ރާއްޖެ އިން މިއަދު އިތުރު 1572 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ރާއްޖެއިން މިއަދު ފައްސިވި ޖުމްލަ އަދަދު 1572 އަށް އަރާފައިވާއިރު، މިއީ ކުރިން އެންޓާ ނުކުރެވި ހުރި ވޭދަނަތަކާއެކު އައި އަދަދެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިއަދުގެ ފައްސި ކަމަށް ދެއްކި މީހުންގެ ތެރެއިން 844 ވޭދަނައަކީ 11 މެއިގެ 6:00 އިން ފެށިގެން 12 މެއި 6:00 އާ ހަމައަށް ފައްސިވި މީހުންނެވެ. ބާކީތިބީ ކުރިން އެންޓާ ނުކުރެވި ހުރި އަދަދުތަކެވެ.

މިއަދު ރާއްޖެއިން ފައްސިކަމަށް ދެއްކި މީހުންގެ ތެރެއިން 1315 މީހަކު ފައްސިވެފައި ވަނީ މާލެ ސަަރަހައްދުންނެވެ. އަދިި އަތޮޅު ތެރެއިން 242 މީހަކު، ރިސޯޓްތަކުން 15 މީހަކު ފައްސިވެފައި ވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 40092 އަށް އަރާފައެވެ.

މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 12873 މީހަކަށެވެ. އޭގެ ތެރެއިން 263 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު 87 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    އަންނިއަކަށް ނުޖެހެޔެނު.. އޯކޭވާނެ