ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ދުއްވާ އުޅަނދުތައް އެތަނުން ނަގައި އެ އުޅަނދުތައް ބިއްލޫރިޖެހިގެ ގޭގައި ޕާކް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި މަހުގެ ހަވަނަ ދުވަހު މަޖިދީމަގާއި ނީލޯފަރުހިނގުން ގުޅޭ ސަރަހައްދުގައި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލާފައިވާއިރު، އެ ގޯޅިގައި ސައިކަލު ޕާކު ނުކުރެވޭ ގޮތް ހަދައިދިނުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން އެމްއެންޑީއެފުން އެދިވަޑައިގެންނެވިކަން މާލެ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީން ވަނީ ހާމަވެގެން ގޮސްފައެވެ.
މިނިސްޓަރ މުހައްމަދު އަސްލަމަށް އެޑްރެސްކޮށް އޭރު ފޮނުވި ސިޓީއެއްގައި ވަނީ ނަޝީދުގެ ގެކޮޅު ކެނެރީގެ ހުންނަ މަގަކީ ހަނި ގޯޅިއަކަށް ވެފައި އަދި އެ ގޯޅީގެ އެއް ފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ޑިފެންސް މިނިސްޓްރީން އިދާރާއަށް އަންގާފައިވާކަމަށެވެ. އެހެންވެ ސައިކަލް ޕާކު ނުކުރެވޭ މަގަކަށް ހަދައި ދިނުމަށްވެސް އެދިލައްވާފައިވާ ކަމަށް އެ ސިޓީގައިވެެއެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މިދިޔަ އަހަރު ސިޓީ ކައުންސިލާއި މިނިސްޓްރީއާ ބޭއްވި ބައްދަލުވުމެއްގައި އެ މަގު ހުސްކުރަން މަޝްވަރާކޮށް އެ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް އަމަލު ކުރަން ނިންމާފައި އޮތީ ވެސް ބިއްލޫރިޖެހިގެ ފުރަގަހުުގައި އޮތް ޖާގައިގައި އޮތް ހުސް ޖާގައިގައި ޕާކިން ޒޯނެއް ގާއިމް ކޮށްގެން ކަމަށެވެ. އޭރުން ފެށިގެން އެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތް އަލުން ބާރަށް ފަށައިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސިޓީ ކައުންސިލްގެ ސިޓީ އައުމުގެ ކުރިން ވެސް މި މަސައްކަތް ނިންމައި އެ ކަން ކުރުމުގެ ހުއްދަ ދެވިފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
"ވަގުތު"އަ ވާހަކަ ދައްކަވަމުން މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ބިއްލޫރިޖެހި ގޭގައި އޮންނަ ހުސްޖާގާގައި ޕާކްކޮށްފައި ހުރި އުޅަނދުތައް އެތަނުން ނަގަން ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ކަމަށެވެ. އެ ހުއްދައާއި އެކު އެތަނުގައި ހުރި ކާރުތައް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދަން ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް އަންގާފައެވެ.
" ބައިވަރު ކާރުވެސް އެބަހުރި. ސަރުކާރުގެ ކާރުތައްވެސް އަމިއްލަ ކާރުތައްވެސް ގިނަ" ޝިފާ ވިދާޅުވިއެވެ.
500 އެއްހާ ސައިކަލް ޕާކްކުރެވޭނެ ޖާގައޮންނަ އެ ހުސްބިމުގައި ޕާކިން ސްލޮޓްތައް ކުރެހުމުގެ ކުރިން ގާ އެޅުމުގެ މަސަައްކަތް ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. ދެ ދުވަހެއްގެ ތެރޭގައި ގާ އަޅައި ނިމުމުން ޕާކިން ސޮލްޓް ކުރަހައި ނިންމާލެވޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ޝިފާ ވިދާޅުވީ ކާރުތައް އެތަނުން ހުސްވާއިރު ނީލޯފަރުގޯޅިގައި ހުރި ސައިކަލްތަކާއި އެ ސަރަހައްދުގެ މަޖީދީ މަގުގައި ހުރި ސައިކަލްތައްވެސް ބިއްލޫރިޖެހި ގެއަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ހައުސިންގައި އެދެމުން އައި ކަމެއް ކަމަށެވެ. އެކަމަކު ހުއްދަ ދޫކުރެވެން އޮތްވާ މިނިސްޓަރު އަސްލަމް އެކަން ނުކުރެއްވީ ކީއްވެގެން ކަމެއް ހަމަ އެނގިވަޑައިނުގަންނަވާ ކަމަށް ޝިފާ ވިދާޅުވިއެވެ.
ނަޝީދު އަވަހަރާކޮށްލަންވެގެން ހަމަލާދިނީ ނީލޯފަރު ހިނގުމުގައި ކުރިމައްޗަށް ހުރި އަތަމާޕެލަސް ތެރޭގައި ހުރެ ރިމޯޓެއް ބޭނުންކޮށްގެން އައިއީޑީ ގޮއްވާލައިގެންނެވެ. ހަމާލައިން އެމަނިކުފާނު ސަލާމަތްވެވަޑައިގަތުމަށް ފަހު މިހާރު އަންނަނީ ހާލު ރަނގަޅުވަމުންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަށް ތިން މީހަކު ވަނީ ގެންގޮސްފައެވެ.
