މާލެ ސަރަހައްދުަގައި ވެކްސިން ޖަހައިދޭ ސެންޓަރުތައް މާދަމާ ބަންދު ވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ އެވެ.

މާލެ ސަރަަހައްދުގައި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ވެކްސިން ދިނުން ކުރިއަށް ނުގެންދެއެވެ.

މިއަދު އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި މާދަމާ ވެކްސިން ޖެހުން ކުރިއަށް ނުގެންދާނެ ކަމަށެވެ. މާލެ ސަަރަހައްދުގައި ވެކްސިން ޖެހުން ކުރިއަށް ނުގެންދަނީ ކޮން ސަބަބަކާއި ހެދިކަން އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިހާރު ތިން ވެކްސިންއެއް ދަނީ ކޮވިޑާއި ދެކޮޅަށް ޖަހަަމުންނެވެ. އޭގެ ތެރެއިން އެންމެ ގިނަބަޔަަކު ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްތައްވެސް ދަނީ ކުރަަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގައި ސިނޮފާމް ވެކްސިން އާއި ފާއިޒާ ވެކްސިންވެސް ދަނީ ދެމުންނެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ބޮޑު ކިއުއެއް ހަދަ އެވެ.