ލިބުނީ ކޮންވައްތަރެއްގެ ފްލެޓެއްކަން ބަލާނީ ކިހިނެއް؟ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ނަގައި މިހާރު ބައެއް މީހުންނަށް ލިބޭ ފްލެޓްތައް ހުންނާނެތަން މިވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އަދިވެސް ލިބޭ ފްލެޓް އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް، ބެލުމަށް ބައެއް ފަރާތްތަކަށް ދަތިތައް އެބަހުއްޓެވެ. އެއީ އެންމެ ފުރިހަމަ މައުލޫމާތު ލިބިފައި ނެތުމުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކުގައި ތިން ވައްތަރެއް ހުރެއެވެ. ލިބުނު ފްލެޓްގެ ވައްތަރު ބެލުމަށް އެޗްޑީސީ ޕޯޓަލްއަށް ވަނުމަށް ފަހު ޕޯޓަލްގައި އައިޑީކާޑު ނަމްބަރު ޖެހުމުން ޔުނިޓް ނަމްބަރާއި، ޓަވަރު ނަމްބަރާއި، ފަންގިފިލާގެ ނަމްބަރު ފެންނާނެއެވެ. ފްލެޓްތަކުގެ މައްސަލައިގައި ކަންބޮޑުވުންތައް ފާޅުކޮށް އަދި އާއްމުންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެމުން އާއްމުންގެ ޖަމިއްޔާ އިން ވަނީ ގުރުއަތުން ލިބުނު ފްލެޓްތައް ދެނެގަންނާނެ ކުރެހުންތަކާއިއެކު މައުލޫމާތު ހާމަކޮށްފައެވެ. އެޖަމިއްޔާ އިން ހާމަކުރި މައުލޫމާތައް ބަލައިގެން ފްލެޓްގެ ވައްތަރާއި، ފްލެޓް ލިބުނުތަން ދެނެގަންނާނެ ގޮތް ތިރީގައި އެވަނީއެވެ.

އެޗްޑީސީގެ ޕޯޓަލް އިން ފެންނާނީ ޓަވަރު، ފަންގިފިލާ އަދި ފްލެޓު ނުވަތަ ޔުނިޓު ނަމްބަރެވެ. ހިޔާގެ ދެވައްތަރެއްގެ ޓަވަރު ހުރެއެވެ. އެއީ ފަންގިފިލާއެއްގައި 16 ފްލެޓު ހުންނާ ޓަވަރާއި ފަންގިފިލާއެެއްގައި 20 ފްލެޓު ހުންނަ ޓަވަރު ތަކެވެ. ވީމަ ޓަވަރު ނަމްބަރުން ފުރަތަމަ ބަލާނި ލިބޭނީ ކޮން ޓަވަރަކުން ތޯއެވެ. ދެން އެބައިން ފްލެޓު ނަންބަރު ބަލާލުމުން ލިބެނީ ކޮންކަހަލަ ފްލެޓެއް ކަން އެނގޭނެއެވެ.

މިސާލަކަށް ޓަވަރު ނަމްބަރު H7 އިން ޔުނިޓް ނަމްބަރ 14 ލިބިފައިވާ މީހާ އަށް އެލިބެނީ މަތީގައި އެވާ ފޮޓޯ އިން ފެނުނު ގޮތައް ނޫކުލައެވެ. އެއީ ޓައިޕް-01 ނުވަތަ ފުރަތަމަ ވައްތަރުގެ ފްލެޓެކެވެ. H7 އިން ޔުނިޓް ނަމްބަރ 16 ލިބުނު މީހާ އަށް ލިބިފައި އެވަނީ ރަތް ކުލައެވެ. އެއީ ޓައިޕް-02 ނުވަތަ ދެވަނަ ވައްތަރުގެ ފްލެޓެވެ. H7 އިން ޔުނިޓް ނަމްބަރ 09 ލިބުނު މީހާ އަށް ލިބިފައި އެވަނީ ފެހި ކުލައެވެ. އެއީ ޓައިޕް-03 ނުވަތަ ތިން ވަނަ ވައްތަރުގެ ފްލެޓެވެ. ތިން ވައްތަރުގެ ފްލެޓްތައް ހުންނަ ގޮތުގެ ކުރެހުންތައް ތިރީގައި އެވަނީއެވެ.

މިތިން ވައްތަރުގެ ފްލެޓްތަކުގެ ސައިޒްތަކުގައި ކުދިކުދި ތަފާތުތަކެއް ހުރި ނަމަވެސް އެއްވެސް ފްލެޓެއްގެ ސައިޒު 570 އަކަފޫޓަށްވުރެ ކުޑައެއް ނުވާނެއެވެ.

އެޗްޑީސީ ޕޯޓަލްގެ ލިންކް

އާއްމުންގެ ޖަމިއްޔާގެ ވައިބާ ގްރޫޕް ލިންކް

މިމައުލޫމާތާއި ފްލެޓާއި ގުޅޭ އިތުުރު މައުލޫމާތު އާންމުންގެ ޖަމްއިއްޔާ ގެ ވައިބާރ ގުރޫޕު ކޮތަރުކޮށީގައި ދަނީ އާންމުންނާއި ހިއްސާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޔާމީން 2023

  ޝުކުރިއްޔާ ރައީސް ޔާމީން

  19
  4
 2. އަހަންމަދޭ

  ޕޯޓަލް އިން ފެންނަނީ ޓަވަރު ހުރިތަން.
  ޓީވީން ދެއްކިއިރު އެކި ޓަވަރުތަކުގެ ޔުނިޓް ނަންބަރު ތަފާތުކޮށް ހުރިކަން ފާހަގަ ކުރެވިފަ ހުރި ކަމަށް ވަނީ. މިސާލަކަށް 16 ޔުނިޓްގެ ބައެއް ޓަވަރުތަކުގެ ނަންބަރު އެންޓްރެންސާ ދިމާއިން ފަށާފަވާއިރު ހަމަ އެ ސައިޒުގެ އަނެއްބައި ޓަވަރުތަކުން ލިފްޓާ ދިމާވީ ފަޅިން ފަށާފަވާ ކަމަށް ވަނީ. އެހެންވީމާ އެއް ދިމާއަކުން ނަންބަރުތައް ފަށާ ގޮތަށް ބަދަލު ކޮށްފިނަމަ އަންނަ ބަދަލުގެ ސަބަބުން ޓައިޕް ތަފާތު ވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެނީ. ޖަމްއިއްޔާގެ ސަމާލުކަމަށް ގެނެސް ދެއްވާ މިއަށް ޖަވާބެއް ހޯއްދަވައި ދެއްވާ!

  8
  1
 3. ޝތ

  ތިޔެއް ބަލަން ސޓ ސްކޜން އެއް ހަދަން ޖެހޭނީ.