ލ. އަތޮޅު އިސްދޫން ކަރަންޓީންގައި ތިބި 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
އެރަށުން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، މިހާރު އެރަށުން ފައްސިވަމުންދާ އެންމެންނަކީވެސް ކަަރަންޓީންގައި ތިބި ބައެއް ކަމަށާއި، އެހެން ނަމަވެސް ރަށު ތެރޭގައި ބަލި ފެތުރިފައި އޮތް ކަމަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.
އަދި އެރަށުން ފެންނަމުންދާ ވޭދަނަތަކާއި ގުޅިގެން 60 ގެ ކަރަންޓީން ކޮށްފައިވާ ކަމަށާއި، އެގެތަކުގެ 200 އެއްހާ މީހުން މިހާރުވެސް ކަރަންްޓީންގައި ތިބި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެރަށަކީ 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
އެ އޮފިޝަލް ވިދާޅުވީ، އެރަށުގައި ބަލި ފެތުރިފައި އޮތް ވަރު ދެނެގަތުމަށް ވަކި ތަރުތީބެއް ނެތި ސުންކު ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އިސްދޫން ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ ދަނބިދޫން ފައްސިވި މާންދޫ އިހަލަށް ނިސްބަތްވާ މީހަކާއި ގާތުން އެއްތާވި މީހެކެވެ.
ލާމު އަތޮޅަށް ބަލާއިރު، އެއަތޮޅުގެ ގިނަ ރަށްތަކުން މިވަގުތު ކޮވިޑް-19ގެ ވޭދަނަތައް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ފޮނަދޫ، މާންދޫ، ގަން އަދި ދަނބިދޫ ހިމެނެއެވެ.
ހެޔޮނުވާނެ ތިކަހަލަ ދޮގު ހަދާކަށް
އަދިވެސް ނުވޭތަ މޮނިޓަރިންނަށް އިސްދޫ ލާކަށް.
އިސްދޫގައި ވަރަށް ބޮޑަށް ކޮވިޑު ފެތުރިފައި އެބަ އޮތް. މުއައްސަސާ ތަކުގެ ފޭލި ނުދައްކަން ވެގެން ދަނބިދޫގެ ވާހަކަ ދައްކަނީ. މީ ތެދު ވާހަކައެއް ނޫން.