ރައްޔިތުންގެ މަޖިލީހުގެ ނ.ކެނދިކުޅުޅުދޫ ދާއިރާ މެންބަރު އަހުމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާކުރުމުގެ ތުހުމަތުތަކާއި އެކު އަންހެނުންގެ ހައްގުތަކަށް އެންމެ ހަރުއަޑުން ވަކާލާތުކުރަމުން އަންނަ މަޖިލީހުގެ އަންހެން މެންބަރުންގެ "އަޑެއް ބަޑެއް ނީވުމުން" ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި ތިއްބަވަނީ 4 އަންހެން މެމްބަރުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއާއި، ބ.ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއާއި، ޅ.ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއެވެ. މި 4 ބޭފުޅުންނަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ވާހަކަ އެންމެ ހަރު އަޑުން ދައްކަމުންދާ މެމްބަރުންނެވެ.

އެހެންނަމަވެސް މެމްބަރު އީސަގެ އަނބިމީހާއަށް އަނިޔާކުރި މައްސަލައާއި، ދަރިފުޅު މަރާލަން އުޅުނު ކަމުގެ އިންޒާރު ދީފައިވާ މައްސަލަ ފެންމަތިވެފައިވާ އިރުވެސް މިކަން އެ މެމްބަރުން ކުއްވެރިކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ މަންޒަރެއް ނުފެނެއެވެ.

އަންހެނުންނާއި ކުޑަކުދިންނާ ގުޅުން ހުރި މިފަދަ މައްސަލަތަކުގައި އަންހެން މެމްބަރުން މަޖިލީހުގެ ތަޅަމުގައި ވަރަށް ފޯރިއާއި އެކު ބަހުސްކުރައްވައެވެ. އަދި ބަހުސް ކުރުމުގެ މާކުރިން އެ ބޭފުޅުން އެ ވާހަކަތައް ފައްޓަވައެވެ.

އަންހެނުން މުޖްތަމައުގައި ބާރުވެރިކޮށް، އަންހެނުންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރުކުރުމަށް ވަކާލާތުކުރުމުގެ ބޮޑު ވައުދާއެކު މަޖިލީހަށް ވަޑައިގެންނެވި މި މެމްބަރުންގެ އަޑެއް ބަޑެއް ނުއިވުމުން ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން މީސްމީޑިޔާގައި ފާޅުކުރަމުންނެވެ.

ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޕީއައިއެލްސީގެ ކޯ ފައުންޑާ އިޔާދާ އަހްމަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ފިރިހެން މެމްބަރުންގެ މައްޗަށް ބާރުއަޅާ ގިނަ އަންހެން މެމްބަރުން މަޖިލީހުގެ ތަޅަމަށް ބޭނުންވާ ކަމަށެވެ. އަދި މަޖިލީހަށް ނެރެންވީ އަންހެނުންނަށް ބީރު ކަންފަތެއް ދޭނެ މެމްބަރެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރެހެންދި ހަދީޖާ ސްޓޭން ކިޔާ އައިޑީއަކުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އަންހެނުންގެ ދިފާއުގައި ފިރިހެނުން ވާހަކަ ނުދައްކާނެ ކަމަށް ބުނެ، މަޖިލީހުގެ އަންހެން މެންބަރުން ޓެގްކޮށް، އެ މެންބަރުން ކޮބައިތޯ ސުވާލުކޮށްފައެވެ.

އެހެން މީހަކު ކޮށްފައިވާ ޓްްވީޓެއްގައި ވަނީ މި މައްސަލަ އެމްޑީޕީގެ ފިރިހެން ބައެއް މެންބަރުން ކުއްވެރިކޮށްފައިވާ ތަން ފެނިފައި، އަންހެން މެމްބަރުން ބަހެއް ނުބެނެ ތިބޭތީ ހިތްހަލާކުވާ ކަމަށެވެ.

މީގެ ކުރިން ގޯޅިގަނޑެއްގެ ތެރެއަށް ވައްދައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފެންމަތިވުމާއި ގުޅިގެންވެސް އަންހެން މެންބަރުންގެ ފަރާތުން ފެނުނީ ހަމަ މިކަހަލަ މަންޒަރެކެވެ. އެފަހަރުވެސް ގިނަ ބަޔެއްގެ ފާޑުކިޔުން މި މެމްބަރުންނަށް އަމާޒުވެގެން ދިޔައެވެ.

އެމްޑީޕީގެ ފިރިހެން ބައެއް މެންބަރުން މިހާރު ދަނީ އީސަ، މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމާއި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ހިމެނިވަޑައިގަންނަވައެވެ.

އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ އަނބިކަނބަލުން އަސްރާ އަށް އަނިޔާ ކުރި މައްސަލައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅީ އެ މީހުންގެ އަވަށްޓެރިއެކެވެ. އިއްޔެގެ ވަގުތެއްގައި އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

އީސަ ދިރިއުޅުއްވާ އިމާރާތުގައި އުޅޭ މީހަކު ބުނީ، އަންގާރަ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މި މައްސަލަ ފެންމަތިވުމާއި އެކު ފުލުހުން ވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

މި ތުހުމަތުތައް އަމާޒުވުމާއި ގުޅިގެން އީސަ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ފޮނުވާފައިވާ ސިޓީގައި ވަނީ އަމާޒުވި ތުހުމަތުތަކަށް އިންކާރުކޮށް، ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަގާމުން އިސްތިއުފާ ދިނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ އީސައަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މައްސަލައިގެ ޖިނާއީ ތަހްގީގު ނިމެންދެން، ޕާޓީގެ ގައުމީ މަޖިލީހުންނާއި، އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް ނިންމާފައިވެއެވެ.

އަސްރާ އާއި ދަރިފުޅަށް އީސަގެ ފަރާތުން ކުރިމަތި ކަންކަމުގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކުޑަދަރިފުޅު އެޕާޓްމަންޓްގެ ނުވަވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރު ވެސް އީސަ ދިނެވެ. މި މައްސަލަ ފުލުހުންގެ އިތުރުން ޖެންޑާއިން ބަލަމުންދާއިރު ގާތުން މޮނީޓާކުރަމުންދާނެ ކަމަށް އެޗްއާރްސީއެމުން ވަނީ ވިދާޅުވެފައެވެ. އަދި މުއައްސަސާތަކުން މައްސަލަ ބަލަމުންދާ ގޮތް މަޖިލީހުގެ ޖެންޑާ ކޮމިޓީން ފާރަވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ައަލި

  ހައްހައް ހައްހައް...ނުބުނާނެ...އެއީ ވަކި ފެކްޝަނެކޭ..

  27
 2. ޑައެލޯގް

  އެމްޑީޕީގަ ގިނަވާނީ ތިކަހަލަ މީހުންނެވެ. ދެން ތިޔަމީހުނަކަށް ހިގާނެ ޝަރީއަތެއްނޯންނާނެއެވެ. އަދި ޝަރިއަތެއްނިމި ޖަލަށްލައިފިތަ އިބޫއަށް ރޮވި ހޯރައިއްބެ ދޫކުރިގޮތަށް ދޫކުރާނެއެވެ.

  40
  2
 3. ރަދީފް ހުސެން

  ެ ލަނޑަޔާ ލަނޑަޔާ ޖެހުނީމަ ވާނީ އެހެން. ކު ރިން ތިމައިކުތަކުން މޮޅު ރާގެއްގަ ރީތި މަހު ރަޖައަކުން ދެއްކިހާ ޑް ރާމާއަކީ ފައިސާވެ ރިކަމާ، ލައްޒަތާ އިއްޒަތާ ބާ ރުވެ ރިކަމާ ވެ ރިކަމުގެ ބޭނުމުގަ ރައްޔިތުންނައް ދެއްކި ކެހިވެ ރި ސިލްސިލާ ކު ރުފިލްމެއް. މިއަދު އާ ރާބާ ރާ ފައިސާ މުށުތެ ރެއައްލާ ފިއްތާލެވިއްޖެ ދެން ކު ރިންދެއްކި ވާހަކަ ވާނީ ފަ ރިއްސައް. މިވެ ރިކަން ފެށުނީއްސު ރރެ ތިނޫން މަންޒަރ ރެއް އަދި ނުފެނެ. އިންތިހާބު ގާތްވީމަ ނިކަން އާޓުދައްކާނެ. ބަލަންތިބޭ

  39
 4. ސޭޓް

  ތީ ހުސް ޑިމޮކްރަސީގެ ނަމުގައި ތިލަވެގެން އުޅޭ މުނާފިގުންތަކެއް. މިބައިމީހުންގެ ކުަލަ ނުވަަތަ ޓީމުގެ މީހެއްވައްޖިއްޔާ އެމީހަކު ކިތައްމެ ބޮޑު ގޯހެއްހެދިއަސް ހާމަ ސާފު ހުދު ފޮތިގަނޑެއް އެއީ. ދެން އެއްމެފަހުން ގޮސް އަލީ ވަހީދައް ހެދިގޮތަށް މިބައިމީހުންގެ އަސްލުޤައުމުކަމަށްވާ ޔޫކޭ އަށް ފުރުވާލާތަންފެންނާނީ. ހުސްވަގުން. ހުަސް މަކަރުވެރިން. ޤައުމުގެ ހަޒާނާ ހުސްކުރާ ޙާއިނުން.

