އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ދައުވާ ނުކުރެވޭ މީހެއްގެ ނަމެއް ނެތް ކަމަށް އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދިން ކަމަށް އެ ލިސްޓު ދިރާސާކުރި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ޖޮއިންޓް ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން އިންތި ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ފާހަގަކުރި އެންމެ މުހިއްމު ކަމަކީ ދައުވާއެއް އުފުލުމުގެ ފުރުސަތު ނެތް ފަރާތެއް ލިސްޓުގައި ހިމަނާފައި ނުވާ ކަމަށެވެ.

ޖޮއިންޓް ކޮމިޓީއިން ވަނީ ސަރުކާރާއި ތަހުގީގީ އިދާރާތަކަށް ހަތް ހުށަހެޅުމެއް ފޮނުވަން ވެސް ފާސްކޮށްފައެވެ. މި ހުށަހެޅުންތައް ތަންފީޒު ކޮށްދިނުމަށް އިންތި ގޮވާލެއްވިއެވެ.

ކޮމިޓީގެ ހުށަހެޅުންތައް

 1. އިސް މީހުންގެ މައްސަލައިގެ ތަހުގީގު އަވަސް ކުރަން ޖެހޭ
 2. އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް ހަމަޖައްސައިދިނުން
 3. ފައިސާ އަނބުރާ ހޯދުމަށް އިދާރާގައި ދެންނެވުމާއި މަޖިލީހުން އެ ކަން ބެލުން
 4. ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރުން
 5. އިންތިޚާބީ މަގާމުން ވަކިކުރެވޭނީ އަމިއްލައަށް ކަމުން އެ މައްސަލަ އަވަސް ކުރަން
 6. މާލީ ތަހުގީގީ ދާއިރާގެ މީހުން ތަމްރީން ކުރުން
 7. ޚިޔާނާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ބޭންކްތަކުން ފޯރުކޮށްދިނުން

މި ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުލަތުން ގެއްލިގެން ދިޔަ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. މިހާރު މި މައްސަލަ ތަހުގީގު ކުރަމުންދަނީ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ގުޅިގެނެވެ.

ނަމަވެސް މައްސަލަ ތަހުގީގު ކުރުމުގެ ދުވެލި ލަސްކަމުން އާންމުންގެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ. މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް މިހާރު ގެންދަވަނީ ތަހުގީގުގެ ދެވެލި ލަސްކަމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސިވިލް

  ޕްލޭން ވަރަށްމޮޅު އެހެނަސް ވާނީ ހަމަފޭލި

  26
 2. އިބްރާ

  މަހްލޫފް އަދިވެސް ވަޒީރުކަމުގައިތޯ؟

  25
  2
 3. އިބްރާހިމް

  އެމްއެމްޕީއާރްސީ މައްސަލަ ބަލާ ކޯޓެއް ހައްދަވަންވީ ނޫންތޯ.

  27
 4. އިނ ފަ

  އީވާގެ ފިރިމީހާ، ޕީޖީ މިހެންގޮސް ނަން އުނިކުރި މީހުން ކޮބާ

  20
  1
 5. ކަހުރަބު

  ތިއޮތީ އަތަށް ގޮވާފަ ކާފަރު ޑިމޮ ކްރަސީ ރަނގަޅު ޤައުމަ ކަށް ދޭ ގޮސް ނިދާ މެޝިނަ ކަށް އެރިއޮވޭ

  17
 6. އަބޫއަލީ

  ކޮން ލިސްޓެއް. ޝަމީމްގެ ނަން އުނި ކުރުމުގެ ކުރިން އޮތް ލިސްޓްތަ ނޫނީ ފަހުގެ ލިސްތްތަ

  24
 7. ޖުމުލަ

  އަނެއްކާވެސް ކޮމެޓީއެއްހަދަން ފެނެއި ބޮޑުހިޔާނާތުގެ ފައިސާ ބޭނުންކުރި ފަނި ގޭގަބަހައްޓަން ޖެހެނީ ކީއްވެތޯބަލަން މިހާރުންމިހާރަށް އަދީބުފަނި ޖަލައްލަން ނުފެނެއިތަ

