އޭޭލެވެލް އިމްތިހާނުގެ ގިނަ ޕޭޕަރުތަކެއް ލީކުވަމުންދާ ކަމުގެ އަޑުތައް ފެތުރެމުން އަންނަ އިރު ބައެއް ވެބްސައިޓްތަކުގައި މި ޕޭޕަރުތައް ވިއްކައި ހެޔޮއަގުގައި އަންނަނީ ވިޔަފާރިކުރަމުންނެވެ. ބޮޑު ފުރަބަންދަކަށް ފަހު އޭލެވެލް އިމްތިހާނު ފަށާއިރު، ފުދޭ ވަރަކަށް ގިނަ ދަރިވަރުންގެ ނަތީޖާތައް ދަށްވުމަށް މަގުފަހިވުމާއެެކު، މި އިމްތިހާނުގައި ލީކުވެގެން އުޅޭ ޕޭޕަރުތައް ބަލާފާނެ ކަމުގެެ ބިރު އެބަ އޮތެެވެ.
އިމްތިހާނުގެެ ޕޭޕަރުތައްް ލީކުވެގެން އުޅޭ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެވާހަކަތައް ދައްކަމުން އަންނަ މީޑިއާތައް ކުށްވެރިކޮށް، އެެފަދަ ކަމެެއް ނުހިނގާ ކަމަށް ބުނަމުންނެވެެ. އަދި މިއީ ރާއްޖެއިން ބޭރުގައި ހިނގައިގެން އުޅޭ ކަމަކަށް ވުމުން މިކަމުގެ އަސަރު ރާއްޖެއަށް ކުޑަވާނެ ކަމަށް ދޭހަވާ ގޮތައް އެެ މިނިސްޓްރީން ވަނީ ބަޔާަނެއް ނެެރެެފައެވެ.
ބައެއް ސްކޫލްތަކުން މި ޕޭޕަރުތައް ގަނެެ ދަރިވަރުންނަށް ޕޭޕަރު ދައްކަމުންް އަންނަ ކަމުގެ ތުހުމަތުތަކެެއްވެސް އަންނަނީ ކުރަމުންނެވެ.
މިކަމާއި ގުޅިގެެން ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެެ.
މިއަހަރު އޭލެވެލް އިމްތިހާނުގައި ބައިވެެރިވާ ދަރިވަރެެއްގެެ ބެލެނިވެރިއަކު "ވަގުތު" އަށް ބުނީ މި އިމްތިހާނުން ޕޭޕަރުތައް ލީކުވުމަކީ މުސްތަގުބަލުގައިވެސް އެކުދިންނަށް ބޮޑެތި ގެއްލުންތަކެއް ވެެދާނެެ ކަމެެއް ކަމަށެވެ.
އެގޮތުން މުޅި އަހަރުގެެ ބޮޑު ބައި ނުކިިޔަވާދީ އޮތުމަށް ފަހު އިމްތިހާނާ ހަމައަށް މި އައީ މާއްދާތަކުގެ "ޓޮޕިކްތައް" ވަރަށް ބޮޑަށް ކުރުގަޅުވާލައިގެން ކަމަށް އޭނާ ބުންޏެވެ.
"މީގެ ކުރިން ދުނިޔޭޭގެ ކަންކަން ހިނގާދިޔަ ގޮތަށް ބަލާއިރު، ޕޭޕަރު މިހެން ލީކުވެެގެން އިންޓަނޭޝަނަލް ޔުނިވަސިޓީތަކުން އެބަހުރި ކުދިން ބަލައިނުގެންފަ. އެކުދިން އޭރުން އަނެއްކާ ޖެހޭނީ ތިން އަހަރު ބޭކާރުކޮށްލަން އެމީހުން ގަބޫލުކުރާ ފެންވަރުގެ ފާހެެއް ބޭނުމިއްޔާ" ބެލެނިވެރިޔާ ބުންޏެވެ.
މިފަހަރު އިމްތިހާނަކީ އެހެެން އަހަރުތަކާ ހިލާފަށް ދަރިވަރުންނަށް އިމްތިިހާނުގެ ކުރިން ދަސްކުރަން އުނދަގޫވާނެ އަަހަރެއްކަން ފާހަަގަކޮށް އޭނާ ބުނީ ގިނަ ކުދިން އަދި ބެލެނިވެރިންވެސްް، ލީކުވެގެން އުޅޭ ޕޭޕަރު ބަލައިގެން އިމްތިހާނު ހަދާނެެ ކަމަށެވެެ. އަދި މިކަމަކީ އާދައިގެ ކަމެއްގެ ގޮތުގާ ދޫކޮށްނުލުމަށާއި، މިނިސްޓްރީންވެސް ސީރިއަސް މައްސަލައެއްގެެ ގޮތުގައި މިކަން ބަަލަން ޖެހޭ ކަމަށް އޭނަަ ބުންޏެެވެ.
