ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ވަރުގަދަކޮށް ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަލައި ފާސް ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހާއްސަ އިސްކަމެއް ދީގެން ބަލަހައްޓަން ފެށީ މިރެއިން ފެށިގެންނެވެ. އެއާޕޯޓު ބޭރުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، ސިފައިން ހަރަކާތްތެރިވަނީ ހަތިޔާރާއެކު ހަރަކާތްތެރިވަނީ އެއާޕޯޓު ތެރޭގައެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތަށް" ކިޔައި ދިން ގޮތުގައި، ވީއައިއޭގައި ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއާޕޯޓުގައި ބޮމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިގެންނެވެ.

މި މައުލޫމާތާއެކު، އެސްއޯ ފުލުހުން އެއާޕޯޓަށް އަންނަ ކޮންމެ އުޅަނދެއް ބަލައި ފާސް ކުރަމުންދާ ކަމަށްވެެއެވެ. އެގޮތުން ކާރާއި އެހެނިހެން އުޅަނދުފަހަރު، ހުއްޓުވައި ޑިކީ ފަދަ ތަންތަން ވެސް ބަލައި ފާސް ކުރަމުން އަންނަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"އެއާޕޯޓަށް އަންނަ ކޮންމެ މީހަކު ދަނީ ހުއްޓުވައި، ގެންގުޅޭ އެއްޗެހި ބަލައި ފާސް ކުރަމުން. ސައިކަލެއް ހުއްޓުވިޔަސް މަޑި ދަށް ވެސް އެބަ ބަލާ. ކާރުގެ ޑިކީ ފަދަ ތަންތަން ވެސް ޗެކް ކުރަމުން ދަނީ،" އެއާޕޯޓުގައި މިވަގުތު ހުރި ނޫސްވެރިއަކު ކިޔައި ދިނެވެ.

"އަނެއް ހެން ބުނާ ނަމަ، ވީއައިއޭގެ ސަލާމަތީ ކަންކަން އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި،"

އެނގިފައިވާ ގޮތުގައި، އެއާޕޯޓުގެ ފިއުލް ސަޕްލައިއާ ދިމާލުގައި އޮތީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއްދީ، އެމަނިކުފާނު ޒަހަމްކޮށްލާފައި ވަނިކޮށެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައިގެން މަޖީދީމަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ. އަދި އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތެވެ.

ނަޝީދަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަންވިލާތަށް ގެންގޮސްފައިވާ އިރު، ބޮމުގެ ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާގައި ހައްޔަރު ކުރި ތިން މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ.

މި ހަމަލާ އަށް ފަހު، ފުލުހުންނާއި ސިފައިން ދަނީ ހާއްސަ އިސްކަމެއް ދީގެން މާލެ ތެރެ ބަލަހައްޓަމުންނެވެ. އެކަމަކު، މިއީ ބޮމުގެ ހަމަލާ ދިން ފަހުން އެއާޕޯޓުގެ ސަލާމަތީ ކަންކަން މިހާ ވަރުގަދަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ބުރުގާ

  ހޫނ ދެން މި ދުވަސްކޮޅު މިކަހަލަ ޗަރުކޭސްތައް ވަރައް ގިނަވާނެ. ވަރައް ފޫހިވޭ، ފޫހި މީހާގަނޑު.

  59
  26
  • ރައްޔިތުން ގުނބޯ ހެއްދުން!

   އެއަރޕޯޓަށް ގޮސް ބުއްޅަބޭ ފުރުވާލާފައި ޑްރިލްއެއް ޖައްސާލީދޯ.

 2. އިސްތިއުފާ

  ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  73
  36
 3. އައްޔު

  ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް އަބަދުވެސް އޮންނަންޖެހޭނީ

  98
  2
 4. ހުސޭނުބެ

  ސުލްހަވެރި ބައިގަނޑުގެ ކުޅި މަޖާ ފެންނަން ތިއުޅެނީ

  34
  3
 5. ޗަރުކޭސް

  ޑްރާމާ ޑްރާމާ ޑްރާމާ
  ބަލަ ރައީސް މަނިކުފާނު؛ ދެން އިސްތިއުފާ ދެއްވާ!! ނުވިއެއްނު ރައްޔިތުން ހުރިހާ ބާރެއް ދިނީމަވެސް!

