ފަސްޓް ލޭޑީ އަކީ، ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅު ފަޅުފިލުވައިދޭ ފަރާތަކަށް ވި ޒަމާން އެއީ މާޒީއެވެ. މިއަދުގެ ފަސްޓް ލޭޑީ، “ޔާނު ސްޕީޑް”ގައި ކުރައްވާ މަސައްކަތްތަކަކީ މިއިން ޒަމާނެއްގައިވެސް ރާއްޖެ ދެކެފައިނުވާ އެފަދަ ދެވަނައެއްނެތް މަސައްކަތްތަކެކޭ ބުނަން ޖެހެނީ ސަބަބުތަކެއް އެކަމުގެ ފަހަތުގައި ވާތީއެވެ.

ކަނބަލުންނަށް އަބުރުވެރިކަމާޢި އެކު މުޖުތަމަޢުގައި އިސްނަގައިގެން އުޅެވޭނެ މަގު ތަނަވަސްކޮށްދެއްވައި، މުޖްތަމަޢުގައި ހިތްހެޔޮކަމާއި އެކުވެރިކަން އާލާކުރުމަށް މެޑަމް ފާތުން ކުރައްވާ މަސައްކަތް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަލައިގަންނަކަމީ ހަޤީޤަތެވެ. އަދި އެމަންޒަރު ފެނި ހިތަށް ކެތްނުވާހައި އަސަރުކުރާ ބަޔަކު މި ޤައުމިައި ދިރިތިބޭކަމީވެސް ދެބަހެއް ވެވެން އޮތް ކަމެއް ނޫނެވެ.

އަމިއްލަފުޅަށް ހިންގަވާ "ސޮދަޤާތު" ފައުންޑޭޝަނުން މީގެ ކުރިން ފަސްޓްލޭޑީ އަކަށް ނުކުރެވުނު އެތައް ކަންކަމެއް އަމިއްލަފުޅަށް އިންސަންގަވައިގެން އެކަމަނާ ކުރައްވަމުން ގެންދަވާކަމީ ދިވެހިން އެކަމަނާއަށްޓަކައި ފަޚުރުވެރިވާ ކަމެކެވެ. އެ މަންޒަރު ފެނިފައި ހިތަށް ހަމަ ކެތްނުކުރެވިގެން، އެ މަސައްކަތްތައް "ދަށް ކޮށްލުމަށް" ކުދިޔަބަކު ކުރަމުންދާ މަސައްކަތަކީ، އެއީ އަދި ވަކި ކަމެކެވެ.

މެޑަމް ފާތުން ދިވެހި ރައްޔިތުންނާއި މެދު ބަހައްޓަވާ ގާތްކަމާއި، ދިވެހި ރައްޔިތުންނާއި މެދު ގެންގުޅުއްވާ ބަދަހިކަން އިތުރު ކުރުމަށް ކުރައްވާ ކޮންމެ މަސައްކަތެއްގައި އެކަމަނާގެ ފަހަތްޕުޅުގައި ރައީސް ޔާމީނާއި، އެމަނިކުފާނާއެކު ތިއްބެވި ސިޔާސީ އިސް ބޭފުޅުންނާއި، އަދި އެމަސައްކަތް ބަލައިގަންނަ ކިތަންމެ ގިނަ ބަޔަކުވެސް އެބަތިއްބެވެ. މުޖުތަމަޢުގެ ތެރޭގައި ބަޔަކު، ނުވަތަ ކޮފީއެއްގައި ބައެއްގެ އަނބިންނަށް އަދި ނުހިންގުނު ފައިދާކުރުވަނިވި މަސައްކަތްޕުޅެއް އެކަމަނާގެ ހިއްވަރުން ކުރައްވަމުން ގެންދަވާ މަންޒަރާއި، އެކަމަނާއަށް އެމަސައްކަތުގައި ލިބިލައްވާ އެއްބާރުލުން ފެނިގެން އެކަން ބާލާން ކެތްނުވީމާ، ރައީސަށް ތާޢީދުކުރައްވާ ބަޔަކު ކުއްވެރިވާންވީ ސަބަބެއް ނެތެވެ.

"އެކުދިން" ޤަބޫލުކުރާން ޖެހިފައިވާ ހަޤީޤަތަކީ، އެކަމަނާ އަކީ “މަހާ ރެހެންދި” ގޮތުގައި ރައްޔިތުން ބަލައިގަންނަ އެތައް ސިފައެއް އެކަމަނާގެ ކިބައިން ފެނިގެންގޮސްފައިވާ ކަމެވެ. އެއީ ކަދުރާއި މެޓަލާއި ޗޮކްލެޓާއި ޢީދު ހަދިޔާ ބެހުން ކަމުގައި ވީނަމަވެސް މެއެވެ. މުޖުތަމަޢަށް ކޮށްދެވޭ ކޮންމެ ކަމެއްގައި ސިޔާސީ ކުލައެއް ޖެހޭކަށް ނުޖެހެއެވެ. މުޖުތަމަޢަށް އެކަމަކުން ފައިދާ ކުރާ ކޮންމެ ކަމަކީ ސިޔާސީ ކަމަކަށްވެސް ވެގެން ނުވެއެވެ. އެއީ އެއް ޒަމާނެއްގައި ބަޔަކަށް ދަސްކޮށްދީފައިވާ "ޑިމޮކްރެސީ" ކަމުގައި ވީނަމަވެސް މެއެވެ.

