ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގެ ތަހުގީގަށް ޔޫއޭއީންވެސް އެހީވާން ނިންމާފައިވާކަމަށާއި، އެގޮތުން އެ ހަމަލާއަށް ފަންޑް ކުރި ބަޔަކު ހޯދަން އެ ގައުމުން އެހީވާނެ ކަން ހާމަކުރައްވައިފިއެވެ.

އެގޮތަށް ހާމަކުރައްވާފައި ވަނީ ރައީސް ނަޝީދެވެ. މިގޮތަށް އެމަނިކުފާނު ހާމަކުރައްވާފައި ވަނީ މިއަދު ކުރި ޓްވީޓެއްގައެވެ.

އެ މައްސަލައިގެ ތަހުގީގަށް މިހާރު އޮސްޓްރޭލިއާ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ.

އެ މައްސަލައިގެ ތަހުގީގަށް ޔޫއޭއީން އެހީވާން ނިންމާފައިވާކަން ހާމަކުރައްވާ ރައީސް ނަޝީދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ޔޫއޭއީގެ ފެޑެރަލް ނޭޝަނަލް ކައުންސިލުގެ ރައީސް ސަގްރް ގޮބާޝް އެމަނިކުފާނަށް ގުޅުއްވާ ހާލުކޮޅު ބެއްލެވި ކަމަށާއި، އެކަމަށް އޭނާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ހާލުކޮޅުގެ އެންމެ ފަހުގެ މައުލޫމާތު ސާފްކުރެއްވި، އަދި ބޮމުގެ ހަމަލާގެ މައްސަލައިގެ ތަހުގީގަށް އެ ގައުމުން ޝައުގުވެރިވާކަން ހާމަކުރެއްވި".

އެގޮތުން މި ހަމަލާގެ އަޑީގައި ތިބި ބަޔަކާއި ފަންޑް ކުރި ބައެއް ހޯދުމަށް ޔޫއޭއީން އެހީވާނެ ކަން ހާމަކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެެވެ. އެއީ އެއީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖިދީ މަގަށް ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެތަނުގައި ހުރި ސައިކަލެއް ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ތިން މީހުނެވެ. އެއީ އަމަލީ ގޮތުން މި ހަމަލާގައި ބައިވެރިވި މީހުނެވެ. އެ ތިން މީހުނަކީ ވެސް ހަރުކަށި ފިކުރުގެ ބަޔެއްގެ ކަމަށް ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ކޯޗް

  ސާބަހޭ ކޯޗް ޒިދާން...

  21
  3
 2. Anonymous

  ޔަހޫދީން މުސްލިމުން މަރަމުން އަންނައިރު ޔޫއޭއީން ހަމަ މިއަށްވުރެ މުހިންމުކަމެއް ނެތީތަ؟

  63
  4
  • Anonymous

   ޔޫއޭއީ ވަނީ ޔަހޫދީންނާ އެ ކު އެހެން ނޫން ނަމަ މިފަދަ ނުބައި އަމަލްތައް ބަޔަ ކު ހިންގާނަަމަ އަނިޔާ ލިބޭ ބަޔަ ކާ އެއްބައި ވުމުގެ ގޮތުން ބުރުޖް ޚަލީފާ

   27
   1
 3. ދެބޯ

  ޔޫއޭއީ އިން ދެން މީނާ ތަޅުވާ އަނގަ ބަލަނީ ކޮންއިރަކުން
  ރޯނު އެދުރުބެ

  38
  3
 4. ސަފަރު ކައްދަގެ ތިއްތިބެ

  އަފުރާޝީމް އާއި، ރިލްވާނުގެ މަރަށްވެސް އިންސާފު ހޯދުމަށާއި، އެ، އިންވެސްޓިގޭޝަން ވެސް މިހާފުރިހަމަވީނަމަ، ކިހާ އިންސާފުވެރިވީސް! ރައީސް ނަޝީދު ކުރައްވަން ބޭނުންފުޅު ވާނަމަ ކުރެއްވިދާނެކަމުގެ ހެކި މިކަމުންވެސް ފެނޭ! ބުނާނެ އެއްޗެއް ވަކިނެތް! ހައްތާވެސް ހިތަށް އަރާހާ އެއްޗެހި މިއީ!

  57
  3
  • އަފްރާހް

   އަފްރާޝީމް ކަންތައް ވެސް މީނަ އައް އިނގެ އޭ ގައިމު ކީ އުސްފަސްގަނޑައް މީހުން އެއްކޮގެން ހުރެ އ

   9
   1
 5. ނަައީމް

  ރައީސްޔާމީން ގެ އަބިކަބަލުން ނައްދިން ހަމަލާ ކުއްވެރިއެއްނުވި އެކަމައް ޖޯކުޖަހާ އައްނި އާއި އައްނިގެ ބައިވެރިންކުރީ މަލާމާތް އެކަމަނާ ސުކުރުކޮއްލައިގެން ހުޜި މިފަހަރު މިހަމުގެ ވޭނާއި ކެކުޅުން މެދުވެރި މިވީ ސީދާ މީނަޔައް އަދިކިރިޔާމި އެގުނީ މީވާ ވޭން ހުރިކަމެއްކަން މީ ކަންކަމުގަ އަޑީ ތިބިމީ ހުން ހޯދޭނީވެސް މި ކަލޭގެއައް މި މީހުނަވިއްޔާ މިކަން މިކުރަނީ އަދި ފައިސާދީގެން މީހުންލައްވާ ކުރުވީވެސް

