މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔެ އެކަތިގަނޑަކަށް ވެގެން މަސައްކަތްކޮށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ، މި ގަރުނު ތެރޭގައި ރާއްޖެ ނެތިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޝައުނާ ވިދާޅުވީ، މިހާރު ތިމާވެއްޓަށް އަސަރުކުރާ ގޮތަށް ކުރަމުންދާ ނަމަ 2100 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން "އަހަރުމެން ސަލާމަތެއް ނުވާނެ" ޝައުނާ ވިދާޅުވިއެވެ.

"އަހަރުމެންގެ އާމްދަނީއާ ކާބޯތަކެތި އަދި ދިރިހުރުމާއި، ގައުމުގެ އިތުރުން ރައްޔިތުންގެ މުސްތަގުބަލު ބިނާވަނީ މިއަދު އެކަމުގައި އަޅާ ފިޔަވަޅުން" ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށް ހުންނެވުމަށް ފަހު ދާދި ފަހުން އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝައުނާ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތައް ކުރެވުމުންދާ ކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާކަމަށް ވިދާޅުވިއެވެ.

ރާއްޖެ ނެތިގެންދާނެ ކަމުގެ ބިރު އޮތަސް ޝައުނާގެ ވިސްނެވުމަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައި ރާއްޖެއިން މިސާލު ދެއްކެވުމެވެ. އެކަން ކުރުމަށްޓަކައި ސަރުކާރުގެ ފެންވަރުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވަނީ ބައިނަލްއަގްވީމާ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމުން އަންދާޒާކުރާ ގޮތުން 2050 އާ ހަމަޔަށް، މޫސުމީ ބަދަލުތަކުގެ އަސަރު ދުނިޔޭގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ކުރާނެއެވެ.

މޫސުމީ ބަދަލުތަކައި ދެކޮޅަށް މި ސަރުކާރުން ދަނީ ބައިނަލްއަގްވާމީ އެކި ފޯރަމްތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށްކުރަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

 1. Anonymous

  ކަލޭމެން ނޭނގުމެއްގެ ތެރޭ ތިއްބާ ގައުމު މިހާރުވެސް މިއޮތީ އަޑިއަށް ގޮއްސަ، މޮޅު ވާހަ ކަ ދެއް ކޭތޯ ބަލާތި.

  122
  1
  • ތެދު

   ﷲގެދީނައް ފުރައްސާރަކޮއްކޮއްތިއްބާ ނެތިގޮއްސާނެތީ ބިރުނުގަނޭދޯ (ހުތުބާއަށް ހޮޓްބާކިޔޭތޯއަދިވެސްބަލާ) މިވަރުމީހުން މިނިސްޓަރުކަމަށް...ވައިޔާޒްބިﷲ

   51
  • ޗައުނާ

   މި ކޮންރާކު ބީތާއެއްތަ... ރާއްޖެ ގެއްލިދާނެތީތަ އަދިވެސް މި ތެޅެނީ

   34
  • ޞާރި

   ފައް ކާ ރޯނު އެދުރެއް އެންވާރްމެންޓް މިނިސްޓަރ އަ ކަށް

   19
   1
 2. .....

  ދެން އޭރަށް އެހެން ގައުމަކަށްދާނީ...ތިކަމާ ދެރަވާނީ މިގައުމު ވިއްކައިގެން މުއްސަނދުވާ މީހުން ދޯ...އަހަރެމެން މިތާވެސް އެތާވެސް އުޅެން ޖެހޭނީ އަހަރެމެންގެ ހަލާލު މަސައްކަތުން ....އަހަރެންނަށް އޯކޭ މާސް އިން ނަމަވެސް ބިންކޮޅެއް އުޅެން ލިބެނިކޮށް...ކޮންމެހެން ރާއްޖެވެގެން ވީ ފައިދާ އެއް ނެތް...ލިބުނީ އަނިޔާ އާއި އަޅުވެތިކަމާއި ހިތަދަތިކަން...