ގުރާދޫ ނޫނީ ފަލުރަޝެއް ހަމަޖައްސަނފެނޭ....
އައްނި އެކަނި ދޯ އުލެންވީ؟
ޝިފާ ކިހާވަރެއް ދީގެން އެއްފަރާތުގެ ވާހަކަ ގެނެސްދީފަ ތިއޮތީ
ޖަލަށް ބަދަލު ކޮށްބަލަ ގައިމު ސެކިއުރިޓީ ބަލަހައަޓަންވެސް ފަސޭހަވާނެދޯ؟ތީ ހަމަޖަލުގަ އޮންނަން ޖެހޭމީހެއްނު؟ މިގައުމަށްޖެހިފަ އޮތް ބޮޑު ބލ އެއް
ގާމާދޫ ރަނގަޅުވާނެ އެމީހާ ބަހައްޓަން
އެނާ މާލޭގަ ދަތުރުކުރާ ހުރިހާ މަގެއްގަ ޕާކު ކޮއްފަ ހުރި ވެހިކަލައް ދަންދެން ނަގަންވީނުން.
ތީ ދެން ފެންނާނެ ކަމެއް ނެތޭ.. ގެނެސްގެން ވާ އެއްވެސް ފައިދާއެއް ނެތް އެއްވެސް ދިވެހި ރައްޔިތަކަށް..
ކޮންމެސް ފަރަންޖީ ގައުމަކަށް ފޮނުވާލާފަ ބަހައްޓާ..
މިފެށުނި އަނެެއްނޮހޮރުއްޕާން ދެން ކަމަ ކާ މިއޮތީ ލައްވާލާފަ
ޙާދަހެއްވައޭ. ގުންޑާގެ ކޮށި ކަތިވަޅި މަރިޔަނބު ގެއްލި ލަިއލާ ގެއްލި ގައުމަށްވެސް ބަލާވެރިކަމަކަށްވީ. ޜައްޔިތުމިޙާ ގެ ޙައްޤު ގަ އުޅޭ މީހުންއުޅޭތަ މިހެން ގައުމުތަކުގައިވެރިންގެ ގޮތުގައި.
13އަހަރުގެ ޖަ ލު ގޮޅިޔަށްލާބަލަ. ޢަދ މުއްދަތެއް ހަމަ ނުޥޭ
ނީލޯފަރުމަގާ ނުބެހޭތި އެއީ ނުރަށްކާތެރި މަގެއް ކަލޭމެން އެމަގާބެހެންޏާ ފުލުހުންނާ ހަވާލު ކުރާނެ ސީޕީ ބުންޏެއްނު ކޮމެންޓުކުރާމީހުން އަތުލައިގަންނާނަމޭ.
އެ ހިސާބުގެ ގެތައްވެސް ހުސްކުރަންވީ ނޫންތޯ! ތި ނޫނީ ވެރިކަން ކުރި ވެރިއެއް ނެތް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހޭނެ. އެންމެ މީހެއްގެ ފުރާނަ އެއްނޫން އަގުބޮޑީ. ހުރިހާ އިންސާނުންގެ ފުރާނައަކީ އަގުބޮޑު އެއްޗެއް.
ސަރުކާރުން ބޭނުން ވާ ކަ މެއް ވަގުތުން ވަގުތަށް ވާތަން މިފެންނަނީ. ރައްޔަތުންނައް ކަމެއް ކޮއްދޭންް ވީމާ ބަހަނާ. ކޮބާ އިންޓަނެޓް. ކޮބާ މިނިމަމް ވޭޖްްު.
އަންނި އަކީ މާތްމީހެއް އެންމެންވެސް އެކަން ގަބޫލު ކުރަންޖެހޭނެ
ތިކަންގޯހެއްނޫން އެހެންނަމަވެސް މިހާރުޝިފާއަކީ ތިކަހަލަކަމެއްނިންމޭނެމީހެއްނޫން މިއޮށްހުރިހާދުވަހު އެކަންނުކޮށްފަ ދެންމިހާރު މެޑެލްޖައްސަވަންނުހައްދަވާ
މާޒީން އަބުރަތް ހާސިލުކުރަންވީ ތިކަހަލަ ކިތަށް އެޕިސޯޱް ފެނިފަގޮސްސި މިފަހަރު މިއައީ ބުއްޅަ އެޕި ސޯޱް
ތިމަގު ގަ ޕާކު ކު ރާ މީހުންގެ ހައްގު ކޮބާ؟؟
މީގެފަހުން ތިމަގަށް ކިޔަގަ ބޮންގޮވިމަގު އޭގެ ފަހުން އެއްވެސް ވެހިކަލެއްދުއްވުމާއި ޕާކުކުރުން މަނާވާނެ.