މިރެއިން ފެށިގެން ރޭގަނޑު 9:00ގެ ފަހުން ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ފިހާރަތައް ހުޅުވާ ގަޑި އާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބަހައްޓާ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ މިހާރު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ސަރަހައްދުގައި މިރޭ 9:00ގެ ފަހުން ކާފިއު ހިންގަން ފަަށަން ތައްޔާރުވުމާއި ގުޅިގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 12 މެއިގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ހެނދުނު 8:00 އިން ރޭގަނޑު 9:00 އާ ދެމެދު ކަމަށެވެ.

އަދި މި މުއްދަތުގައި މުދާ ވިއްކާ ތަންތަނުން، ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން. މި މުއްދަތުގައި ރެސްޓޯރެެންޓްތަކުން އާންމުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00 އާ ދެމެދުގައި ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި އެތަންތަނުން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ރޭގަނޑު 9:00 އިން މެންދަމު 3:00 އަށް، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރާގޮޑިރާޖަ

  ތިކަންކުރަންމާލަސްވެ އްޖެ. ފިހާރަތަކާ އި ރެސްޓޯރަންތަކުގެ ބޭރުގަ މާސްކް އަޅަ އިގެންވަންނާށޭކިޔާ ލިޔުންބަހަ އްޓާފަ އެތެރޭގަތިބޭ ސްޓާފުން ތިބެތީ މާސްކްނާޅާ ވަންނަމީހުންގަޔާދިމާ އަށްކެ އްސަން. ބަންގާޅީ އަކާތަން ހަވާލުކުރެވުނީމަ ވެރިމީހާގެ ޒި އްމާ ނިމުނީ.

  16
  4
 2. ާެެެްް

  ސަރުކާރު ޒިންމާ ނަގަންވާނެ

 3. ބަކަރި

  މިވަރުން ދަންޏާ ކާން އިންނަ ބަތްތަށިވެސް މި ޖަނަވާރުން ޖަހައިގަންނާނެ

  1
  1
 4. މަރީނާ

  މި ނުބައި ނުލަފާ ބައިގަނޑު ހަލާކު ކުރައްވާތޯ ކޮންމެ ރެއަކު ދުޢާ ކުރާނަން

  1
  1
 5. ގެެރި

  އަދިވެސް އެއްބަޔަކު ތެޅެނީ ނާސިގެ ނުހެދިގެން

 6. އަކްޒް

  ކާކ ކުހޭ ލޯނަށް ޒިއްމާވާނީ ތަންތަން ބަންދު ކުރީމަ. ކޮވިޑް އައިފަހުން ލާރިއެއް ނުލިބޭ. މޮރަޓޯރިއަމް ނިމިއްޖެ. ރީސްޓްރަ ކްޗަރ ކޮށްނުދިން

  2
  1