއްޓުމެއް ނެތި ވެހިކަން އިތުރުވާ ގޮތަށް ގާނޫނެއް އިސްލާހު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ވާހަކަތަކަށް ކޮމިޓީގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ރައްދު ދެއްވާފައިވެސް ވެއެވެ. މި ގޮތުން މި މެންބަރުން ފާހަގަކުރައްވާފައި ވަނީ މީގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެވެ. އަދި ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ސިޓީއަށް ނުވަތަ ރަށަށް އެތެރެ ކުރެވޭނެ އުޅަނދުފަހަރުގެ ކޯޓާ ކަނޑައެޅުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް އަންނާނެ ކަމަށް މެމްބަރުން ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވާނުވާ

    ބަލަ ތިބުނާ ގަރާޖު ސިޓީ ހަަދާ ފަ އުޅަނދު އޮންނަނީ މަގުމަތީގަ މިކަހަލަ ކަންތަކަށް ކިޔަނި އެނގިހުރެ ކުރުވާ ވައްކަން ފަހަރެއްގަ ތި އުވާލަން އެއްބަސް ނުވެވިދާނެ
    ވައްކަމެއް ކޮއްނުލާ ނިދި ނާންނަ ބަޔަކު ތިކަން ހުޓުވަން އުޅެންޔާ ތެޅި ފޮޅޭނެ

    15
    1
  2. ޖާބެ

    މިކަހަލަ ކޫސަނީ ކަންކަމުގަ މަޖްލީސް މިހާވަރައް ބަހުސްކުރަންވީ ވަރުކަމެއް ނޫން މއީޔަކީ ހމަބުއްދި ފިލާފަތިބިބަތޔަކައް މިކަން އިނގޭނެ އެތަނަކައް ފިޓްނުވާވަރައް އެއޗެތިއަޅާފިނަމަ ވާނެގޮތް މިއީ މުހިއްމު މަސައްކަތް ތކުން ޕަބްލިކްޑައިވާޓްކުރަން ކުރާކަމެއް، ދެބޯގެރި ދުއްވަނީ މީ. ކޮބާހޭ ބޯހިޔާވަހިކަމާ، ޕްލެޓާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ، މަސްވެރިކަން ، ދަޑުވެރިކަން، އެމް.ޑީ.ޕީ މެންބަރުންގެ ކޮރަޕްޝަނުގެ މައްސަލަ ހަމަ ދަޢުލަތުން މުސާރަ ދީދީ ތިބެނީތޯ ދެފުއްކެހެރިތައް

  3. ވިއްޓޭ

    ބަލަާޔެއް ތީ އީވާ. ތިމީހުންގެ ޖީބައް ލިބޭ ބައި ކުޑަވާތީ.

  4. ޙަސަނާ

    މިއަންހެނާގެ އާއިލާގަ ދައުލަތުން ބޮޑުމުސާރަނުނަގާ އެކަކުވެސްނެތް ތިކޮންމެކަމަކީވެސް ތިއާއިލާތަކައްބައިވަރުލާރިލިބޭކަންކަން ކޮބާތޯ މިދިޔަ އަހަރު ފޮނުވާލަންބުނި 20 ހާސް ބިދޭސީން މިހާރު އެކަންވެސްނުވެ ވޯކުވިސާނެތްމީހުންގެ ބާރު އިތުރައްވަރުގަދަވެ އެވެރިންގެ މުސާރަތައްވެސް ވީއިތުރު ރިޒާ ގެ ކުންފުނި ފަޅާއެރުމާއެކު ނަސީދުގެ ރުޅިގަޑު ފައްޔާޒު އައް އަމާޒުވެ ފައްޔާޒުގެ މަސައްކަތައްހުރަސް އަޅާ މިގައުމުގަ ވަގުބިދޭސީން އުޅެން ނަސީދުގެ ރުހުންދީފި މީ ތިއާއިލާގެ ހާލަތަކީ....

    3
    1
  5. ޚާން

    މާލެ.މާބޮޑައް ތޮއްޖެހޭނެ ކަލޭމެން އިހައްދުވަހު އިއުލާންކުރި ފުލެޓުތައް މާލޭގަ އެޅީމަ. ބޮލުގެ ދިުަ ހިކިފަތަ ތިޔަތިބެނީ.

  6. ޙހހހ

    ނޫނޭ ކަލޭމެންނަށް ލިބޭ ބައިކުޑަވާނެ ، ތިޔަށްވުރެ މާރަނގަޅު މާލޭގައި ސަރުކާރުން ޒޯން ހަދާފަ ކުޑައަގަކަށް ކާރުތައް ރަޖިސްޓްރީ ކުރުވާނަމަ ، ޤައިމު ޤައުމަށް ލާރިވެސް ލިބުނީ ، ކާރު އެކަނިތޯ ގިނައީ ، މިހާރުވެސް ހާހުން ދެހާހުން އެހެރީ ކޮމްޕެނީތަކުގައި އިންސްޓޯލްމަންޓްގައި ހުރި ސައިކަލްތައް ، އަދި ނުގެންނަނިސް ވެސް ވިކިފަވެސް އެބަހުރި ބާވަރު

  7. އީވާފުޅު

    ބަަލަ ބޭފުޅާ. ތިބޭފުޅާ 5 ކާރު ގަނެގެން މުޅި މާލެ ތެރޭ ދުއްވާ އިރު ތޮއްޖެހޭ ކަމަކަށް ނުވޭ.