  89
  2
 3. ކަނޑި އިބްރާހީމް

  އަނެއްކާވެސް މޮޔައެއްގެ އަތަށް ކަނޑިއެއްދީފި

  126
 4. ިރެފްރީ

  އަސްތާ ރާއްޖެގެއްގެއްލުނަދީގެންނުވާނެ!
  ތުއްތު ކުދިންއެބަތިބި

  66
 5. ައަބޫ

  މިއަދު ކޮވިޑް މަރުތަކައްބަލާފިނަމަ 2 ދެގަޑި އިންމީހަކު މަރުވަމުންދަނީ 6 ގަޑިއިރުތެރޭ ފެއިލްވެފަ އޮއްސަރުކާރުގެ ރައީސްވަގުތުން ވަގުތައް އިސްތިއުފާ ދިނުމައްގޮވާލަން ވެރިކަމުގެދަހިވެތިކަމުކަ އިންތިހާބެއްބޭއްވުމުގެ ސަބަބުންނާއި އަދިކޮއްމެވެސް ގޭސްގަނޑެއްކައްކާ ރާއްޖެއައް އިންޑިއާމީހުން އެތެރެކުރުމުގެ ސަބަބުން މުޅިގައުމައްނުރައްކާ މިންވަރައްކޮވިޑްވަނީފެތުތިފަ މިއަހަރު 3މަސްތެރޭ.

  66
  1
 6. ފާއިޒު

  މިނިސްޓަރކަން ލިބޭއިރަށް ވަރަށް މޮޅު، ވިކޭ ކަހަލަ ވާހަކަފުޅެއް ވިދާޅުވެއްޖެ ތާއެވެ.

  65
 7. ރަސްގެފާނު

  ކިރިޔާނުން މަލީހުއްޓާރާއްޖެނުގެއްލުނުކަން. އެހެންނޫންނަމަ މަލީހުޖެހޭނެ ދިވެހިރައްޔިތުންނަށް ބަދަލުދޭން. ސާބަސް ކަނބުލޯ ދިވެހިރާއްޖެ އަލަމާރިއަށްލާފަ ބާއްވާތި!!

  57
 8. ކޮވިޑް

  ޝައުނާ މެޑަމް. ﷲ ކުޅަދުންވަންތަ ދެއްތޯ ހުރިހާކަމަކަށް ، އަހަރެމެން އަށް ވިސްނޭ އުމުރަށް އައިރުގަ ވެސް ރާއްޖެ އަޑިޔަށް ދާވާހަކަ ދައްކާ ، އަންނި ވެރިކަމުގާ އެކަމުގެ ސަމާލުކަން ހޯދަން ކަރުތާ ލޮނުގަނޑުގެ އަޑީ ނޫންތޯ ކެބިނެޓް ޖަލްސާ ބޭއްވީ. އެކަމް ﷲ ގެ ރަޙުމަތް މާބޮޑޭ ޝައުނާ މެޑަމް.

  95
  1
 9. ވިސްނާލުމަށް އެދެމޭ

  މޑޕ ވެރި ކަމަށް އަންނަ ކޮއްމެފަހަރަ ކު ރާއްޖެ އަޑިޔަށްފޮނުވާނެ..މޑޕ ވެރި ކަމުގަ އޮވެއްޖެނަމަ މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ހުރިހާގޮތަ ކުން އަޑިޔަށްދާނެ މިހާރުވެސް މިއޮތީ ކަރުތާފެނުންމަތީގަ...ދުވާލަ ކަށް ހަމީހުން މަރުވަމުން މިދަނީ މިގޮތުގަ ދެމިގެންދާނެވެއްޖެނަމަ ފަސްގަޑު އަޑިޔަށްދިޔުމުގެ ކުރިން ރައްޔިތުން ފަސްގަޑުދަށަށް މިދަނީ..އިސްތިއުފާދޭން ނުޖެހޭތަ މިސަރު ކާރު..ގައުމެ ނުހިންގުނު އިސްތިއުފާ އިބުރާހިމު މުހައްމަދު ސޯލިހުއާ ސަރު ކާރު..

