އައްޑޫ ސިޓީ ހުޅުމީދޫން ވަކިތަރުތީބެއް ނެތި ނެގި ގިނަ ސުންކުތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ހުޅުދޫ ކައުންސިލުން ބުނީ، އެރަށުން ވަކި ތަރުތީބެއް ނެތި ނެގި އަށް ސުންކެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެެ.

އަދި ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހުސް ފިރިހެން ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ފައްސިވި މީހުންގެ ތެރޭގައި މީދޫ އެކަކާއި، ހުޅުދޫ ހަ މީހަކާއި، ދެން ފައްސިވި ބިދޭސީއެކެވެ.

ކޮވިޑްގެ ވޭދަނައެއް ފެނި އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެރަށުން ގިނަ ވޭދަނަތަކެއް ދަނީ ފެންނަމުންނެވެ.

އެރަށުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 24 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސީނު

    ސުންކު ނަތީޖާ ލިބެނީ 5 ދުވަސް ފަހުން. ލިބޭ އިރު ވާނެ އެއްޗެއް ވެފަ. ހެލްތު މިނިސްޓަރު ކެރަފާ ކާފަރޭ އިސްތިއުފާދީ ރިންމާދާރު ކަން އިގޭ މީހަކާ ހަވާލުކުރަން ގޮވާލަން.

    1
    1