ހދ.ކުޅުދުއްފުށީ ގެސްޓްހައުސްއެއްގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އޮތް ސިފައިންގެ މީހަކު އާއްމު ރައްޔިތުން ނިކުމެ ރޭ މެންދަމު ފުލުހުންނާއި ހަވާލުކޮށްފިއެވެ.

ގެސްޓްހައުއެސްގައި ސިފައިންގެ މީހާ ކުޑަކުއްޖަކު އޮތްކަން އެނގިގެން ގިނަ އަދަދެއްގެ ބަޔަކު ގެސްޓްހައުސް ކައިރިއަށް އެއްވެ، އަޑުގަދަކޮށް ސިފައިންގެ މީހާ ގެސްޓްހައުސް އިން ނެރުނީ ރޭ މެންދަމު 02:00 ކަންހާއިރު ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު ގޮސް ގެސްޓްހައުސްއަށް ވަންއިރު ސިފައިންގެ މީހާ އޮތީ ކުޑަކުއްޖާ އާއި ޖިންސީ ގުޅުން ހިންގާށެވެ. ނަމަވެސް މިކަން ރަސްމީ ފަރާތަކުން ކަށަވަރެއް ނުކުރެވެއެވެ.

ގެސްޓްހައުސްއެއްގައި ކުޑަކުއްޖަކު ގޮވައިގެން އޮތް މީހާ ފުލުހުންނާއި ހަވާލު ކުރުމުން ފުލުހުން އޭނާ ވެހިކަލަށް އަރުވައިގެން ގެންދިޔައެވެ. ނަމަވެސް އޭނާ ހައްޔަރު ކޮށްފައިވާކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ. މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވާތީ މުޒާހަރާތައް ވެސް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. މީކާން

  ސާބަހޭ އިބްރާލޮޑާގެ ސަރުކާރަށް!

  21
  7
  • ސެންޓި

   ކޮބާ އިބޫ ގެ މައްސަލައަކީ މިތާގަ.މީހަކު ފާފައެއް ކޮށްފިއްޔާ އެއީ އިބޫ ގެ މައްސަލައެއްތަ؟ ހަމަ އެކައްޗެއްވެސް ނުވިސްނޭ ޖާހިލއް

   9
   3
 2. ކާސިމްބެ

  އުތުރުގަ އޮތް އެންމެ ނާތަހުޒީބު މީހުން އުޅޭ ރަށް..

  34
  32
  • ހަބީބު

   ތަހުޒީބު ރަށެއްކޮބާ އިޒުރޭލުތަ؟

   14
   5
 3. ސޯލިހު

  ކުޑަ ކުދިން ގެސްޓްހައުސްއަށް ވަންނަނީ ކީކުރަން ؟؟؟؟؟؟

  56
  3
  • ޒާން

   އެއޮތީ ލިޔެފާ. ޖިންސީގުޅުން ހިންގަން.

   29
   2
 4. މަލާޒް

  މިއީ މާތްވެގެންވާ ރޯދަމަސްކަންވެސް ސިކުނޑީގަ ނުހުރޭ. މިއީ ހަގީގީ ހައްދުފަހަނަޅާ ދިޔުމަކީ. މިއީ ލާދީނީ އޮއިވަރުތައް ގައުމުގައި ހިންގުމުގެ ނަތީޖާއަކީ. މިއީ ދުނިޔެއާއި އާޚިރަތް ގެއްލި ފަނާވެގެން ދިޔުމަކީ. މިއީ ހޭބުއްދި ފިލާ ދިޔުމަކީ. މި ފެންނަނީ ފުލުހުންގެ ތަރުބިއްޔަތު.. ދެން ހަރުކަށިމީހުންނޭ ކިޔާގެން ދައްކާނެ ވާހަކައެއް އެބައޮތްތޯ.

  76
  • ހަމަ ބުއްދި

   ހަމަ ބުއްދި ފިލާފަ ހުރި މީހާ އިވޭ ކޮމެންޓް ކިޔާލީމަވެސް. ބަޔަކާ ޒާތީވެފަ ހުރިވަރު

   6
   31
 5. ނައީމް

  އެމްއެންޑީއެފްގެ ޒަކަރިއްޔާ، މިއޮތީ ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށްދީފަ!!

