ސުލްހަވެރި އިހްތިޖާޖުތަކަށް ދިވެހި ސަރުކާރުން ހުރަސް ނޭޅުމަށް ބައިނަލްއަޤުވާމީ ޖަމިއްޔާތައް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ހަތަރު ޖަމިއްޔާ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމުން އިހްތިޖާޖު ކުރަމުން ގެންދާ ފަރާތްތައް ހައްޔަރުކޮށް އެމީހުންގެ މައްޗަށް ޖިނާއީ ތަހްގީގު ހިންގާތީ އެކަން ކުށްވެރިކޮށްފައެވެ.

ބަޔާނުގައި ބުނީ ސުލްހަވެރި އިހްތިޖާޖުތަކަށް ދިވެހި ސަރުކާރުން ހުރަސް އަޅައި، އަދި ސުލްހަވެރި އިހްތިޖާޖުތައް ކުރާ ފަރާތްތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން އެއްވެސް ސަބަބެއް ދެއްކުމެއްނެތި ހައްޔަރު ކުރަމުންދާ ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މުޒާހަރާ ކުރުމާއި، އިހްތިޖާޖު ކުރުމާއި މީޑިއާތަކަށް މިިނިވަން މާހައުލެއް ގާއިމު ކޮށްދިނުން އެއީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ އެންމެ އަސާސީ ކަންތައްތަކެވެ. ދިވެހި ފުލުހުން މިހާރު ހިންގަމުން ގެންދާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި އަދި 32 ވަނަ މާއްދާ އާއި ވެސް ހިލާފު އަދި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާއި ދިވެހިރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަޤުވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މުއާހަދާ އާއި ވެސް ހިލާފު އަމަލުތަކެކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގައި މުޒާހަރާ ކުރުމަށް އޮތް ހުރަސް ނައްތާލަން ގޮވާލާ ގޮވާލުން މިއަދުގެ ބަޔާނުގައި ވެސް ވަނީ ތަކުރާރު ކޮށްފައެވެ.

ހަތަރު ޖަމިއްޔާ އިން ވަނީ އިހްތިޖާޖު ކުރުމުގެ ހައްގު ދިވެހި ރައްޔިތުންނަށް ދިނުމަށް ގޮވާލާފައެވެ. އަދި އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އިން އޮވެ، އިންސާނީ ހައްގުތަކަށް ހުރަސް ނޭޅުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

އޭގެ އިތުރުން ސުލްހަވެރި މުޒާހަރާތަކުގައި ގާނޫނާއި ހިލާފު އަމަލުތައް ހިންގާ ފުލުހުންގެ މައްސަލަ ބަލައި އެމީހުން ޖަވާބުދާރީ ކުރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި އިންޓަގްރިޓީ ކޮމިޝަނަށް ހަތަރު ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވި ފަހުން ފުލުހުން ވަނީ މުޒާހަރާތަކުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ޔާމީން ދޫކޮށްލަން-ދެން އަޅުގަނޑުމެން މިތިބީ ފުރާނައިން ވިޔަސް ޤުރުބާންވާން ތައްޔާރަށެވެ. ޔާމީން އަށް ތާޢީދު ކުރާ އެންމެން ވެސް ތިބީ މިގޮތުގައެވެ. "ގިވް މީ ޑެތު އޯ ގިވްމީ ފްރީޑަމް". މާނައަކީ އަހަރެންނަށް މިނިވަންކަން ދޭށެވެ، ނޫނީ އަހަރެންނަށް މަރު ދޭށެވެ. ޔާމީން ޒިންދާބާދު!

    27
    2
  2. ފިތުނަ 2023

    ބޮޑުނުހުރުޕާނެއް.....

    4
    4
    • މުބީނު މާރނީ

      ކަލޭ ތީ ބީތާ ވެފަ ހުރި މީހެއްތަ؟ އެހެރަ 25 ބުރީގެ ހޮސްޕިޓަލް އެއް ބަލާލަ ބަލަ. އަދި ބްރިޖް ވެސް ބަލާލާތި.

