ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 56 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ އައިޖީއެމްއެޗްގެ އީއާރަށް ގެނައި މީހެކެވެ. މި މީހާގެ މަރާއެކު، މިއަދު އެކަނި ވެސް ކޮވިޑް-19 ޖެހިގެން މިހާތަނަށް ވަނީ ތިން މީހަކު ނިޔާވެފައެވެ.
މިއާއެކު، ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 95 އަށް އަރައިފައެވެ.
މި މަހުގެ މިހާތަނަށް ކޮވިޑް-19 ޖެހިގެން 22 މީހުން ނިޔާވިއިރު އިރު، މެއި މަހަކީ އެންމެ ގިނަ ބަޔަކު ކޮވިޑް ބަލީގައި ދުނިޔެ ދޫކުރި މަހެވެ.
މިއަދު ފުރަތަމަ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ނިޔާވީ ރޭ ދަންވަރު 1:39 ގައެވެ. ދެ ވަނަ އަށް ނިޔާވީ ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އައި މީހަކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ހެނދުނު 8:45 ގައި ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އެ އަންހެން މިހާއަކީ މީގެ ފަސް ދުވަހެއް ވަރު ކުރިން ކޮވިޑަށް ފައްސިވި މީހެކެވެ.
ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން އާދަޔާ ހިލާފަށް އިތުރުވެ، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ހާހަކަށް ވުރެ މައްޗަށް އަރައިފައެވެ. އެގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް 1،467 މީހަކަށް ރާއްޖެއިން މި ބަލި ޖެހިފައިވެއެވެ. މި ބަލީގެ ފައްސިވާ ރޭޓް މައްޗަށް ޖެހެމުން އައިސް އެޗްޕީއޭސް ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ ފަސް މީހަކު އެކަކު އަންނަނީ މި ބައްޔަށް މިހާރު ފައްސިވަމުންނެވެ.
މިބަލީގައި މިވަގުތުވެސް 290 މީހަކު އެޑްމިޓްކޮށްގެ ފަރުވާދެމުން އަންނައިރު 11 މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އަދި ހަތް މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ބަލިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން މާލެ ސަރަހައްދުގައި ހަވީރު 04:00 އިން ފަތިހު 04:00 ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ބައެއް ރަށްރަށުގައިވެސް ކާފިއު ހިންގާ ބައެއް ރަށްތައް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ގޭގައި ތިބޭށޭ ފިޔަވަޅުތައް ހަ ރުކަށިކު ރާށޭ!
ކޮވިޑް ޝޯވ މަބުރޫކު އަރާ ބޭއްވީމަ ހުރިހާކަމެއް އެވީ ކޮވިޑް ކޮންޓްރޯލްވާނެ! ޢެޗް ޕީ އޭ އަށް އޮބިނޯވެ އެތާތިބި ކުދިންކޮޅު އެދަނީ އަވެދި ވަމުން!މިކަން ބަލާނެ މަސްއޫލިއްޔަތު އުފުލާނެ ބަޔަކު ނެތް! ފޭސްބުކްގައި އާއި ޓްވީޓާ ގައި ސިޔާސީ މީހަކު ޖަގިޔާ ދޮވެލުން ނޫންކަމެއް އެބަކުރޭތަ؟
ކިތައްމެ މީހުން މަރުވިޔަސް އިބޫހިތަކަށް ކަހިރުވަކެކޭވެސް ނާރާނެ. ރައްޔިތުން ދެކެ ލޯބިން ރައްޔަތުންނަށް ޔާމީނާނަށްވުރެ ރަގަޅުގޮތްހޯދައިދޭނެ އެއްވެސް ބޭނުމެއްނެތް ހަމަހުއްޓާ ލިބުނު ވެރިކަމެއް ދެންކޮންލޯތްބެއް ރައްޔިތުންދެކެވާނީ މަހަމަ ތަލިން ކުޅުހިކިއްޖެ.