  39
  4
 6. ކޮވިޑް

  އެންޖަރީ ތަކުގެ ފޮޓޯ ނެގި އިރު މޫނު ނުނެގުނީ ކީއްވެތޯ؟ މުޅިން ވެސް ޝައްކު އުފެއްދުމުގަ

  26
  7
 7. ލލ

  ޔޫއޭއީގެ ނަމުގައި އިސްރާއީލުން ނުންތޯ ފައިސާ ދެނީ !

  29
  3
 8. އައްޑޫ މީހާ

  ހަމަ ސީދާ ކަނޑައެޅިގެން ދޮގެއް

  24
  5
 9. އިބްރާ

  ނަޝީދު ކައިރީ އަހާލަބަލަ ކާ ކުތޯ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލަން ފަންޑް ކުރީ؟ އޭނައަށް އެނގޭނެ. މީހަ ކު މަރާފަ އެއްވެސްމީހަ ކަށް ސަލާމަތުން ނޫޅެވޭނެ.

  36
  3
 10. ކެމެރޫން

  ފެނުކައްކާފައި އިރަށް ދޮންކުރިޔަސް މިލާދީނީ ނަޝީދު ރަގަޅެއްނުވާނެ ހުރިހާ ޖަރީމާގެ ފަހަތުގައި މީނާއާއި މީނާގެ ބައިގަޑުވާނެ މިކަން ހަމަ ރަޑޭ ރަޑޭ ކިޔަނީ

  42
  6
 11. ރިފާއު

  ނުވާނެ ތިކަމެއް

  1
  2
 12. ފަގީރުކޮއި

  ފަންޑު ނަޝީދު ގެ އައުވާނުން، އަގަކީ 3 މިލިޔަން ޑޮލަރު، މިކަލޭގެ އަށް އޮތް ސޕޯރޓު ގެއްލޭތީ ޖެއްސި ގޭމެއް، އެކަން އެންމެ ރަނގަޅަށް އިނގޭނީ އިލްޔާސް ލަބީބަށް.

  9
  3
 13. އަލީ

  ނިމިގެން މިދިޔަ ބަރަކާތްތެރި ރަމަޟާންމަހުގެ ފަހުދިހައިގައި ބަނގުރާގެ ބާވަތްތައް އިޝްތިހާރުކުރުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ފެސްޓިވަލްތައް ބޭއްވި ހަމައެކަނި ޤައުމަކީ ޔޫއޭއީ. ޔޫއޭއީ އަކީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ހިންގޭ ހުރިހާ ޖަރީމާތަކެއްގައި ބައިވެރިވާ ގައުމެއް.

 14. ދާދު

  މިހުރީ އަދުން އުނގުޅައިގެން އައިސް ފޮޓޯ އަކަށް ހުއްޓިގެން😠

  5
  3
 15. ރައްޔިތުމީހާ

  ރައީސް ނަޝީދަށް ދިން ހަމަލާގެ އަޑީގައި ތިބީ ކޮން ބައެއްކަން އަދި ހޯދިފައި ނުވާއިރު އެމަނިކުފާނުގެ އާއިލާއިން ތުހުމަތުގެ އިނގިލި އަމާޒު ކުރަނީ ރައީސް ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށެވެ.

 16. ހ މ ޒ

  އަބަދުވެސް ފަލަސްތީނާއެކު!

 17. ހަސަނާ

  ޔޫއޭއީންނެއްނޫން ތިއީ އިޒްރާއިލް އަނެއްކާ އަނެއް ބަލާވެރިކަން.

 18. ކުޑަކާށި

  ޔޫއޭއީން ، އެތިބީ ގުދުސްްއަކީ އިސްރާއީލްގެ ވެރިރަށްކަމަށް މިދިއައަހަރު ޑްރަންޕާ އެކު އެއްބަސްވެ ސޮއިކޮށްގެން .. ފަލަސްތީނު ރައްޔިތުން މުހިއްމެއްނުވާނެ މުހިއްމުވާނީ ޔަހޫދީން ... ޑރ، އަފްރާސީމް މަރާލިއިރު އަވަށްޓެރި ޤައުމުތަކުގެ އިންޓެލިޖެންސުން މީނާއަށް މަޢުލޫމާތު ދީފަ މިފަހަރު ސީދާ މީނައާގުޅުންހުރި ކަމެއްގަ މައުލޫމާތު ނުދީހުންނާނެތޯ ؟؟؟؟؟؟؟؟؟

 19. Anonymous

  ފަންޑެއް ބޭނުންބޭތަ