ދެއްކުންތެރިކަމެއްގެ ތެރެއިން މުޖުތަމަޢުގެ އެތެރެއިންނާއި ބޭރުން ބައެއްގެ ސަމާލުކަން ލިބިގަތުމަށް ބަޔަކު މީހުން ކުރިކަމެއް ކޮށްފައިވަނީ މާޒީގައެވެ. ތާރީޚުން އެކަން އެނގެން އެބަ އޮތެވެ. ކަނޑުއަޑީގައި ސައްލާ ކުރާ ހިސާބުން ފެށިގެން ދީނުން ބޭރުވެ ޖަޒީރާއިން ގެއްލޭ ވާހަކައަށް ދާނދެން އޭގައި ވެއެވެ.

ފިތުރު ޢީދު ދުވަހާއި، ޢީދު ދުވަހުގެ ސިޔާސީ އެޖެންޑާ ރާއްޖޭގެ ސިޔާސީ ބަޔަކު މުލުގައި ތިބެ ތަންފީޒުކުރަން ފަށާފައިވީނަމަވެސް، ރާއްޖޭގައި ގިނައީ ސިޔާސީ އޮއިވަރުގައި ކަނޑުއޮޅިން ބޭރުނުވާ މީހުނެވެ. އެފަރާތްތަކަށް މި އަންނަ ޢީދަކީ އެއްބައިވަންތަ އުފާވެރި ދުވަހަކަށް ނޫނީ ނުވާނެއެވެ. އެފަރާތްތަކުން އެ ދުވަހު ހަދިޔާ ބަހާއިރު، އަނެއް ބަޔަކު އާދައިގެމަތީން ހަމަނުޖެހުން ހިންގައި މުޖުތަމަޢު ފަސާދަކޮށް ޢީދުގެ އުފާވެރިކަން ނަގާލުމުގައި "ބިޒީކޮށް" އުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަކުނު

    އިދިކޮޅޭމެން ހަމަ ޖޭވަނީ...ހުވާމިބުނީ

  2. ޓޯރން

    ޢީދަށް ހަދިޔާ ބަހާތީވެސް ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ގަމާރާ ދަ ބީތާއާ ދަ ބަނޑުދޮންނައޭ ދަ ސޮމާލިޔަނޭ މެންނަށް އަސަރު ކުރި ނަމަވެސް އެއީ މަމެން ހާސް ވާން ޖެހޭނެ ކަމެއް ނޫނޭ. މަމެންގެ ފަސްޓް ލޭޑީ ކަންކަން ކުރަނީ އެއީ ކަންކަން ކުރަން އޮންނަ ގޮތަށޭ މަމެންގެ ފަސްޓް ލޭޑީ އީދު ހަިދޔާ ބެހުމުން ލައިލާ ވެސް އުނގަށް މެޓަ އާއި ތެޔޮ ބިޑި އަޅައިގެން ނިކުމެ އޮވެ ބަހާ ނަގަންވީއެއް ނޫންތޭ ލައިލާ އެކަން ނުކުރަންވީ އެއީ ކިއެއްވެތޭ އޭނާ ގެ ބައްޕަ އެމްޕީއެލްގެ ބޮޑަކަށް ހުރި އިރު އެތަން ދަވާލައިގެން ބަނޑު އަޅާލި ފައިސާ ގަނޑާއި ކެނެރީގެ ނަޝީދުގެ ބަފާ ކްރިކެޓް ކޮންޓްރޯލް ބޯރޑުން ދަވާލި ފައިސާ ގަނޑު ހުންނާނެ އެއް ނޫންތޭ އައިޑޯން ކެއަރ ޔޫއާރ ހެޕީ ދޭއާރ ހެޕީ އޯރ ވީއާރ ހެޕީ އައިއޭމް ގޮނާ ރިވީލް ދަ ޓްރުތް ދެޓްސް ހައު އައިފީލް މައި އިންސްޕިރޭޝަން ހޭޒް ވަން ޑްރައިވް ދެޓް އިޒް ޖަަސްޓް ޓު އައިޑެންޓިފައި ކޮރަޕްޓް ލޯރޑްސް އެން ދެއަރ ޖެނެރޭޝަން އޮފް ދިސް ކަންޓްރީ. ޔޫއާރ އޯލްރެޑީ ޓޯރން ޓޯރން ޓޯރން...

  3. އެހެނަތަ

    ލަދުން ބޯހަލާކު. ފަސްޓު ލޭޑީގެ ތިޔަ ސަދަގާތް ލިބިލައްވަނީ އާބާދީ ބޮޑެތި ރައްތަކަށް އެކަނިތޯއްޗެ. އަހުންމެން ރަށަށް މިވޭތުވެ ދިޔަ 5 އަހަރުތެރޭ ލިބުނު ހިދުމަތެއް ހަމަ ހަރާން.. ވެރިކަމުގައި 5 އަހަރު ހޭދަވަނީ މިޔޮއް. އެއްދުވަހު މީހަކު ބުނާތީ އެހިން މިރަށަށް ޔާމީނު އަރަިފިއޭ. އެކަމަކު އަހަރެމެންގެ ލޮލުކޮޅަށްވެސް ދައްކާނުލާ. އެހެނެއް ނޫން އަންނި މިރަށަށް އައި ފަހަރަކު ވިއްޔާ ޖަލްސާނިންމަވާފަި ގެތަކަށް ޒިޔާރަތްވެސް ކުރި. ޔާމީނަށް ގެތަކަށް ޒިޔާރަތް ކޮށްލާނެ ވަގުތުވެސް ނުވީތޯއްޗެ ބިޒީފުޅުކަމުން. ދެންކިޔާ ފަޅޮލޭ.