      9
      1
  3. ޒުރާރު

    ޔާމީނުގެ މައްޗަށް އިއްވާފައިވަނީ ހަރާމް ހުކުމެއް ދެންތިބި އެހެން ޖަލުގެ ގައިދީންނަށް އިއްވީ ހަލާލު ހުކުމެއް ކަމާއި މެދު ޝައްކު އުފެދޭ ތިޔަކޯޓު ތަކަކީ ރިސްވަތު ނަގާގެން ހުކުމް ބަދަލުކުރާ ތަނެއް

    20
  4. احمد

    ސުލްހަވެރި އިހްތިޖާޖުތަކަށް ދިވެހި ސަރުކާރުން ހުރަސް ނޭޅުމަށް ބައިނަލްއަޤުވާމީ ޖަމިއްޔާތައް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
    ——————————————————————————-
    މިއަދު ކެނެރީގެ ނަޝީދު ވެރިކަމުގައި ހުރިނަމަ ތި ބައިނަލްއަޤުވާމީ ޖަމިއްޔާތައް ޗުއްޕުވެސް ނުބުނާނެ.
    އިސްލާމް ދީނަށް ނަފުރަތުކޮށް ދީނަށް ފުރަސާރަ ނުކުރައްވާ ރައީސުންނާއި ދޭތެރޭ ބައިނަލް އަޤްވާމީ ޖަމިއްޔާތަށް ކެކިއަރާނެއެވެ… އެބައިމީހުންގެ ޑިމޮކްރެސީގެ ހަމަޔާ އިންސާފަކީ މިއެވެ.

    1
    2
  5. ބަމަށިން

    އަހަރުމެންގެ ލީޑަރު ބުނެފައޮތީ އަހަރުމެންގެ ކަންކަން ނިންމާނީ އަހަރުމެންނޭ ބޭރުގައުމުތަކުން އަހަރުމެންގެ ކަންކަމާނުބެހޭށޭ

  6. އިއު

    އޭރު ލާދީނީވި ބައިގަނޑު މިހާރު އޯކޭ؟ މަމޮޔަ ވެއްޖޭ

  7. ސަންބެޑު

    މިގައުމުގަ މިއޮތީ އިންޑިއާގެ ޔަހޫދީސަރުކާރެއް ގައުމުގެ ރަށްޔަތުންނަށް ވެރިކަންބޭނުންވެގެން އަނިޔާކުރަމުންދަނީ.

  8. Anonymous

    ޔާމީން ދޫކޮށްލަން-ދެން އަޅުގަނޑުމެން މިތިބީ ފުރާނައިން ވިޔަސް ޤުރުބާންވާން ތައްޔާރަށެވެ. ޔާމީން އަށް ތާޢީދު ކުރާ އެންމެން ވެސް ތިބީ މިގޮތުގައެވެ. "ގިވް މީ ޑެތު އޯ ގިވްމީ ފްރީޑަމް". މާނައަކީ އަހަރެންނަށް މިނިވަންކަން ދޭށެވެ، ނޫނީ އަހަރެންނަށް މަރު ދޭށެވެ. ޔާމީން ޒިންދާބާދު! ފުކެއްވެސް ދޫކުރުމެއްނެތް.

  9. މުޙައްމަދު

    ކުރިން މޑޕ ވެރިކަން ވެއްޓުނީވެސް ޤާނޫން އަސާސީއާއި ޚިލާފުވުމުން. ފުލުހުންގެ ވެރިން ދެ ބަހުން އެއްބަހަށް ބުނާނެ ޢައިރު ޤާނޫނީ އަމުރަށް ތަބާ ނުވާށޭ. ހަމަ އެވެރިން އެ އަނގައިން އެ އަމުރު ކުރަނީވެސް. ބޮޑުކުލި ދީގެން އަނގަޔާ އަތާ ދިމާނުވާ މުވައްޟަފުން ދުނިޔޭގަ އުޅެން ނަމަވެސް އެ އަމުރަށް ކިޔަމަންވާނެ. ކޮންމެ ބަޔަކުވިޔަސް ޤާނޫނީ އިމުގެ ތެރެއިން ބޭރު ނުވުން އެދެން.

  10. ޙަަަހަ

    ހާދަހީވެޔޭ ނަޝީދު ބުނެގެން ނަޝީދުގެ ޖަމްއިއްޔާތަކުން ކުރިކަމެއްކަމަށް ، މިއަދްު ނަޝީދުކުޅޭނެ ހަކުޅި ،