  47
  10
 6. ޙަސަނު

  ބޮޑަތިމުސާރަ ކާގެން ތިބޭ މީހުން ކޮބާ؟؟

  34
  4
 7. އަސްވާނު

  ޑިފެންސް މިނިސްޓަރ ކަން ބްރިގޭޑިއަރ ދެއްވާ، ކަމަށް އެންމެ ޤާބިލު ބޭފުޅުން ހަމަޖައްސަވައިގެން ހަމައަކަށް އެޅޭނެ އަދިވެސް، ނާޤާބިލުމީހުން ފަހަތުގައި ބައިތިއްބަވާ،
  މިހާރު ޑިފެންސް މިނިސްޓަރ ހުވާކުރެއްވުމާއި އެކު ހިތާމަ ފާޅުކުރައްވާ އަވައްޓެރި ޤައުމެއްގައި ވިދާޅުވެފަ އޮތީ ބޭނުމިއްޔާ ރާއްޖެ ހިފެނޭ. އެކަމަނާ އުޅުއްވަނީ ރާއްޖެ ނުހިފައިގެން. ވެރިން ސުންޕާވެއްޖެއްޔާ ހުރިހާ ގޮތަކުން ވެސްލިބޭނީ ގެއްލުން. ކުރާނެ ކަމެއްނެތް. ﷲ ސުބުޙާނަހޫ ވަތަޢާލާ ދިވެހިރާއްޖެ ސަލާމަތްކުރައްވާށި، އާމީން!!

  45
  3
 8. ވައިކިންގ

  ކިހާބޮޑު މުސީބާތެއް، އަހަރުމެންނަށް ލޮލުފިޔަޖެހެންވެސް ނެތީތަ ކަލޭމެން ބިރުދައަކާވަރުން. ހައްޔަރުކުރޭ ތިޔަ ޓެރަރިސްޓުން ހޯދާފަ.

  27
  5
 9. އަލިބޭ

  ބޮމެއް ގޮވާ އިރަށް ސިފައިން އިންޓެލް ފެއިލް ކިޔާފަ ހަޅޭލަވާނެ. އެކަމަކު އިންޓެލް މަޢުލޫމާތެއް ލިބިގެން ތަންތަން ފާސްކުރަން ފެށީމަ ކިޔާނެ ޗަރުކޭސޭ. ޑްރާމާއޭ.. ފިލުމޭ. ޝައްކުވާ ކޮންމެ އެއްޗެއްވެސް ބަލާފާސްކުރަން ޖެހޭނެ ބަންދުކޮށްފަ ހުރި ފޮއްޓެއް ވިޔަސް، މަޑި ދަަށަސް، ތިމީހުންގެ ޖީބުވިޔަސް މިކަންކަން ކުރަންޖެހޭނީ މިގޮތައް. އެއްފަހަރު ގޮއްވާފިޔާ އަދިވެސް ގޮވާފާނެ ކަމަށް ތައްޔާރަށް ތިބެން ޖެހޭ. ޗަރުކޭސް ނުކިޔާ އަނގަމަޑުން ތިބޭ، މި ޤައުމުގެ އަމަންއަމާންކަމާއި ސެކިއުރިޓީ މާ މުޙިއްމު ތިމީހުންގެ ބޭކާރު ޗަރުކޭސް ކޮމަންޓަށް ވުރެ.

  32
  11
  • ޙަފީޒާ

   very true. ehkameh ves rangalahe nuvaaneh komeh kameh kohdhinas hama kiyaanee nuvey nuvey.

   7
   2
 10. ޖަމީލް

  3

  4
  4
 11. hussain fayaz

  އަދިކިރިޔާ ރަގަލުވަނީ މިކަމަކީމާ ކުރިން ވެސް ކުރަނޖެހޭ ކަމެއް