މާދަމާއަކީ ޝައްވާލް މަހުގެ އެއްވަނަ ދުވަސް ކަމަށް ނުބެލެވޭ ކަމަށާއި މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ކުރީގެ ރައީސް އަދި، ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މިއަދު މާލެެއަށް އިރު އޮއްސޭނީ ހަނދު އޮއްސޭތާ 14 މިނެޓު ފަހުން ކަމަށާއި، އޭގެ މާނައަކި މިރޭ ޝައްވާލް މަހުގެ ހަނދު ނުފެެންނާނެ ކަމަށްް މައުމޫން ވިދާޅުވިއެވެ.
The moon sets 14 minutes before sunset in Male today. Therefore, the crescent moon cannot be sighted here tonight.
— Maumoon Abdul Gayoom (@maumoonagayoom) May 11, 2021
އަންނަ ބުރާސްފަތި ދުވަހަކީ ފިތުރު އީދު ދުވަހަށް ވާއިރު މި އީދަކީވެެސް ކޮވިޑް-19 ފެތުރިފައި އޮތުމުގެ ސަބަބުން އެހެން އަހަރުތަކާ ތަފާތުކޮށް ގޭގައި ތިބެން ޖެހޭ އީދެކެވެ. މިދިޔަ ރަމަޟާން މަސް ހުސްވި އިރުވެސް ކޮވިޑު ފެތުރެމުން ދިއުމުގެ ސަބަބުން ރާއްޖެ އޮތީ ފުރަބަންދުކޮށްފައެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންްސީ (އެޗްޕީއޭ) އިން ވެސް ވަނީ އީދު އައި ނަމަވެސް މާލޭގައި ތިބި ފަރާތްތަކުން އަތޮޅު ތެރެއަށް މަޖުބޫރު ނޫން ނަމަ ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
މިހާރު އަންނަނީ ދުވާލަކަށް ފައްސިވާ މީހުންގެ އަދަދު 1000 އަށްވުރެ ވެސް އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންނެެވެ. މި ދަނޑިވަޅުގައި އީދު ދުވަސް އައި ނަމަވެެސް ގޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ތިބުމަށް ކަމާބެހޭ އިދދާރާތަކުން އިލްތިމާސްކުރެއެވެ.
ބަލަ ނަސީޔާ ތިރީސްއަހަރައްނުފެންނަވާހަކަތަ މާމޮލުފަކީ ވެގެން ގަައުމުހަލާކޮލާފައި ހަޒާނާކައިރިއިމީނުނައްބަހާފައިލަދުކޮބައލ
30 އަހަރުން މައުމޫނު ކޭ އެއްޗަކާއި ގާތްކުދިންނަށް ބެހި އެއްޗަކަށްވުރެ، ނަޝީދު 3 އަހަރުން ކޭ އެއްޗަކާއި ގާތްކުދިންނަށް ބެހި އެއްޗެއް ހަބައި ގިނަވާނެ.
އުމުރު އޯވަރ ވިީމަާ ކޮސްގޮވަނިީ
ރައީސް މައުމޫން ކުރެއްވި ޓްވީޓާއަ ހަބަރުގަ އެ މާނަ ކޮށްފައި ވަނީ މުޅިން ދެ ގޮތަކަށް!
ވިއްސާރަވީީމަ ހަނދު ނުފެންނާނެކަން އިނގޭ.
ޓްވީޓް ދޭހަ ނުވަނީބާ؟
ކަލޭ ނުބުންޏަސް އަހަރެމެންނަށް ތިކަން އެނގޭ! ކަލޭހިތުން ކަލޭވަރަށް ކިޔެވިފަހުރި މީހެއް ކަލޭ ފިޔަވާ ނެތްދޯ،
މާފަލަކީވެގެން އުޅޭނެކަމެއްނެތް މައިތިރިވެގެން ގޭގަ މަޑުން އިނދެވޭތޯ ބަލާބަލަ، ކޮންމެކަމަކަށް ނުބޭނި،
ކަލޭ ދައްކާ ވާހަކަ އަޑުއަހާނެ މީހަކު ނޫޅޭ މިހާރަކު.
ކޮންމެސްކަމަކުނު އޭނައަށް މައުމޫނު ކިޔަނީ.. މަލާ، ހަނދާ..