ކޮވިޑް-19ގެ ވޭދަނަތައް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މިދަނޑިވަޅުގައި ފުވައްމުލައް ސިޓީ ފުރަބަންދު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި އެހެން ނަމަވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމަށް އެސިިޓީގެ މޭޔަރު އިސްމާއިލް ރަފީޤް (އިއްސެ) ވިދާޅުވެއްޖެއެވެ.

އެ ސިޓީން ކޮވިޑްގެ ގިނަ ވޭދަނަތަކެއް ފެނުމާއި ގުޅިގެން އެ ސިޓީ ފުރަބަންދު ކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އެފަދަ މަޝްވަރާތަކެއް ކައުންސިލް ތެރޭގައި ކުރެވެމުންދާ ކަމަށް އެ ސިޓީގެ ބައެއް ރައްޔިތުން ބުނެއެވެ.

ފުވައްމުލަށް ސިޓީ ކައުންސިލުން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްސެ ވިދާޅުވީ، ފުވައްމުލަކުން ގިނަ އަދަދަކަށް ވޭދަނަތައް ފެންނަމުން އަންނަ މިދަނޑިވަޅުގައި ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ކޮވިޑަށް ފައްސިވަމުން އަންނަ ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރު އިދާރީ މުވައްޒަފުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފަރުވާ ދިނުމަށް ވެންޓިލޭޓަރު ފަދަ ތަކެއް ހުއްޓަސް އެތަކެތި ބޭނުން ކުރަން އެނގޭ ބަޔަކު ނެތް ކަމުގައިވާނަމަ ފަރުވާ ނުދެވޭނެ ކަމަށް އިއްސެ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްސެ ވިދާޅުވީ، ސިޓިގެ ހާލަތު ގޯހުން ގޯހަށް ދިއުން ހުއްޓުވަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެގޮތަށް ބައެއް ފަރާތްތަކުން އެއްބާރުލުން ނުދޭކަން ފާހަގަ ކުރައްވަމުން އިއްސެ ވިދާޅުވީ، ހައްލެއް ހޯދުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން މަޖުބޫރު ވާނެ ކަމަށެވެ.

"އިތުރު ލޮކްޑައުން އަކަށް ދިއުން އެއީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. އެކަމަކު މިކަން މިގޮތަށް ދަންޏާ އަޅުގަނޑުމެންނަށް އިތުރު ފިޔަވަޅުތައް އަޅަން މަޖުބޫރު ވާނެ." އިއްސެ ވިދާޅުވިއެވެ.

ފުވައްމުލަށް ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 221 އަށް އަރާފައިވާއިރު، އެސިޓިގައި ވަނީ ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެމަންޖެ

  ފިޔަވަޅުތައް ހަރުކަށި ކޮއްގެން މިކޮވިޑެއް ކޮންޓުރޯލެއް ނުވާނެ ، ކޮންޓުރޯލް ކުރަން ބޭނުމިއްޔާ ފުލް ލޮކުޑައުންއެއް ކުރޭ.

  4
  1
 2. އޮޅުވާލި ވޯޓު

  ކަލޭތިކަން ކުރާނެކަން މާކުރީގަވެސް އެގޭ ކަލޭތީ އެމްޑީޕީ މީހެއްތާ ރައްޔަތުންނަށް ދަތިވާނެހުރިހާކަމެ ކަލޭކުރާނެ އެކަމަކު އަހަރުމެން ނުދާނަން ކަލޭމެނައް އާދޭސްކުރާކަ

 3. އޮޅުވާލި ވޯޓު

  ކަލޭގެ ފޮޔަވަޅަކައްވާނީ ޖޫރިމަނާކޮއް އެމްޑީޕީއަށް ފައިސާހޯދަދިނުން އެނޫންކަމެ ކަލެޔްކަށް ނުކުރެވޭނެ

 4. ހުސޭނުބޭ

  ފިޔަވަޅުތައް ހަރުކަށިކޮށްފިއްޔާ ބަަންދުކޮށްފާނެ