ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގެ ޣާޒީ ސްކޫލް ހުންނަ ސަރަހައްދުގައި ހުރި ފްލެޓަކުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ފްލެޓް 95 ގެ ދެވަނަ ފަންގިފިލާއިންނެވެ.
ފުލުހުން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ތިންވަނަ މީހަކު ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.
މިއީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޭރު ހުރި މީހެކެވެ. އަތަމާ ޕެލެސްގެ ސީސީޓީޖީ ފުޓޭޖާއި ބާ އިންޖީނުގޭ ހުންނަ މަގުގައި ހުންނަ ސިސީޓީޖީ ފުޓޭޖަކަށް އޭނާގެ މަންޒަރުތައް އަރާފައި ހުއްޓެވެ.
މި ގޮތުން ބޮން ގޮއްވާލި އިރު އޭނާ ހުރީ އަތަމާ ޕެލެސް ކައިރީގައެވެ. އޭނާގެ އަތުގައި ރިމޯޓެއް ޒާތެއްގެ އެއްޗެއް އޮވެއެވެ. ބޮން ގޮވައި ފަހުން ދުވެފައިދެއެވެ. ބާ އިންޖީނުގޭ ހުންނަ މަގުން ދުވެފައި ދާއިރު، އޭނާގެ އަތުގައި އިންނަ ރިމޯޓު ޒާތުގެ އެތި ވަކި ހިސާބަކުން އެއްލާލައި މަންޒަރު އެ ފުޓޭޖުން ފެންނަ ކަމަށްވެއެވެ.
ފުލުހުން އިއްޔެ ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތުގެ ސީސީޓީވީ ފުޓޭޖާއި މި މީހާގެ ފޮޓޯތައް އާންމުކޮށްފައެވެ. ސީސީޓީވީ ފްޓޭޖަށް އޭނާގެ މަންޒަރުތައް އަރާފައި ހުރިއިރު، އޭނާ ހުރީ މާސްކް އަޅައިގެނެވެ.
މި މައްސަލައިގައި އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ބާ އިންޖީނުގޭ ހުންނަ އަލިކިލެގެފާނު މަގުގައި ހުރި ގެއަކުންނެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެއީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ. ތަހުމީނަކީ ބޮން ހަރުކޮށްފައި އޮތް ސައިކަލުގެ ވެރިފަރާތް ކަމުގައާއި މުޖާޒަކީ މިއަދު ހައްޔަރު ކުރި މީހާއާ ގުޅުން އޮތް މީހެއް ކަމުގައި ފުލުހުން ވިދާޅުވެއެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ބޮން ގޮވައެވެ.
މި ހާދިސާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ދެ ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ. ރައީސް ނަޝީދަށް އަދިވެސް އޭޑީކޭއިން ފަރުވާދެމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ. ދެން ޒަޚަމްވި ފަރާތްތަކަށް ފަރުވާ ދިނުމަށް ފަހު ހާލަތު ރަނގަޅު ވުމުން ދޫކޮށްލާފައިވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެނެވެ. މި ގޮތުން އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރަކާއި އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސްގެ ދެ އޮފިސަރަކު ވެސް މި ތަހުގީގުގައި ބައިވެރިވެއެވެ.
ރައީސް މައުމޫނަށް ހޯރަފުށީގައި ދިން ހަމަލާއާއި ރައީސް ޔާމީނަށް ލޯންޗް ގޮއްވާލައިގެން ދިން ޙަމަލާއާއި އަދި ރައީސް ޔާމީން މަރާލުމަށް މުލިއަގޭ ކައިރީގައި ގޮއްވާލަންރެޑީވި އައިޑީއާއި ، ސްނައިޕަރަކު ގެނައި ގެނައުމާއި މިހުރިހާކަމަކަށް މަލާމާތްކޮށް ހޮޅިކުރިިމީހުންނަށް އެދުވަސް އާސްގެން މިތިބައުޅޭގޮތް ދުނިޔޭގަ މިތިބަ ކަތުން ނިކަން ދެކި ޢިބްރަތް ޙާޞިލްކޮށްބަލާށެވެ!
