އައިސް ޓިވީން ފޯރިގަދަ އެތައް ޕްރޮގްރާމްތަކެއް މިދިޔަ ރަމަޟާން މަހު ގެނެސްދީފައިވާއިރު، މި އީދު ބަންދުގައިވެސް އައިސް ޓިވީން މި ވަނީ ހާއްސަ ޝޯވތަކެއް ގެނެސްދިނުމަށް ރާވާފައެވެ.

އީދު ދުވަހުގެ ވަރަށް ވާހަކަ އީދަށް ހާއްސަކޮށްގެން މިއަދާއި މާދަމާ 13:00 އިން 16:00 އަށް ކުރިއަށްގެންދިޔުމަށްފަހު، މިރޭ 21:00 ގައި އީދު ވިތް ލިއޮލީގެ ނަމުގައި އެ ބޭންޑްގެ ހަ ލަވައެއްގެ ގެނެސްދޭ ޝޯވއެއް ގެނެސްދޭނެއެވެ.

އެއަށްފަހު މިރޭ ދިވެހި ފިލްމް މީ ލޮތްބަކީ މިރޭ 22:00ގައި ގެނެސްދޭނެއެވެ.

އަދި މާދަމާ ރޭ 22:00 ގައި ލޯބިން ޝޯވގެ އީދަށް ހާއްސަ ޝޯވއެއް އައިސް ޓިވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އީދަށް ހާއްސަކޮށް ގެެނެސްދޭ ލޯބިން ޝޯވގެ އެ އެޕިސޯޑްގައި، އަޒޭ، ޖުމާހް، ޔުނާން، ޝިބާން އަދި ދޮން އައްޔަ ފެނިގެން ދާނެއެވެ.

އަދި އެރޭ 12:00 ޖަހާއިރު، މީހުންގެ ވާހަކައިގެ ވަރަށް ހާއްސަ އެޕިސޯޑެއް ބަތަލާ ނިއުމާ މުހައްމަދުއާއެކު ގެނެސްދޭނެއެވެ.

އަދި މި ރަމަޟާން މަހު އައިސް ޓީވީން ގެނެސް ދިން އެޑަލްޓް ޕަޕެޓް ޝޯޥ ބިހައިންޑް ދަ ފުރަގަސްގެ ހުރިހާ އެޕިސޯޑެއް އެއްކޮށް ބަލާލުމުގެ ފުރުސަތު މާދަމާ ރޭ 23:30 ގައި ލިބޭނެއެވެ.

އަދި މީގެ އިތުުރުން އާދީއްތަ ދުވަހުގެ ރޭ 21:30ގައި ފޮތްތަކަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަ ބިޓުވީން ދަ ލައިންސްގެ އީދު ސްޕެޝަލް ޝޯވ ގެނެސްދޭއިރު، 22:00 ގައި 90 ގެ އަހަރުތަކަށް ހާއްސަކޮށްގެން ގެނެސްދޭ 90ސް ޝޯވގައި ކުރީގެ މަޝްހޫރު ހޯސްޓް ޝިފްލާ މުސްތަފާގެ ވަރަށް ހާއްސަ އެޕިސޯޑެެއް ގެނެސް ދޭނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރާންތި

    ޕިސް ޕިސް މިތިބަ އިއްފަތްތެރި ބައެއްދޯ!!!