ރާއްޖެ އިން މިއަދު 400 އަށްވުރެ ގިނަ ޒުވާނުން ކޮވިޑަށް ފައްސިވެއްޖެއެވެ.

މިކަން އެޗްއީއޯސީ އިން އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވަނީ މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 400 އަށްވުރެ ގިނަ މީހުންނަކީ ޒުވާނުންކަން ކަށަވަރުކޮށްދީފައެވެ.

މިއަދު 700 އަށްވުރެ ގިނަ މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު މިހާރު ފައްސިވާ އަންހެނުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ.މުހައްމަދު އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ މިދިޔަ އަހަރު ކޮވިޑަށް ފައްސިވި އަންހެނުންގެ ނިސްބަތް މަދުކަމަށާއި ނަމަވެސް މިހާރު ފައްސިވާ މީހުންގެ ތެރޭގައި ދެޖިންސުގެ މީހުންގެ އަދަދު ވެސް ހަމަހަމަ ކަމަށެވެ.

އެޗްޕީއޭ އިން ރެއާއި ހަމައަށް ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު ވެސް ރާއްޖެ އިން ދެވަނަ އެންމެ ގިނައިން ކޮވިޑަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނެވެ. އެންމެ ގިނައިން ފައްސިވެފައި ވަނީ 31 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު ވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ. އަދި ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހު ވެސް އަދަދުތައް ދަށަށް ދާނެ ކަމަކަށް އެޗްއީއޯސީ އިން ލަފައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ވަހީދުބެ

  ކިތައް އަހަރު ވީމަ ޒުވާނުންނޫންކަމަށް މިވަނީ. 65 އަހަރުން ދަށް އެންމެންނަކީވެސް ޒުވާނުންތޯއްޗެއް؟

 2. ކޮރަލް

  އިންތިހާބު ބާއްވައިފި އެވެ.

  9
  1
 3. ދިވެހިސޮރު

  ރެސްޓޯރަންޓާ ކެފޭތައް ބަންދުނުކޮށް ތިކަމެއް ނުވާނެ

 4. ފިނިފިނި

  ފިނި ބުއިންތައް ބުއިން ހުއްޓާލުމަށް ޒުވާނުންނަށް އިރުޝާދު ނުދޭހައި ހިނދެއްގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާނުލާހައި ހިނދެއްގައި ޒުވާނުންގެ މެދުގައި ހުއްޓުމެއް ނެތި ކޮވިޑް ފެތުރޭނެ.

 5. ސަޓޯ

  ޒުވާނުން މަރެއް ނުވާނު. އެހެންވީމަ އޯކޭ ނު ؟؟

 6. ސޮއްބެ

  ޒުވާނުންނޭ ތިބުނީ އެއްކަލަ ގޮޅިޖެހި ދާނުވާ އަތްދިގު ގަމީސް ލައިގެން ހާމުންޑި ކުކުޅެއް ހެން ބޯ ހަދައިގެން ކުލީ ޖީއެން ސައިކަލުގައި އެއުޅޭ ބައިގަނޑުބާ އަނެއްކާ ؟؟؟

 7. ސަނީ

  ނޫ ކަށިފުރައިގެ ޒުވާނެއް ހުމެއް އަންނަ އިރައް ރޫސް ލާފަ ގޮސް ޑޮކްޓަރަކައް ނުދައްކާނެ.. ތީ އޮޅުމެއް..

 8. ާިމަރިިިިިިި

  ބިރުވެތިވެ ބަލަ