"މިނިސްޓްރީންވެސް މިއީ އާދައިގެ ކަމެއްގެ ގޮތުގާ ނުބަލާ ސީރިއަސް މައްސަލައެއްގެ ގޮތުގާ ބަލަން ޖެހޭ ދަރިވަރުންނަށް ލިބޭނެެ ގެއްލުމަށް ބަލާފަވެެސް. މާދަމާ އެެކުދިން ޑޮކްޓަރަކަށް ނުވަތަ ޕައިލެޓަކަށް ނުވަތަ އެހެންވެސް ދާއިރާއަކުން ކިޔަވަން ދާއިރު މިއަދު ލީކުވި ޕޭޕަރެއް ހަދައިގެެން ފާސްވިކަމުގެ ހިތި ނަތީޖާ ފެންނާނެ. މިއީ ހަގީގަތުތަވެސް ވަރަށް ސީރިއަސް މައްސަލައެެއްް" އެެ ބެެލެނިވެރިޔާ ބުންޏެވެ.
މިއީ ފަހުގެ ތާރީހެއްގައި އިމްތިހާނުގެ ޕޭޕަރުތައް ލީކުވި ފުރަތަމަ ފަހަރެވެ.
މިނިސްޓްރީއިން މުޅި ރާއްޖެއަށް މިކަން ފޮރުވުމަށްޓަކައި ކިތަންމެ ވަރަކަށް މަތި އޮމާން ކުރި ނަމަވެސް ވީ ކަމެއް ނުވާ ކަމަކަށް ނުވާނެ. މިއީ ދެހާސް އެކާވީސް. އިންޓަރނެޓް އެބައޮތް. ބޭރުގަ ވިޔަސް ރާއްޖޭގަވިޔަސް ލީކް ވެއްޖިއްޔާ އެތަށް ސަތޭކަ ކުދިންނެއްގެ އަތަށް އެ ޕޭޕަރތައް ވަނީ އަރާފަ. ދިވެހި ދަރިވަރުން އަތުގަވެސް އެ ޕާޕަރުތައް ދައުރުވޭ. ދަރިވަރުންނާމެދު ވިސްނާނުލައި ހިތުހުރި ގޮތަކަށް ނިންމުންތައް ނިންމީމަ އޭގެ ހިތި ނަތީއްޖާ މި ފެންނަނީ. އިމްތިހާނ ހަދަނީ މިނިސްޓްރީއެއް، މިނިސްޓަރެއް ނޫން. އެ ދަރިވަރުން އުޅޭ ޙާލު އެކުދިންގެ ބެލެނިވެރިން ފިޔަވާ ދަންނަބަޔަކު އެބަތިބި ތަ؟ ގިނަ ދަރިވަރުންނަކީ ކޮންމެވެސް ސިފައެއްގަ އަމިއްލަ ނަފްސާ މެންޓަލީ ހަނގުރާމަ ކުރާ ދަރިވަރުންތަކެއް. ޓީނޭޖް އުމުރަކީ މެންޓަލް އިލްނެސް ހަަމަ ވަރަށް އާންމުކޮށް ގިނަ އުމުރެއް. ވީއިރު މިކަހަލަ ކަންކަމާހުރެ އެކުދިންގެ ހާލު ހުންނާނީ ކިހިނެއް؟ ސްޓްރެސް އައިގެން އެތިބަ ހަލާކުވަނި އެކުދިން. ކޮންމެވެސް ގޮތަކށް ވިސްނާލަން ވާނެއްނު؟ އެކުދން ކުރިހާ މަސައްކަތެއް ފެނަށް ދުއްވާލައިފަ ޝަކުވާ ނުކުރާތި ދިވެހި މުއައްސަސާތަކުގަ ދިވެހިން މަސައްކަތް ކުރާލެއް މަދޭ ކިޔަމުން. ދެރަ ދިނިމަ އޭގެ ހިތިރަހަ އެ ދަރިވަރުންގެ އަރުތެރޭ ވަރަށް ރަނގަޅަށް ހުންނާނެ. ބުނާކަހަލަ ތިމަންނާމެނަށް ވަރިހަމައޭ ކޮޕީ ކުރިޔަސް ނުކުރިޔަސް، ތިމަންނަ މެންގެ ޚިޔާލަކީ ބަަލުވާނެ އެއްޗެއް ނޫނޭ. މިއީ އެތައް ހާސް ދަރިވަރުންގެ މުސްތަޤްބަލު. ވިސްނާލައްވާ!
ބެލެނިވެރިން ހަމަ ޖައްސާލަންވީނު..... ރާއްޖޭގަ ކިޔެވިޔަސް ބަލައެއް ނުގަންނާނެ..... ސިޔާސީ ދާއިރާ އަށް ދޫކޮށްލާ.... ބަލައިވެސް ގަންނާނެ .... ލާރިވެސް ލިބޭނެ.....