  54
 10. ޖާބެ

  މިޔަނުގޮވާ ، ހުޅަގުގެ ޕްރޮޕެގެންޑާ ހުއްޓާލަންޖެހޭ

  61
  2
 11. ދުންތަރި

  ކޮންމެހެން މާ ކަންކަން އެނގޭ ކަމަށް ވެގަނެގެން މޮޅު ވާޙަކަތައް ދައްކާނެކަމެއްނެތް ތިޔަ ކަހލަ ރަނޑު އަންހެނުންނަށް ކުރެވޭނެ ކަމެއް ނޯންނާނެ ރޯނުއެދުރުން މުރަނގަ ގަހު މާލިމީން އަދި 3 މިނިސްޓްރީ އެއްކޮށްލާފަ ހަވާލުކުރޭ އޭރުން ރަނގަޅަށް ދައުލަތް ފޭލްވާނީ މިހާޜުވެސް ލާދީނީ އެމްޑީޕީ ސަރުކާރު މިވަނީ ބޮޑުތަނުން ފެއިލްވެފަ

  52
  2
 12. ޟެެގހގހގ

  އަހަރެންގެ އުމުރުން 16 އަހަރުގައި މައުމޫނާ ތިހެންބުނި ކުރިއަށްއޮތް 10އަހަރު ތެރޭގައި މިގައުމު ނެތިގޮސްދާނެޔޭ މިހާރު އުމުރުން 50 ވެއްޖެ އަދި اللة ގެ އިރާދަފުޅުން މިގައު އެބައޮތް ދުނިޔޭގައި ފެންނަން (އާދޭސް ކޮށްފަ ބުނަން މިގައުމު އިންޑިއާ އަށް ވިއް ކާނުލާ)

  62
  2
 13. ސަމްކުޅިބޭ

  2100ވަނަ އަހަރު ރާއްޖެ އަޑިއަކަށްނުދާނެ. ގެރެންޓީ.

  28
 14. ހޯރަ

  ހާ.........ހާ..........

  މޮޅުމީހެއް އެނގޭ.

  30
 15. މުހުމްމަދު

  ފައް ކާ ރޯނު އެދުރެއް މިހިރީ އެންވާރްމެންޓް މިނިސްޓަރ އަ ކަށް ލާފަ.

  53
  1
 16. ކާފަބޭ2020

  ތިޔަވަޑައިގަތީ ދުނިޔޭންބޭރުންކިޔަވާވިދާޅުވެގެންތާ! ސާބަސް!އަވަހަށްދުނިޔޭންބޭރުން ދިވެހިންނަށްގޯތިގެދޮރުހަމަޖައްސާ ވިޔަފާރިކުރެވޭނެގޮތާއި ދަތުރުފަތުރުގެކަންތައްހަމަޖައްސާ ވަޒީފާގެފުރުޞަތުހަމަޖައްސާދެއްވާށެވެ. ޝުކުރިއްޔާ!

  39
 17. މުހުމްމަދު.

  އަވަހަށް އިޒްރޭލަ ދާން ނައްޓާލާ.އިސްތިއުފާ.

  45
 18. ޙުއްތު

  ޙެޔޮވިސްނުން ދެއްވާށި

  37
 19. Anonymous

  މީނާ ތިމާވެށީގެ ޢިލްމުކިޔެވީ ކޮންގައުމަކުންބާ ؟؟
  ތިމާމެން އެކަކުއަނެކަކަށް ދުއްދީ އަނިޔާވެރިވާން ތިއްބާ ޤައުމު މިއޮތީ ފުން އަދަވަޅަކަށްވެއްޓި އަރައިނުގަނެވޭހިސާބަށް ގޮސް

  38
 20. އަފޭ

  މީނައައް ކިހިނެތް އެގޭނީ ދުނިޔޭގައި މީސްތަކުންނާއި ރައްތަކާއި ތިބޭނެ ދުވަހެއް ތިއީ އިންޑިއާގެ ފާދިރީއެއް ރާއްޖެ އައްވުރެ މާ ފަސްގަޑު އުސްތަން ތަން ވެސް އެދަނީ ނެތިވެގެން ކޮންމެ ކަމަކީ ވެސް އިރާދަ މިދުނިޔެއަ ކީ ބަޔަކު ހަދާފައި އޮތް ތަނެއް ނޫން މޮޔަނޮގޮވާ

