ރައްޔިތުންގެ މަޖިލީހުގައި މަދަނީ އިޖުރާއަތުގެ ބިލްގެ މަސައްކަތް ލަސްވާ ސަބަބު ރައީސްގެ ލީގަލް ކައުންސިލަށް އެނގިވަޑައިނުގަތުމަކީ ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ބިލް ދިރާސާކުރަމުންދާ ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައި ވަނީ، ދައުލަތުން ޤާނޫނާ ޚިލާފަށް ބާތިލްކުރާ އެއްބަސްވުންތަކުގެ ސަބަބުން ބޮޑެތި އަދަދުތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދައްކަން ޖެހުމުގެ މައްސަލަ ހައްލު ނުކުރެވި ދިގުދެމިގެންދާއިރު މި މަރުހަލާ އިންސާފުވެރި ގޮތަކަށް ކުރިއަށް ގެންދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތްތަކުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ލަސްވާތީ މިހާރު ވެސް އިންސާފަށް ހުރަސް އެޅޭ ކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވުމާ ގުޅިގެނެވެ.
އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ލީގަލް ކައުންސެލް ރޭ ދައްކަވާފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަަމަށެވެ. އަދި ބިލް ލަސްވަމުންދާ ސަބަބު ރައީސްގެ ލީގަލް ކައުންސެލަށް އެނގިވަޑައިނުގަތުމަކީ ލަދުވެތި ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
"ސަރުކާރުން ހުށަހަަޅާފައި އޮތް މަދަނީ އިޖުރާއަތްތަކުގެ ބިލް ކުޑަކޮށް ކިޔަލާފައި ހުރި ނަމަވެސް މި ކަހަލަ ވާހަކައެއް ނުދައްކާނެ،" ޤާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމްގެ ޓްވީޓްގައިވެއެވެ.
Miee hama kanda elhigen dhogeh. Sarukaarun hushahalhaafa oiy madhanee ijuraathuge bill kudakon kiyaalaafa huri namaves mikahala vaahaka eh nudhakkaane. Bill lasvamundhaa sababu Raees ge Legal Counsel ah neyngumakee ladhuvethi kameh. https://t.co/32IBcfRgR1
— Ahmed Usham (@a_usham) May 2, 2021
އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ރޭ ވިދާޅުވިގޮތުގައި ރައީސް ޞާލިހް ވެރިކަމާ ޙަވާލުވެވަޑައިގަތީ އިންސާފު ޤާއިމުކޮށްދިނުމުގެ ވަޢުދާއެކު ކަމަށާއި، މިކަން ހާސިލުކުރުމުގައި ކުރަން އެންމެ މުހިންމު އެއް ކަމަކީ ދައުލަތާއި، ވަކި ވަކި ފަރާތްތަކާއެކު ވެވިފައިވާ އެއްބަސްވުންތައް ބާތިލްކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މަސައްކަތްކުރުމެވެ.
މިގޮތުން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގައި ކޯޓުން ބޭރުގައާއި، ޝަރީއަތުގެ މަރުޙަލާގައި ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި، ސަރުކާރުން މިގޮތުން ޙައްލުކުރުމުގެ މަސައްކަތް ކޮށްފައިވާ ވަކި ވަކި މައްސަލަތަކާ ގުޅޭގޮތުން ތަފްޞީލީ ބަޔާނެއް އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުއްވާނެކަމަށް އަޙްމަދު ވިދާޅުވިއެވެ.
ތިޔަ އަފީފު ކައިރީ އަހާލަބަ އޮފިހަށް އަންނަނީ ކިހާ އިރަކުތޯ