މިކަންކަން ރަނގަޅަށް ނުބަލާ އަދަބު ނުދެވި ސިޔާސީ ޑީލް ހަދާތީ މިކަހަލަ ކަންކަން ތަކުރާރުވަނީ!! މިއީ މައްސަލައަކީ!! ޔާމީންއަށްދިން ހުރިހާ ހަމަލާއެއްގެ އިސް މޭސްތިރި އަދި އެމްއެމްޕީއާރުސީގެ އިސްމޭސްތިރި އެހެރީ މިސަރުކާރުން ހެދި އެތައްޑީލްއެއްގެތެރެއިން އަމީން އެވެނިއުގައި ލަގްޒަރީ އެޕާޓްމަންޓެއްގައި!! މިއީ މުޅި މިދިވެހި މުޖްތަމަޢު ދަންނަ ޙަގީގަތެއް! ދެން ކަންކަންދާނެގޮތް ބަލާ!! އަދުލުއިންސާފުން އެއްކިބާވެ އަނިޔާވެރިވީމަ ކަންކަން ރަގަނޅުނުވާނެ!! އެއްވެސް މީހަކު މަރަން އުޅުމަކީ ގޯސްކަމެއް!! ތާއީދުނުކުރެވޭނެ!!
ސާކްސަމިޓްގައި ދަރުބާރުގެ ގޮއްވާލަން އައިޑީ ހެދިމީހާ މިއަދު އެއޮތީ އައިޑީ ދަށުވެފާ. ﷲގެ ކުޅަދުންވަންތަކަން ދެކިބަލާ! އެވެރިން އިދިކޮޅުގައި ތިބެގެން ފޭހުނު ހުރިހާ އިލޮށި ހެރެމުން މިދަނީ ހަމަ އެމީހުންގެ ލޮލަށް. ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް.
ތިޔަ ތަހުގީގަށް ގައުމުގެ ހަޒާނާ ހުސްކޮށްނުލާތި ނަސީދަކީ އެއްމެ ފަރުދެއް ، ބާކީ ރައްޔިތުންގެ ހައްގުތަށް ވެސް ރައްކާކުރަންވާނެ
ޜައްޔިތުންގެ ފައިސާއިން އެތައްބިލިއަން ރުފިޔާ ވަގައްނަގާ ހޮވުނަސް ނުހޮވުނަސް ދެން ދާއިމަށް ވެ ރިކަމުގައޭ ހުންނާނީ ބުނެ ސަ ރުކާރުގެ މުއަސްސަސާ ތަކަކީ އަބިގޮއްޔެގެ
ހަޒާނާއެއްކަމަށްބަލާ އެތަންތަނުގެ ވެ ރިންލައްވާ ހަޒާނާ ވައްކަމުގެ އަމަލުތައް ކު ރުވާ އަދި ގޭންގްތަކާއި ފެންނުވަ ރާ ބައިގަޑައްވެސް ބައިއަޅާ ޑީލްހެދި މީހާ އަށްވީގޮތާމެދު ވިސްނާލާ.
މީނާހައްޔަ ރުކު ރުމުން ވަގުންނަށް ހާދައަސަ ރެއްކޮއްފިއޭ
ފަރަންޖީންގެ އެޖެންޓާހެދި ފަރަންޖީން ވަރަށް ތެޅޭނެ
ސަޅިވާހަކައެއް ތިބުނީ. ހީވީ އެހެންކަމެއްހެން މަލާމާތްކުރިއިރު
ސުވާލަކީ މީނަޔަށް ނަފުރަތު ކުރަނީ ކީއްވެހޭ؟
އާނއެކޭ މިނަސީދު ނޫނިއްޔާ މިގައުމުގެ އެއްވެސް ކަމެއް ހައްގުވާ ހަމަ އެކަކުވެސް ނެތްކަހަލަ، މީނަގެ މަސައްކަތަކީ ދުނިޔެ ފަސާދަކުރުން މިކުޑަ ކުޑަ މުޖުތަމައުގަ ތިބި އެކިކަހަލަގެ ހިޔާލާ ފިކުރުގެ މީހުންގެލޭ ކެއްކުވުން، އަމިއްލަޔަށް ވިސްމާލައިގެން އަނގަތެރޭގަ އޮތްދޫ ބޭނުންކުރާނަމަވެސް ތިމާޔަށް ތަންކޮޅެއް ރައްކާތެރިވީސް ދެދުނިޔޭގަވެސް، އަދި އޭނަގެ ހިތުގަ ދިވެހިންނާ ދޭތެރޭގަ ކޮންމެ އެއްޗެއް އޮވެގެން އުޅުނަސް، އޭނަޔަށް ތާއީދުކުރާ އޭނަކަހަލަ މީހުންވެސް މިކުޑަ މުޖުތަމައުގަވެސް އެބަ އުޅޭވިއްޔާ.
ކީއްކުރާނީ ފަހުޒަމާނު އިބިލީހުގެ ސިފައިގައި އިންސާނުންވެސް ފެންނާނެ.
އެކަމަކުވެސް އެއްވެސް އިންސާނަކަށް ގެއްލުމެއް ދިނުމެއް އަދި ގެއްލުމެއް ލިބިގަތުމެއްވެސް ނޯވޭ..