  42
 21. އަހުމަދު

  ކަލޭމެން "ބޭފުޅުންނަށް" ކޮންކަމެއް ރާއްޖެ އަޑިއަށް ދިޔަސް. ތިމީހުންގެ ގެތައް އެބަހުރި ލަންޑަން، ސިންގަޕޫރް، އެމެރިކާ، މުޅި ޔޫރަޕް ގައި، އަހަރެމެން ނިކަމެތިން ތީގެ ހިރި ރަހަ ލިބުން އޮތީ!

  33
 22. ކޮރަކަލި

  ﷲގެ ވާގިފުޅާއެމިގައުމާއި މަގުމުގެ ޓައިގަރުން ތިބޭނެ

  17
 23. ބޯޖަލީލު

  މިިނިސްޓަރ ކަން ލިބުނީމަ މޮޅުބަސް ބުނަންފެށީދޯ ކޮބައިތަ މިހާރު އެއްކަލަ ގުލޯބަލް ޕުރެޒިޑެންޓު ތިމާވެށީގެ ދޮން ބައްޕަ ފިނޑި ފިނޑި އެލެކުސް ހިޔަޅު...

  30
 24. މިދޫމިހަ

  ބޭރުމިހުންނަށް ރާއްޖެ ވިއްކާލަން ދައްކާ ކޫސަނިވާހަކަ. ހެއްދެވި ފަރާތައް އިތުބާރުކުރާނަމަ މިކަަަހަލަ ވާހަކަ ނުދައްކާނެ. މި ގައުމަށް ބޭނުންވަނީ ކިޔަވަގެން ތިބި ޒުވާން ހިންގުންތެރިންތަކެއް މިހާރު ސަރުކާރުގަޔަ މަޖިލީހުގަތިބި ސިޔާސި ނުކިޔަވާ ރޯނުފިލާމިހުން ތިބިހާދުވަހަކު މި ރާއްޖެދާނީ ފަހަތަށް. ދިވެހިންނޭ ހޭއަރާ މި ނާގަބިލް ސަރުކަރު ބަދަލްކުރޭ. އެންމެ ބޭނުންތެރި ސިއްހީދާއިރާވެސް އޮތީ ބޮއްސުންލާފަ. ސިޔާސީ މިހުންތައް ނާޖައިޒުފައިދާތައްނަގާގެން މުއްސަނދިންނަށް ވެގެންދާއިރު އާންމުން މިޔޮހަނާވަނީ. ވަގުތެއްނެތް އަވަހަށް ވެރިކަން ބަދަލުކުރޭ. ހެޔޮނުވާނެ ބަލަން ނުތިބޭ.

  26
 25. Anonymous

  މީ ހާދަ މައްޗަކުން އައި މިނިސްޓަރެކޭ ދޯ!!!! މަ ހަމަ ޢަޖާއިބް!!!!

  26
 26. ކަހުރަބު

  ލާދީނީ މީހުނަށް ހީވާނީ ތިހެން ޒަޔަނިސްޓް އެމް ޑީ ޕީ އެމް ޑީ އެން

  29
 27. Anonymous

  ކަލެޭގެ ދުލުގެ ނުރައްކަލުން އަޅަމެންސަލަާމަތް ކުރައްވަާށި އަާމިީން

  35
 28. ޙަސަން

  ތިމާވެށީގެ އަންމަ.މީނާ ތިމާވެށި ކިޔެވީ ކެނެރީގެއިން.

  29
  1
 29. ޕޮގުބަ

  ކޮން ގޮވާނެ ކަމެއްނެތް އިސްތިއުފާ ދީ

  26
 30. ޏިމް

  .މާލަސްވެސްވެއްޖެ މީނައްމިނިސްޓަރު ކަންދިނުން..ދިވެހިންގެ ނަސީބު މީނައްމިނިސްޓަރު ކަންލިބުން..

