އާ ކައުންސިލްތަކުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ގައުމީ ތަރައްގީ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހް މިހެން ވިދާޅުވީ، މިރޭ ގައުމާއި މުހާތަބު ކުރައްވަމުންނެވެ.

މިއަދަކީ، ހަގީގީލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަހެވެ. އަދި ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަހެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މި ބަދަލުތަކާއެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި، މިއަދު މިވަނީ މުޅިން އައު ސަފްހާއެއް ލިޔަން ފަށާފައިކަމަށެވެ. އަދި މި ޞަފްޙާގެ ދެލިގަނޑު ފޭދުނަ ނުދީ، ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަކީ، މިއަދު މަޤާމާ ޙަވާލުވެވަޑައިގެންނެވި ކައުންސިލަރުންގެ އެންމެ މަތީ ޒިންމާ ކަމުގައި ހެއްދެވުމަށް އިލްތިމާސްކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުވުމުން، ގައުމީ ތަރައްގީ ދުވެލި އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

"މިއަދު މި ފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ. އޭގެ ސަބަބުން، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި، އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް، ޤައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިހާރަށްވުރެ ބޮޑުވެގެންދާނެ".ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ބަދަލުތައް ގެނައުމުގެ ކުރިން، ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ޤާނޫނު އިޞްލާޙުކޮށް، ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެނައީ، ރައްޔިތުންގެ ވިންދު ހުރީ،އެ ބަދަލުތަކާއިގެން ކުރިއަށް ދިޔުމަށް ކަމަށްވާތީ ކަމާށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު އެހުރީ ކައުންސިލްތަކާ ޙަވާލުކުރެވިފައެވެ. އެގޮތުން ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ޤާނޫނީ ބާރު ދީ، ރަށްރަށުގެ އިޚްތިޞާޞް މިހާރު ކަނޑައަޅައިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކައުންސިލް އިދާރާތައް ހިންގެވުމާ އާ ކައުންސިލަރުން ހަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން ކަމަށެވެ.

"ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ޤައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ޙަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްޤީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު"/ ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޖާބެ

  ކަލޯ ގައުމު އިނދަޖެހިއްޖެ ، ކީއްތިކުރަނީ

  33
  1
 2. ސާފް

  މާނަޔަކީ ގުޅިފަޅުގެ ޕްލޭން ބަދަލު ނުކުރާނަމޭ!

  21
  1
 3. Anonymous

  މަރުހަބާ ރަައީސް ގައުމަށް ކުރިއެރުން ލިބޭ ކޮންމެ ކަމެއްގެ ފަހަތުގައި މަނިކުފާނާއި އެކު އަަޅުގަނޑުމެން ތިބޭނަން

  5
  31
 4. އަލްޖިބްރާ

  މިފަހަރު ހޮވިފައިވާ ގިނަ ކައުންސިލް ތަކަކީ އެތަންތަނުގެ ސަބަބުން ޤައުމަށް މާބޮޑު ފައިދާއެއް ކުރާނެ ކައުންސިލް ތަކެއް ނޫން ! ގިނަ ކައުންސިލްތަކުން މިސަރުކާރަށް ޖެއްސުން ކުރުން ނޫންކަމެއް ނުކުރާނެ ! އެމީހުންގެ ބޭނުމަކަށް ވާނީ މިސަރުކާރާއި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ! އެއީ އެމީހުން ބޭނުވަނީ ޔާމީނު ޖަލުން ނެރެން ! އެމީހުން ޤަބޫލު ކުރާގޮތުގައ އެކަން ކުރެވެން އަންނަނީ ސަރުކާރާއި ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދާ ދޭތެރެ ޖައްސައިގެން ކަމަށް ވާތީ !

  2
  28
 5. އަލީ3

  ތިޔަ ޕްލޭން ފެންނާނެ ތަނެއް ބުނެލަދީބަލަ

  24
 6. ޙަލީލްބޭ

  ތިޔަދައްކާވާހަކައެއް ރަތްޔެތުންގަބޫލެއްނުކުރާނެ މުޅިންވެސް ދޮގުފުޅުހައްދަވަނީ ވެރިކަމައްއަންނަންވެގެންވީވައުދު ރާއްޖޭގެ ހުރިހާރަށެއްގެ މިސްކިތްތައް އޭސީ ކޮއްދޭނަން ޓާސަރީ ހޮސްޕިޓަލް އަޅައިދޭނަން މީގެ އެއްވެސްކަމެއްމިހާރު ހަނދުމަފުޅެއްނެތް ގޫގުލް އިމޭޖުންނެގި ހޮސްޕިޓަލް ފޮޓޯތައް ކައުންސިލަރުންނައްދެއްކުމަށް މާލެ ގެނަސް މޮޔަހައްދާފައި ކައުންސިލަރުންފޮނުވާލި

  10
 7. ޢަދުރޭ

  ޕްލޭން ބޮޑުކަމުން ދެއަހަރާބައިވިއިރުވެސް އެއްވެސްކަމެއްނުފެށި ޕްލޭންކޮއްލަކޮއްލާ ފިނިހަކަ ސްޕީޑްގަ

  15
 8. ސޭޓު

  ކޮންތާކު އޮތް ތަރެއްގީ ގެ ޕްލޭނެއްގެ ވާހަކަ؟؟؟؟؟؟ ރައްޔިތުމީހާ ވަނީ ބިކާރީ. ސިޔާސީވެރިން ގެ ޖީބު ތަރައްޤީވަނީ. ހުސް ޗޯރުން.

  16
 9. މަރީ

  ކޮން އަނގައެއްތަޅާކަށް ފުލް ލޮކްޑައުންއަކަށް ގޮސް ރައްޔަތުން ސަލާމަތް ކުރެވޭތޯބަލަންވީ ފުރަތަމަ.

  12
 10. ޙަސަނު

  މަނިކުފާނުގެ އޮތީ ގައުމު ދަވާލުމާއި'މިގައުމުގައި ލާދީނިއްޔަތު ފެތު ރުމުގެ ޕްލޭނެއް އެ ޕްލޭނަށް އިސްކަމެއް މިގައުމުގަ ނުދެވޭނެ.

  18
  1
 11. ނަޢީމު

  މިދެން ކީއްކުރާ މީހެއްބާއެވެ؟ މުސާރަދީފައިހުރި ބޮލެއް

 12. Anonymous

  ރައީސް އެއްގޮތަކަށްވެސް ނިމިދިޔަ ސަރުކާރުން ގެންނެވި ގޮތަށް ތަރައްގީ ނުގެންނަވާތި ކުރިހުރިހާތަރައްގީއެއްގެ ލޯނުދެއްކުންޖެހިގެން އަންނަ ސަރުކާރެއްގެ ބޮލުގައި އަޅުވާފަ ކަޑުތަކާ ފަޅުތަކާ ގިރިތަކާ ނުވަދިހަ ނުވަ އަހަރަށް ވިއްކާލައިފަ ފައިސާކޮޅު ހުރިހާކުދިންކޮޅު ބަހާ ލައިގެން ހަރާމެއް ހަލައިލެއް ނުބަލާ ކާލިއުސޫލުން