މާލެ ސަރަހައްދުގައި ވެކްސިން ދޭ ތަންތަން މިއަދު ބަންދުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި މިއަދު ވެސްސިން ޖެހުން ކުރިއަށް ނުގެންދާނެ ކަމަށެވެ. މާލެ ސަަރަހައްދުގައި ވެކްސިން ޖެހުން ކުރިއަށް ނުގެންދަނީ ކޮން ސަބަބަކާއި ހެދިކަން އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ބަންދު ކޮށްފައިވާއިރު، އާންމު ގޮތެއްގައި ވެކްސިން ސެންޓަރުތައް ބަންދު ވަނީ ހުކުރު ދުވަސްތަކުއެވެ.

ރާއްޖޭގައި މިހާރު ތިން ވެކްސިންއެއް ދަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހަަމުންނެވެ. އޭގެ ތެރެއިން އެންމެ ގިނަބަޔަަކު ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްތައްވެސް ދަނީ ކުރަަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގައި ސިނޮފާމް ވެކްސިން އާއި ފާއިޒާ ވެކްސިންވެސް ދަނީ ދެމުންނެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ބޮޑު ކިއުއެއް ހަދަ އެވެ.

މިހާތަނަށް ރާއްޖެއިން 299،407 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާއިރު، 119،518 މީހަކު ވަނީ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަތީ

    އަނެއްހެން އޯކޭ. ތިޔަ ޖަހައިގެން ވާ ކަމެއް ނެތް. މިހާރުވެސް އެޑްމިޓްކޮށްފަ ތިބި މީހުންގެ ތެރެއިން 3ބައިކޮށްފަ 2 ބައި އެއީ ވެކްސިންޖަހާފަ ތިއްބާ ބަލިޖެހި އެޑްމިޓްކުރަންޖެހުނު މީހުން. ތިޔަ ޖެހިއަސް ބަލީގަ ބޮޑުވަރުވާކަން އެ ފެންނަނީ. އެހެންވީމަ ނުޖެހިއަސް މާބޮޑު މައްސަލައެއް ނޫޅޭނެހެން ހީވަނީ. ކޮވިޑްޖެހުނީމަ 6 މަހެއްވަރު ސަލާމަތުން ހުންނަ ކަމަށް ދައްކާ. އެކަމު ވެކްސިންޖަހާފަ 2 ހަފްތާ ފަހުންވެސް އެބަ ބަލިޖެހޭ.