ލ. ފޮނަދޫއިން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް މި ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 16 އަށް އަރާފައެވެ.

އެރަށުން އެންމެ ފުރަތަމަ ކޮވިޑަށް ފައްްސިވެފައި ވަނީ އެރަށާެއި ގުޅިފައިވާ މާންދޫ އިހަލަށް ނިސްބަތްވާ ދެ މީހެކެވެ.

އޭގެ ފަހުން އެރަށުން ވޭދަނަތައް ދަނީ ފެންނަމުންނެވެ.

މިހާތަަނަށް އެރަށުން ފައްސިވި 16 މީހުންގެ ތެރެއިން ގިނައީ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ. އޭގެ ފަހުން އެރަށު މަސް ދޯންޏެއްގައި މަސައްކަތް ކުރާ ދެ މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެއެވެ.

އެ އަތޮޅު ވޭދަނަތަކާއި ގުޅިގެން އެރަށާއި ގުޅިފައިވާ ރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުޅޯ

    ރާއްޖެ ތެރޭގައި ކޮވިޑް ފެތުރެނީ ކޮވިޑް ޖެހޭ މީހާ އާއިލާއިން ވަކިކޮށްނުލާ ގޭ އެންމެންނާއެކު ގޭގައި އުޅެން އޭނާ ބަހައްޓާފައި ހުންނާތީ. ދެން ފަހަރަކު މީހަކު އެ ގެއަކުން ޕޮސިޓިވް ވޭ. ކޮންމެ މީހަކަށް 14 ދުވަސް ޖަހަމުން ގޮސް މަސް ދެމަސް ވާއިރުވެސް ގޭ އެންމެން ބަންދުގަ ތިބެން ޖެހެނީ. އޭގެ ބަދަލުގައި، ސްކޫލް ކަހަލަ ތަނެއްގައި އެނދު އަތުރައި ތައްޔާރުކޮށް ޕޮސިޓިވް ވާމީހުން އޯޕަން އެއާގައި މާސްކް އަޅައިގެން ރައްކާތެރިކަމާއެކު އެތާ ބައިތިއްބައިގެން ޕާރުސަލްގައި ގެއިން ކާންގެނެސް ގޭއެންމެން ބަންދު ނުކޮށް މިކަން ކުރިއަށް ގެންދެވިދާނެ. ތިމާގެ ސަބަބުން ގޭ އެންމެންނަށް ކޮވިޑް ޖެހުމަށް ވުރެން 14 ދުވަސް ހަމަވެ ބަލިން ސަލާމަތް ވަންދެން އެތާ ކެއްކޮށްލުން މާ ރަނގަޅުވާނެ. ކޮލެރާއާއި ޝިގެއްލާގައި ގިނަ ރަށްރަށުގަ ކަންތައް ކުރީ މި ގޮތަށް. ފޮނަދޫ ކައުންސިލުން މިކަމާ ވިސްނާތި! ކަންކަން ރާވާ ހިންގަން ނުކުޅެދޭ މީހުން ތިބީމަ ވާނެ ގޮތް ވަމުން މިދަނީ.