  13
  4
 31. ވެށިވަޒީރު

  ކީކޭ ކިޔާ ބުރާންޗެއް
  ސިޔާސީ މީހުން އަބަދުވެސް ކޮންމެސް އަނގައެއް ތަޅާނެ

  16
 32. ..މުސްތަފާޒު

  .ކޮންފިޔަވަޅެއް އެޅޭނި އަޑިއައްދާ ތަނެއްހިފަހައްޓަން..ގުދުރަތުގެ ނިންމުން ބަދަލެއްނު ކުރެވޭނެ..ވަރައްސަލާމް

  20
 33. އަޙްމަދް

  މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔެ އެކަތިގަނޑަކަށް ވެގެން މަސައްކަތްކޮށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ، މި ގަރުނު ތެރޭގައި ރާއްޖެ ނެތިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.
  —————————-
  މީ އަނެއްކާ ހާދަމޮޅު އަންހެނެކޭދޯ މީހަކަށް ދުކުރާނެ މީހަކު ނުހުރެއެވެ.

 34. އެމަންޖެ

  މޫސުމަށް އަންނަ ބަދަލުތަކާ ހެދިއެއްނޫން ރާއްޖެ ނެތިދާނީކީ މޑޕ އާ ހެދި ރާއްޖެ ނެތި ދިއުމުގެ ބިރު 2023 ގެ ކުރިން އެބައޮތް.

  13
 35. އަބްދޫ

  ރާއްޖެ އާށްވާނެ ގޮތް އެގޭނީ ހަމަ އެ ކަނި ﷲ އަށް.

  17
  • ހައިރާން

   ބަލަ ނަޟީދު ވެރިކަމުގައި ދިވެހިން އޮސްޓްރޭލިޔާ އަށް ބަދަލުކޮށްފި ދެން ކަބުލޮ ތިކަމާ ނުވިސްނާ

   11
  • ކިހާދެރަ

   ބަލަ މުރުތައްދު ނުވެ އަގަމައިތިރި ކޮށްގެން ހުރޭ އަހަރުމެން ހެއްދެވި ފަރާތަށް ވަކޭލު ކޮށްގެން މިތިބީ ނެތިފަނާވެދިއުންއެއީ އެކަނލާގެ ބާރު ފުޅުދަށުގައި ވާކަމެއް ކޮސްނުގޮވާ މައިތިވޭ

   11
 36. އަލީ

  މޮޅު ވާހަ ކަ ދައް ކަން ފެށީ. ކަމެއް ކުރުމުގެ ގާބިލު ކަ ން ހުރި ނަމަ އެ ކަމެއް ކޮށް ނަތީޖާ ނެރެންވީ
  ސަޅިބައިސާ ނު ކަނޑާ

  10
 37. ގެއްލުނުރާއްޖެ

  މިނިސްޓަރު ކަމަށް އަރާ އަދި ގޮޑީގަ ނީށީދެވޭ މިހާއަވަހަށް ރާއްޖެ ގެއްލުވާލަލީ. ދެން އިންޓަރނެޓް ފާސްޓް ކުރުމުގެ ބޭނުމެއް ނެތެއްނު.

  10
 38. ވިސްނުމެއްނެތް

  އަނެއްކާ އަނެއްމޮޅުވާހަކަ. އަޅެކަލޭމެންތީ ތަނެއްދޮރެއްނުދަންނަ ގަމާރުންތަ؟ ތިގޮވެލިތަކުން އިންވެސްޓަރުން އުދުހިފަ ފައިސާބޮނޑިވަރު ހިފައިގެން ވ ބާރައް އަންނާނެ. މީވާ ބައެއްމިތިބީ.

