ރ. އުނގޫފާރު މަގު ހެދުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސަބްބޭސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އުނގޫފާރު މަގު ހެދުމުގެ މަސައްކަތް ކުރަނީ. --- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އުނގޫފާރު މަގު ހެދުމުގެ މަޝްރޫއަކީ މިވަގުތު އެ ރަށުގައި ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީ ގެންދަނީ މަގު ހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.