  14
 8. ކާފަބޭ2020

  މިހާރުއެއޮތީ ކޮންމެހެންދައުވާކޮށް އަދަބުބޯންދޭންޖެހޭމީހުންގެ ފުރިހަމަލިސްޓެވެ. ދަބަސްދަބަހުގައޮއްސައިގެންދިޔާތަކެތި ގެންދާމޫސުމެއްގަ އަދަބުވެސްޖެހޭނީބޯންދޭންތާ! މަޖިލީހަށް ތިޔަރިޕޯޓުގެންދިއުމުގެބޭނުމަކީވެސް ރައީސްޔާމީނުފިޔަވާ އެހެންމީހުން އެކިމަރުހަލާތަކުގަބޭރުކޮށްހުސްކުރުން ފެންނަމަންޒަރުތަކުންއެކަންވަރަށްސާފް ރައީސްޔާމީންޑީލްހަދާތޯ ކުރެވެންހުރިހުރިހާކަމެއް ( މަގުމަތިންކަންކުރެވޭމީހާލައްވާ) ކުރަމުންދާކަންވަރަށްސާފްނޫންތޯ؟

  13
 9. އަލީ

  ކޮބާތަ، ސާބެޔާ ސަމީމާ ހަސަން ލަތީފް؟ މުޅިއޮޑި ސާފު ނުވަނީހެއް މިކަމަކުން ސަލާމަތެއް ނުވާނެ އިންތިބޭ.

  19
  1
 10. ޛ876543

  ދެން ކީއްވެގެން ކޮމިޝަނުން ފޮނުވި ލިސްޓުން ވަ ކި ބައެއްގެ ނަން އުނި ކުރީ
  1. ޝަމީމު
  2. ހަސަން ލަތީފު
  3. އީވާ ފިރިމީހާ ސާބެ

  19
 11. އާދަމުގެދަރި

  މިކަލޭގެއަކީ މާޒީގައި ފަނޑިޔާރުންނަށް އިހާނެތި ބަސްބުނެ މީސްތަކުންގެ ރުޅިވެރިކަން ފަނޑޑިޔާރުންނަށް އަމާޒުކުރުމަށް އެތައް ވާހަކައެއް ދައްކައި އަދަބު ދީ ދަންޖައްސަން ގޮވާފައި ހުރި މީހެއް. އެއްވެސް އިރެއްގައި މީ ތެދު ހަދަން ދަންނަ ތެދު ވާހަކަ ދައްކަން ދަންނަ މީހެއް ނޫން. ދޮގުހެދުމާއި މަކަރު ހެދުމާއި ހީލަތް ހެދުމަކީ މީނާގެ ކަށީގައި ހިފާފައިވާ ކަމެއް. ހުތުރުކަން ބޮޑު އެންމެ ހުތުރު އަޑަކީ ހިމާރުގެ އަޑެވެ.

  6
  1
 12. ޏިރު

  ކޮބާ އީވާ ގެ ފިރިމީހާ
  ކޮބާ ހަސަން ލަތީފު
  ކޮބާ ދެން އުނިކުރި އެހެންމީހުން؟
  އެ ޤާނޫނުން މަތީގައި ތިބި ބަޔެއްތަ؟

 13. ޝިރޯ

  މީހަމަ ހިމާރުގެ އަޑުކަލަ އަޑެއް އޮނަނަ މީހެއް ކަރުފުއްޕާ ދޯ ހަމަ ހުސްވަގުން އެމްޑީޕީ ބޮޑުންނަކީ ހުސްވަގުން އަދީބު ގޭގައި ބަހައްޓައިގެން ބުނާއެއްޗަކަށް ބިނާކޮށް މައްސަލަ ބަލަން މިގައުމުގައި ތިބީ އަޅެ މޮޔައިންތަ އިންތީ އޭނަ ޖަލަށް ގެންދެބަލަ ހުރިހާ އެއްޗެއް ފަޅާލާނެ އެމްޑީޕީ ފަޓާސް ބަރިއެއްހެން ފަޅާލާނެ ބަލަ ފުއްޕާ އިންތީ ތިހާ ގަޓު ހުރިއްޔާ އަދީބު ޖަލަށް ގެންދެބަލަ ނުވާނެ ނުކެރޭރެ ބިރުން ގަޔަށް ވެރޭނެ ނުލަފާ އިންތީ