  10
 39. ސޭޓް

  ތީ ހަމަ ނަޝީދު ކިޔަމުން އައި ލަވަ. އަމިއްލަނަފްސު ޕްރޮމޯޓް ކެރުވޭތޯ ތިޔައުޅެނީ. ސަމޫދު ބާގަ، އާދު ބާގަ އަދި އެހެނިހެންވެސް ޤައުމުތަކާއި ހަޝާރާތްތައް ނެތިދިޔައީ ތިމާވެށީގެ އެއްވެސް ސަބަބަކާ ހެދީއެއްނޫން. މީޙުން ނުލަފާވެ އިންސާފު ނެތިދިޔައިމާ. އެކަމަށް ބިރުވެތިވެ އެކަންކަން ފުރަތަމަ ރަންގަޅުކުރޭ. ތިޔަ ތިމާވެށި މިނިސްޓްރީއަކީ މިޤައުމުގެ ތިމާވެއްޓަށް އެއްވެސް ފައިދާހުރިކަމެއް ކުރާތަނެއްނޫން. ބަލާބަލަ އައްޑު އަޮތޮޅު ހިތަދޫ ފަޅުތެރެ ހިތައްއެރި ގޮތަކަށް ސަުރުކާރުން ކޮނެ ކުރާގެއްލުން. ލަދުވެތި ވާހަކަ ނުދައްކާ ޖީބައް ބޮނޑި ކުރެވޭތޯބަލާ. ލަދުވެތިވޭ.

  13
 40. ވައިކިންގ

  ރަނގަޅުވާހަކައެއް. އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ރައްޖޭގެ ދަރިން އިސްލާމަ ދީނާ ދުރަށްވެސް ގޮސްފާނެ. ތިޔައީ އޭގެ ނަމޫނާއެއް.

 41. އިސްތިއުފާދޭންވީއޭ

  އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ މި ގަރުނުގައި ރާއްޖެ ގެއްލިދާނެއޭ އެހެންތޭ ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވަންވީ އެއް ނޫންތޭ ތަމެން އިސްތިއުފާ ދޭންވީއޭ އަމިއްލަ އަށް މެޑަމް ހެދިގެން ތަމެން ތިޔާ އުޅެނީ ދޯ ތަމެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 42. ޒާ

  ލާދީނީ ބޯގަޅި ވާހަކަ

  9
  1
 43. UH

  lmao

 44. ނަޝީދު

  މީ ކޮންތާކުން އައިސް އުޅޭ ބުރާންތި އެއް.. މީނަ ކިޔެވި ތަނެއް ކިޔެވި އެއްޗެއް އޮޅުން ފިލުވާލަން ބޭނުން..

 45. ދަންނާށޭ

  ތިޔާ އައްޑޫ ޝައުނާ އަކީ އެއީ 2009 ވަނަ އަހަރު ޓީޗަރުން މުސާރަ ބޮޑު ކުރަން ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރުމުން އެމެން ރައީސް އޮފީހަށް ވައްދާ އެމެންނަށް ބޯން ދިން އައްޑޫ އަންހެނާ ނޫންތޭ މިހާރުން މިހާރަށް ޝައުނާ އިސްތިއުފާ ދޭންވީއޭ މިހާ ބޮޑަށް ރައްޔިތުންނަށް އަނިޔާވެރިވާ އަންހެނަކު ހެޔޮނުވާނެއޭ ރާއްޖޭގެ ތިމާވެށި މިނިސްޓަރު ކަމަށް ލާން ރައްޔިތުން ބަނޑަށް މަރާލަން ވެސް އޭނާ ފަސް ނުޖެހޭނެއޭ މިކަން ދަންނާށޭ ކަތުންނޭ ދަންނާށޭ ދަންނާށޭ..

 46. މަ

  ބަލަ ކަލޭ މެންނާ ހެދި ރާއްޖެ ގެއްލިގެން މި ދަނީ... ކޮން ފޮނި ވާހަކަ ތަކެއް ދައްކާކަށްތަ.. ހަރާމޭ ކުރެވޭ އެއްކަމެއްވެސް ނޯވޭ..އެކަމު ނަމުގަ މީ ވަރަށް ހިތްހެޔޮ އަދި ހާއްސަ ބައެއްނު..

 47. Kiyuntheriyaa

  Magaamakaa havaal vevunytyve ehchehkey kiyany dhw,

 48. ވަޙީދުބެ

  ނެތިދާންވީމަ ނެތިދާނެ. ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. މޫސުމަށް ބަދަލުއައިސް ވަމުންދާ ކަންތައްތަކަކީ އޭގެ އެއްވެސްކަމަކަށް ބާރުފޯރުވޭނެ ކަމެއްނޫން.