މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލެ ސިޓީ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގައި އެކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފިއެވެ.

އެމްނެސްޓީން މިކަމަށް ގޮވައިލީ އެ ޖަމިއްޔާގެ އޭޝިޔާ ބްރާންޗުން ކޮށްފައިވާ ޓްވީޓެއްގައެވެ.

މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަކުރުމާ ދެކޮޅަށް މޭޑޭގައި، މާލޭގައި ބޭއްވި މުޒާހަރާގައި އެކަށީގެން ނުވާ ބާރު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، ސުލްހަވެރި އިހުތިޖާޖް ކުރުމުގެ ހައްގު ފުލުހުން ނިގުޅައި ނުގަތުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ބޮން ގޮއްވާލީ ހާދިސާގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައިވާއިރު މައްސަލާގައި ހަތަރު މީހަކު ފާހަގަކުރެވޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އޮންލައިން ޕޯޓަަލް އެއް ގާއިމްކޮށްފައެވެ.

ނަޝީދަށް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިޔާގެ ފުލުހުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. ހަމަލާއާ ގުޅިގެން ސިފައިންގެ އެލާޓް ލެވެލް މަތިކޮށް ސަރުކާރުގެ އެކި އިމާރާތްތަކުގައި ބަޑިއާއެކު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ގައުމީ ދިފާއި ބާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަމަލާދޭން ބޭނުންކޮށްފައިވާ އައިއީޑީ އަކި ވަރަށް ބާރުގަދަ އައިއީޑީ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙައުލާ

  ފިރިހެނުންފިރިހެނުންާ އަދި އަންހެނުން އަންހެނުންނާއިންނަން ހުއްދަކުރާ އަދި އެކަމަށް ބާރުއަޅާ ބަޔަކު ކޮންގޮވުމެއް ގޮވާކަށް. ކޮންމެ އެއްޗެއް ޖޯޑު ޖޯޑަށް ލެއްވެވި ހިކްަތް ތެރި އިލާހަށް ގޮންޖަހާބައެއް ތިއީ. ޝައިޠާނާއީ އެބައެއްގެ ބައިވެރިޔާ ގޮތުގައި ބަައިގަނެގެން އުޅޭނީ މުޑުދާރު ގޮތްކުޑަ ބައެއް.

  11
 2. ރަސްގެފާނު

  އެމްނެސްޓީއަކީ ކަނުބަޔަކުހިންގާތަނެއްކަން އަދިކި ރިޔާމިއެނގުނީ .. އަލިފު ހާ

  12
 3. ކޮވިޑް

  ނެތިން އެއްޗެއް ކިޔާކަށް މަ ރޯދަ

 4. އޮޅުވާލި ވޯޓު

  އަޅެ ތިއަންނިނޫނ1މީހަކު މިގައުމުގާނެތީތޯ ދެވަރްއް ފޫހި