22:15

އިތުރު 1433 މީހުން ކޮވިޑަށް ފައްސިވެއްޖެ.

19:21

ކޮވިޑަށް ފައްސިވި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ.

18:43

ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ

16:23

ލ. އަަތޮޅު މޭމެންދޫގައި ޑޮކްޓަރަށް ދައްކަން ދިޔަ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވުމުން، އޮޕަރޭޝަން ކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުން އެ ބައްޔަށް ފައްސިވެއްޖެ

12:49

މާލޭގައި ކޮންޓެެކްޓް ޓްރޭސިން ހެދުމަށްް ނުކުޅަދާނަވާވަރަށް ބަލި މީހުން ގިނަވެއްޖެ!

09:23

ވެކްސިން ނެތިގެން، 92،000 މީހުން ދެވަނަ ޑޯޒް ނުޖެހިފައި.

07:32

00:45

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ.

ކޮވިޑް-19 އާއި އެކު ދިވެހިން އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކުރިއިރު ވެސް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަރަށް މަދެވެ. ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި މަހު ވެސް ނިޔާވީ 12 މީހުންނެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެއެވެ. މެއި މަހުގެ 16 ދުވަސް ފާއިތުވިއިރު ކޮވިޑް ޖެހިގެން 24 މީހުން ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން ގިނަ ބަޔަކު މިހާރު ނިޔާވަމުން އަންނަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް ވޭރިއަންޓްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތް އިތުރު ކުރަން ޖެހެއެވެ. ތަފާސް ހިސާބަށް ބަލާއިރު ކޮވިޑް ޖެހިގެން 262 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭގެތެރެއިން %75 މީހުންނަކީ ވެކްސިން ފުރިހަމަ ނުކުރާ މީހުންނެވެ.

އެހެންކަމުން ވެކްސިން ޖެހުމަށް ސަމާލުކަން ދޭން އެބަޖެހެއެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ލިބިފައިވާ ފަރާތްތަކުން ދެޑޯޒް ފުރިހަމަ ކުރަން ޖެހެއެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަފަރު ކައްދަގެ ތިއްތިބެ

  ﷲ ގަންދީ ބުނަން ތިޔަގޮވަނީ އަވަގުރާނަ. ހީވަނީ 2ވަނަ ޑޯޒް ރައްޔިތުން ނުޖަހަނީހެން މި މީހުން އާދޭސް ކުރާއިރުވެސް. ބަލަގަ ކޮވިޝިލްޑު 2 ވަނަ ޑޯޒު ޖަހަން ޖެހެންޖެހޭ ދަމެއް ބުނެބަލަ ކަލޭމެން!

 2. ހަސަނު ދަދދަ

  ގައުމު ހުސްވާއިރުވެސް ކުރާނެ ނުކުރާނެކަމެއްނޭނގިފާ ތިތިބެނީ ދެންވެއްޖެ އެއްނު އިސްތިއުފާ ދީފަ ފައިބާން ގަމުމު މިއޮށްގެން ހުސްވަނީ

  4
  1
 3. ސިރާޖުބެ

  މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް ގައުމު ހިންގަން ނޭގުނީއާ ފައިބަންވީނު ގައުމު ސުންނާފަތި ނުވަނީސް މިހާރުވެސް މިއޮށްގެން މީހުންތައް މަރުވަމުންގަސް ހުސްވަނީ އެއްޗެއް މޮޑެން ނޭގުނީއާ އެހެން ބަޔަކާ ހަވާލުކޮށްފައި ފައިބާންވެއްޖެއެއްނު.

  4
  1