ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިލާ އެއާގެ އަތުން ގދ.ކާޑެއްދޫ އެއާޕޯޓު އަތުލި މައްސަލާގައި އެ ކުންފުންޏަށް ލިބިގެން ދިޔަ ގެއްލުންތަކުގެ ބަދަލު ދައުލަތުން ނަގައިދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު 50 އަހަރަށް ވިލާ އެއާ ކުންފުންޏަށް ދީފައި ވަނިކޮށް ޖެނުއަރީ، 2017 ގައި އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލިއެވެ. އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން 2019 ވަނަ އަހަރު އޮތީ ތާއީދުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފްކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި މައްސަލާގައި ފަނޑިޔާރުގެ ސުއޫދުގެ ރައުޔައަށް ފަނޑިޔާރު ޝުޖޫނާއި، ފަނޑިޔާރު މަހާޒް ވެސް ތާއީދު ކުރެއްވިއެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވަނީ ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލާފައިވަނީ ވެފައިވާ އެއްބަސްވުމާއި ގާނޫނުތަކުގައިވާ އުސޫލުތަކާ ޚިލާފަށް ނޫން ކަން ދައުލަތަށް ސާބިތު ނުކޮށްދެވުނު ކަމުގައެވެ. އަދި ވިލާއިން އެ އެއާޕޯޓް ހިންގަމުން ދިޔައީ އެއްބަސްވުމާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އުސޫލުތަކާ ޚިލާފަށް ކަން ސާބިތުވާނެ ހެއްކެއް ޝަރީއަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

އެހެންކަމުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ވިލާއަށް ލިބިގެންވާ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. އެހެންވިޔަސް ވިލާއިން އެ ކަމަށް ކަނޑައަޅާފައިވާ އަގަކީ ސައްޚަ އަގެއް ނޫން ކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވިދާޅުވާތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅުއްވަން ސުއޫދު އެންގެވިއެވެ. ވަކި މައްސަލައެއްގެ ގޮތުގައި ދައުލަތަށް ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ވިލާގެ ޗެއާމަނަކީ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާރު ވެސް ވިލާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 130 މިލިއަން ރުފިޔާ ދީފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ގާސިމް ވިދާޅުވާ ގޮތުގައި، ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ އޭރުގެ ސަރުކާރާ އިދިކޮޅަށް ހިންގަމުން ދިޔަ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގަތުމުންނެވެ. އެކަމަކު އެ ނިންމުން މި ސަރުކާރުގެ ބަންޑާރަ ނައިބު ދިފާއު ކުރައްވާތީ ގާސިމް ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޅަތީފް

    ދައުލަތުގެ ހަޒަނާ ހުސް ކުރުން އޮންންނީ މިފާޑައް ތިޔައްވެސް ކިޔަނީ ފާޅުގަ ވައް ކަން ކުރުން ސޯލިހުގެ އެންމެ ވަރުގަދަ ވައުދުތައް ތިޔަ ފުއްދަވާދެއްވަނި ސު ކުރިއްޔާ ސޯލިހު

    24
    1
    • Anonymous

      ލަތީފު ތިބޭފުޅުންގެ ފަނޑިޔާރުން ސޭޓައް އަތްގާތްލޮއްލަދެނީ މިސަރުކާރަކުނެއްނޫން ސަރުކާރައްވެސް ސޭޓުގެ އުނދަގޫޖެހޭނެ

      3
      2
  2. ޢަލީ

    ގާސިމު އަސްލު ސިފަ މި ފެންނަނީ. ޕާޓީ ހަދައިގެ ސިޔާސީ މަސައް ކަތުގައި އުޅެނީ އަމިއްލަ ޖީބު ބޮޑު ކުރަން

  3. މަސީހު

    ކާޑެއްދޫ އެއާޕޯޓް ހިންގަމުންދިޔައީ ސިވިލްއޭވިއޭސަމްގެ އިސޫލުތަކާހިލާފައްކަން ވަރައްސާފުކޮއް ފެންނާންއޮތް ނަމަވެސް މިހާރުމުޅިމައްސަލަ އަނެއްއަތައް

  4. އަދުރޭ

    ކާޑެއްދޫ އެއާޕޯޓް ގާސިމް އަތުން އަތުލުމުން ގާސިމަށްވާނީ ފައިދާ. ސަބަބަކީ ރާއްޖޭގައި ފައިދާ ވެގެން ހިންގާ އެންމެ ދެ އެއާޕޯޓް އޮތީ. އެ ދެއެއާޕޯޓް ތެރޭގައި ކާޑެއްދޫ އެއާޕޯޓް ނުހިމެނޭ. އެހެންމީ ފައިދާ ނުވާތަނެއް އަތުލައިގެން ދައުލަތުން ދޭންޖެހޭ އެއްވެސް ބަދަލެއްނޯނާނެ.

  5. ހުސޭނުބޭ

    ގާސިމްބެޔަށް ޔާމިނު ގޯސްވީ މިހެންވީމާ! ބައިތުލްމާލުން ބައިނޭޅީމާ!

  6. Happy 123

    ތިހެން ވެޖެޔާ ކުޜިީ ސަރުކާރުގެެ ވެރިންނާ ދައުވާ ކުރެވެންވާނެ... އަދި ހިތުހުރި ވަރެއްނޫންދޭނީ އޯޑިޓްކޮށްފަ ދޭންޖެހޭ ވަރެއްދޭނީ!

    4
    1
  7. މަނީމަނީ

    ވިލާޔަށް ކާޑެއްދޫ އެއަރޕޯޓް ދިނުމުން އެއާރޕޯޓް އިތުރައް ހަލާކުވީ

  8. ދަންބެރު

    ސޯލިހުވެސް ދައުލަތުން ތިޔަފައިސާ ވިލާއަށް ދީފިނަމަ ހިޔާނާތުގެ ކުށެއްގެ ގޮތުގައި މަށްސަލަބަލަންޖެހޭނެ ސަލާމަތެއްނޯންނާނެ މިކަން ބަލާނެ

    6
    1