  59
  1
 6. ކުޑަކާށި

  ކާސިމްބެގެ ރަށް ވަ ރަށްތަހުޒީބް ، ވަ ރަށް ޢިލްމީ ވ. ތަނަވަސް .. ކޮބައިތޯ ތަހުޒީބު ރަށަކީ ؟ މާލޭގެ ތަހުޒީބުކަން އިހައް ރޭ ފެނިގެން އެދިއައީ .. ކާސިމްބެ ރަށުގެ ހާލުގެ ވާހަކަ ނޫސްތަކުގަ ލިޔެލަންވީތޯ ؟

  17
  6
 7. ކޮރަލް

  ކާކުތޯ އެވެ. ފުލުހުންނާ ސިފައިންނަށް ތިޔަ މައްސަލަ ބެލޭނެ ހެން ހިއެއް ނުވެ އެވެ.

  13
  3
 8. ޢަޒު

  18 އަހަރު ފުރޭކަށް ނުޖެހޭ ތަސައްރަފް ފުދުމުގެ މާނައަކީ މީހަހަކާ އިންނަ ވަރުވީއޭ އެކަން މިޢަމަލު ކުއްވެރިކުރަން ކިހިނެތްތޯ؟ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާނީ

  23
  5
 9. ޢާދަނުބެ

  ޙަގީގަތް ގަބޫލު ކުރަންބޭނުން ނުވިޔަސް މި ސަރުކާރުން ތިކަހަލަ ކަންކަަމަށް މަގުފަހިވާނެ ހުރިހާކަމެތް އެބަކޮށްދޭ ރީނދޫ ހުންޖެހުނީމަ 2 ލޯހުއްޓަސް ދެލޯ ރަނގަޅައް ވޯކެތްނުކުރޭ ލޯ ކުރިމަތީގަ ހުރިހާ ކަމެތް ވާއިރު ނުފެނޭ އެގޮތުން 2 ޖިންސުގެ ޒުވާނުން މަސްހުނިވެ މަޖާ ކުރާ ތަނެތް އެހަދަނީ މަގުސަދަކީ ކޮބައިތޯ ޒުވާނުން ތިފަދަ ކަންކަމަށް މަގުފަހިކުރުވުން

  14
  1
 10. Anonymous

  ޢަންހެން ކުއްޖާގެ މައިންބަފައިން ނޫނީ ބެލެނިވެރިން ކޮބައިބާއޭ ހިތަށްއަރާ؟؟ތިމަންނަމެންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ދައިން ރޭގަނޑު ދަންވަކރުގަވެސް ގޭގައި ނުއުޅެންޏާވެސް އެމޙުންނަށް ހަމަ ނެއެގެނީ ބާއޭ؟؟

 11. އާލަމް

  ޕިސް ޕިސް މިގައުމުގައި ހިންގާ ހުރިހާ ނުބައިކަމެއްގަ ސިފައިންގެ މީހެއް ނުވަތަ ފުލުހެއް ވަގުފައިސާ ޖެހި މައްސަލާގަ ވެސް ވަގަށް ބިދޭސީން އެތެރެކުރުމުގަ، ބަދުއަޙްލާގީ ކަންކަމުގަ، ނަހަމަ ވިޔަފާރީގަ، ސްޕާތަށް ހަދައިގެން ހަށިވިއްކުމުގަވެސް މިހެންގޮސް އެބައިމީހުން ބައިވެރި ނުވާ އެއްކަމެއް ނެތް މިހެން ވަނީ ވެރިކަމުގަ ތިބޭބަޔަކު ތިބެނީ ވެރިކަން ދިފާއި ކޮށްދެނީ އެމީހުން ކަމުގައި ގަބޫލުކޮށްގެން އެމީހުންކުރާ ކަންތަކަކަށް ފިޔަވަޅުނާލާ

 12. ސުސް

  މި ގައުމުގަ މިހާރު މިނޫންކަމެއް ނެތީތަ ކުރަން. ކުރަންވީނުން، ކުރާމީހުންނައް އިނގޭ އަދަބެއް ނުދޭނެކަން.. މިއޮތީ ސަރުކާރެއް ގެނެއްސަ..

  • ދދދދ

   ދިވެހިންނަށް ސާބަހާއި އައްސަރިބަސް. ބާރަށް އަތް ޖަހާ.

 13. ޒަކަރިއްޔާ

  ރައްޔިތުންނަށް ހިލަމެއްވެސް ނުވެތަ މިކަމެއް ހިނގީ؟