އޭނަޔަށްދެކެވޭވާހަކައާއި ކުރެވެކަންކަމުން
މަޑުކަށި ވީމަ
ހެހެހެހެ ބޮޑު ވަގު ނުލަފާ ޓެރަރިސްޓް. ރަނގަޅަށް ސުވާލު ކުރާތި.
އެއީ ދީނަށް ފުރައްސާރަކުރާތީ
ތިވާހާކަ ތައް ހަމަނުޖެހޭ ފޮޓޯގަ އިނީ ބޮއްގޮއްވާލި މިިހާކަމަށް ލިޔެފާ... ހަބަރުގަ ލިޔެފައިނީ ތުހުމަތުކުރަވޭ މީހާކަމަށް....މާސްކު އަޅާގެން ހުއްޓާ އެމީހާ ބުނަވޭނީ ކިހިނެއް
ޙެޔޮނުވާނެ ކުށެނެތް މީހުން ގެ ބޮލުގަ އަޅުވަން
އިސްލާމްދީނަށް ފު ރައްސާ ރަކު ރާ މީހުންނަށް ނަފު ރަތު ކު ރަންޖެހޭ
އިންޓެލިޖެންސް ހާދަ ކަޑައޭ، މިހާރު މުޅި ޕޮލިސް ތިއޮތީ ބޮޑުތަނުން ފެއިލް ވެފައި ދޯ؟
ދުނިޔެއިން ނުކުމެގެން ދިޔމުގެކުރިން ދައްކަވާނޭ ތަނެއް ދައްކަވާނެއެވެ. ޔާމީންގެ ސަރުކާރާދެކޮޅަށް ހިނގާދިޔަ ކަންތައްތަކަށް ސަނާކިޔާ ތަޢުރީފްކޮށް އެވަރުންނުވެގެން ޔާމީންގެ ވެރިކަން ފުނޑާލުމަށް ޙަރާމްކުރެއްވިހައިގޮތަކުން މަަސައްކަތްކޮށް ސަރުކާރަށް ނުހޮރުއްޕާންކުރިމީހުންނަށް އެކަންކަންއައިސް ލައިގަންނަގޮތް ނިކަން ދެކިބަލާށެވެ!
ޜައްޔިތުންގެ ހަޒާނާ ދިރ ރުވާލުމަކީވެސް މުސްލިމަކަށް ހުއްދަކަމެއްނޫން. ޢެވެސް ޥާނީ ފަރަންޖީ އެޖެންޓަކަށް.
ބަޔަކު ވައްވައް ޖެހިޔަސް މިބައިގަނޑު އަތުކުރާނެ ފަހަރަކު ބޮލަކުންވިޔަސް އެއްކޮއްފަ ސައިޒު ކުރާނެ
ޙަމަ އެދަނޑިވަޅާ ދިމާ ކޮށް ރ ނަޝީދު ގޮނޑިދުއްވަން ވަޑައިގެންނެވި ގައުމުގެ ރައްޔިތެއް ؟ އިސްލާމީ ގައުމެއްގެ އިސްލާމީދައުލަެއްގެ މުއްއްސަސާ ތަކަކުން ޚުދްއެގައުމުގެ ރްއްޔިތުންނާމެދު ފާރަވރިވެ އެކިތުހުމަތުތައްކޮށް ހަދާއިރު އެދަޑިވަޅާ ދިމާކޮށް އިންގިރޭސިވިލާތުގެ ރައްޔިތަކު އެތަނައްފާވެފަ އެވަނީ ކިހިނަކުން ކީތްވެކަމާ މެދު ސުވާލެއްނުއުފެދުނު. މިވެސް ވަކިންކުޑައަޖާބެއްނޫންބާ؟
ކޮންމެ މީހެއް ރައީސް ނަސީދު ގެ ހަށިފާރަވެރިން ވ ރަންގަޅޭ ބުނާ އިރު އޭނަގެ ޑްރައިވަރުން މަތިން ހަނދާން ވޭބާ.އެމީހުން އެއީ ތީގަ އެންމެ މުހިއްމު މީހުން.އެމީހުން ގެންދިޔާމަ ތިޔަ އެންމެނައްވެސް އަވަހައްވެސް ލަހުން ވިޔަސް...
މި ކޮޗެކޭ ކިޔާ މީހެއް؟
ނަޝީދަކީ ހުރިގޮތައް ހުރި އަލިފެއްވީމަ ތިކަހަލަ ހަމަލާ އަންނާނެ. އަލިފް ޔާ.
.ކޮބާމީނަގެ ބޮލައްކޮތަޅެއް ނުފައްތާތަ.