ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވާ ޒަޚަމްތަކާއި ގުޅިގެން އިތުރު ސާޖަރީތަކެއް ކުރަން ޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ދަނީ މި ވަގުތަށް އެންމެ މުހިންމު ސާޖަރީތައް ވެސް ހަދަމުން ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނިކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މިހަމަލާގައި ރައީސް ނަޝީދާއިއެކު ޖުމްލަ ފަސް މީހަކު ޒަހަމްވިއެވެ. އެއީ ރައީސް ނަޝީދުގެ ދެބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ. ހަމަލާގައި ޒަހަމްވި ރައީސް ނަޝީދުގެ ދެބޮޑީގާޑުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
އިނގިރޭސިވިލާތުގެ ފަތުރުވެރިޔާ އަށް ވެސް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ދެން އަނިޔާވި ދިވެހި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅޭ ގޮތުން އަދި އެއްވެސް އިދާރާއަކުން މައުލޫމާތު ހާމައެއް ނުކުރެއެވެ. ނަމަވެސް މަންޒަރުދުއް ބައެއް މީހުން ބުނާ ގޮތުގައި ހަމަލާ ދިނީ ސައިކަލެއްގައި ހަރުކޮށްފައި ހުރި އެއްޗެއް ގޮއްވާލައިގެންނެވެ.
މައިބަދައަށް ކަމެއްވީ؟
ޢަވަހައް އިނގެ ރޭސިވިލާތަށްފޮނުވާލާ
ބުރަކަަސި ބިންދައިގެން ގޮސްގެން އިނގިރޭސިވިލަތަށް ގޮނޑި ދުއްވަން ދިޔަ ސޮރު ތީ. ތިޔަ މީހަގެ ޔަހޫދީ މަކަރު އަހަރެމެން ދަންނަން. ޖުޑިޝަރީ ކުރިމައްޗަށް އަމިއްލަފުޅަށް ވެއްޓި ވަަޑައިގެން ވެލި ފަރިއްކުލުވަން އުޅުނު ދުވަސް ވެސް ދިވެހިންނާއި ފުލުހުން ދެނެހުރިން.