ފިޝަރީޒް މިނިސްޓަރު ކަމުން ދުރުކޮށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށް ޒަހާ ވަހީދު ބަދަލު ކުރެއްވީ، ޒަހާ ނިސްބަތްވާ އަދި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި އެ ޕާޓީގެ ލީޑާޝިޕްއާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް އެމްއާރުއެމްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، މިނިސްޓަރު ކަމުން ޒަހާ ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ބަދަލު ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ޒަހާއާއި މީގެ އިތުރުން އެމްއާރުއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ވެސް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ޒަހާ އަދި ރައީސް މައުމޫން ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެކަމަކު ޒަހާ މިނިސްޓަރު ކަމުން ދުރު ކުރަން އުޅޭ އަޑުތައް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ގަދަވެފައިވަނިކޮށް ޒަހާ "ވަގުތު" އަށް ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކިކުރަން އުޅޭ ކަމެއް ރައީސް މިހާތަނަށް ވެސް އަންގަވާފައި ނުވާ ކަމަށެވެ.

ކެބިނެޓަށް ބައެއް ބަދަލުތައް ގެންނަން ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް އޮފީހުން ވެސް މިދިޔަ ހަފްތާގައި ވަނީ ކަށަވަރުކޮށް ދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓަރު ކަމަށް ދެން އައްޔަން ކުރައްވާނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި އެންވަޔަރަމެންޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި މިހާރު ހުންނެވި އެމްޑީޕީގެ އާމިނަތު ޝައުނާއެވެ.

ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތައް އެކަށީގެންވާ ބާރު ސްޕީޑެއްގައި ކުރިއަށް ނުދާކަމަށް ބުނެ ސަރުކާރު ހިންގާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ޒަހާއަށް ފާޑުވިދާޅުވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ މަގާމުން ދުރުކުރުމުގެ ވާހަކަތައް ދޭތެރެދޭތެރެއިން އެމްޑީޕީގެ މެންބަރުން ދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރައިހާނާ އަލީ

  ސަރުކާރަކީ ފިނިހަކަސްޕީޑުގާ ހިނގާސަރުކާރެއްކަން ގިނަރައްޔިތުންހިތުގެއަޑިންތިބީ ގަބޫލުކޮށްގެން.. އެނގޭހާވެސްކަމަކީ އެމްޑީޕީތިއޮތީ އަތަށްގޮވާފަކަން..
  އަލިފު ހާ

  16
 2. ކުމުންޒާނި

  ތިގޮތަށް ބާރުލާފައި މިނިސްޓަރުކަމުން ވަކިކުރިޔަސް ސޯލިހުގެ ސަރުކާރު ހިންގުމުގެ ގާބިލުކަން ނެތިއްޔާ މިނިސްޓަރުން ކީއްތޯކުރާނީ މަލީހުވެސް ވަކިކުރީ ހަމަ މިބީދައިން ސަރުކާރުން ބުނާގޮތަކަށްދޯ މިނިސްޓަރުން އަބަދުވެސް ތިބޭނީ ސަރުކާރުގެ ނާގާބިލު ކަން ފޮރުވަން ތިގޮތް ވަރަށްމޮޅު.

  13
 3. މާމީ

  ނާދިރާ ކިއާ މީހަކު ބުނެގެން ނޭ ކިއާ

  9
  1
 4. މުހައްމަދު އަހުމަދު

  ދެން ޒަހާ ދާންވީ ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށްތަ؟ ނޫނީ ކޯޓަށްތަ؟
  އަންނި ކައިރިޔަށް ގޮއްސިއްޔާ މަޖިލީހުން ގޮތެއް ނިންމަން މަސައްކަތް ކޮށްފާނެ.

  10
  1
 5. ޙިންނަބެ

  އެ ފަކީރު 2 އިރު 2ދަޅައަށް މަޖިީހަށް ނުގެންގޮސް އެއް ޝޮޓުން ނިންމާލީދޯ ތިޔާގޮތްވެސް ގޯހެއްނޫން މައުމޫން ބޭރުކުރުުގެ މަސައްކަތް ފަށަނީ އޮތަ ޒަޙާއަށް ދަންނަވަން އޮތީ ރައީސް އޮފީހަށް މަސައްކަތަށް ދާނެކަމެއްނެތް ތިޔަ ބޭފުޅާއަށް ލިބިފައިވާ ޢިލްމެއްގެ ބޭނުް ހިފައިގެން އަމިއްލަގޮތުން ގައުމަށް ޚިދުމަތްކުރައްވާ މަސްވެރިކަން ކުރިއެރުވުންވެސް މާ ރަަގަޅުވާނެ އިހަވަންދޫ ފަދަ މަސްވެރި ރަށަކާ ގުޅިލައްވާ

 6. ޢަހުމަދު

  އެހެންކިޔާ ބަޔަކަު އުޅޭތަ، ތިބަޔަކަށް ލޯކަލް ކައުންސިލުން ގޮނޑިއެއް ލިބުނުބާ

  11
 7. މާރީތި

  ދެން ތިރީސް މިހާރު ބަލައެއްނުގަނޭ މިހާރު ތިހިރީ އޮއްސިފައި ގާބެވެސް މަގުމަތިން ނުފެންނަގޮތައްހިފާ މީހާވެސްއޮއްސިފައި؟؟

  9
  1
 8. ޒައިން

  ކޮންމެހެން މަޝްވަރާ ކުރަން ޖެހޭތަ؟މިނިސްޓަރ ކަމުގަ ހުރެގެން ކޮންކަމެއްވީ؟މަހަކީ ކޯއްޗެއްކަން ނޭގޭ މީހަކު ފިޝަރީޒް މިނިސްޓަރަކަށް ގެނައިމަ ވާނީ އެހެން.ވާ ނުވާއެއް ނޭގޭނެ.

 9. ޞފ

  ކޮން އެމްރއެމް އެ އް؟.. އެއ އީ ޕާޓީ އެ އްތަ؟..ނުޖެހޭ މަ އުމޫނު ކައިރިން އަހާކަށް ... އެޢީ ކާކު؟..

  3
  2