  41
 5. ފަލަކް

  އެހެންނުވާނީ، އެންމެކުޑަމިނުން އައުރަނިވައިކޮށްލައިގެން ހުރި މީހަކުވެސް ތިތާކު ހުރިއްޔަކީއެއްނޫން.

  47
  1
 6. ރަނޑު

  އަދިވެސް ިންތިޚާބުކުރެވޭ މަޤާމިތަކުން އަންހެނުންނަށް ވެދުންކުރެވޭބައިކުދައީ އެހެން ވީމާ ތިންބައިކުޅަ ދެބައި އަންހެނުންނަށް ވެދުންކުރުން މުހިންމު އާ އެހެންޏާ ފަހެ މިބައިމީހުނަށް ޖެހޭތަ ވަކިބައެއް މިލްކުކޮށްދޭން؟ ހަމަ ކުރިމަތިލައިގެން ހޮވުނީމަ އެނިމުނީނު އެކަމަކު މިކަހަލަ ކުފޫހަމަ ނުވާ ބަޔަކަށް ބައިކުޅަބައި ހަދިޔާއަށް ވެދުންކޮށްގެން މުޅި ހުރިހާކަމެއް ބޮސްސުންލައިގެން މިދަނީ

  34
 7. ކާފަބޭ2020

  ތިޔައީ އެއްގަލުންފެހިކާލަނޑާތަކެއްކަހަލަބައެއް! ހިޔަންޏެއްވެލާއިރަށް ގަލާދުރަށްޖެހިލާނެ އަނެއްކާއައިސްޖަމާވެ ފެހިކާންފަށާނެ! ހަމައެގޮތަށް އެއިއްޒަތްދެމިގެންވާމީހުންވެސް ފެނިގެންދާނީ! ޢެއީ އާކަމެއްނޫން އަދިހޯބޯލަވަންއަންނާނެ!

  33
 8. Anonymous

  މޑޕއަކީ މުނާފިގުންގެ ޕާޓީއެއް

  27
 9. ހ މ ޒ

  ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.

  27
  1
 10. ޑީމަކްރަތީ

  ފުރަތަމަ ބަލަމިކަބަލުން ހެދުންއެޅުން ކޮބާއި ބުރުގާ؟؟ ހިހޫތަނުން ކާމެންބަރުން އަމިއްލަ އެދިމުން ފޯވެފައިވާ ތިޔަބަޔަކީ ގިނައިންލިބޭކޮޅެއް ރަގަޅު؟؟އަބަދުވެސްބަލާނީ ފެންއޮތީ ކޮންފަރާތުގާތޯ؟؟

  21
  1
 11. Anonymous

  އަނގަފިޔަފާޅި ހެދިގެން އުޅެނީ ވަކި ކަމެއް ޕްރޮމޯޓްކުރުމަށްކަން މިހިރަ އެނގެނީ. އިޚްލާޞްތެރި ކަމެއް ހުރި އެކަކުވެސްނެތް.
  ތިޔަ ޖީހާނެކޭ ކިޔާ އަންހެނާގެ ލަދެއް ހުރިނަމަ ރޯޔަލް ރޭޕް ފެންމަތިވެގެން އުޅުނު އިރު އިސްތިއުފާ ދިނީސް. ތިޔަ ޢީސަ އަޙައްމަދަށް ފިޔަވަޅު ނޭޅުމުން ވެރި މީހާގެ އަގުވެސް ވެއްޓިއްޖެ. އޭ ޒީރޯ ޓޮލަރެންސް ގިރައިގެން ބޮވިފައި ހުރީމަ. އިސްތިއުފާ. މަރަކަށްފަހު މަރެއް. އެބައުޅޭތަ ކަންބޮޑުވެގެން

  20
 12. ހ މ ޒ

  ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

  15
 13. ރައްޔިތުމީހާ

  ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެކަމެއް ތިޔަބައިމީހުން ފާޅުކުޅަޔަސް، اللَّه، އެކަމެއް ދެނެވޮޑިގެންވެތެވެ. އަދި، އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާ ކަމެއްވެސް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

  14
 14. ހ މ ޒ

  ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.

  14
 15. މަހިބަދޫ މީހާ

  އީވާ ކިހިނެއްތަ މިވަނީ މައިކް މަށްސަލަ ޖެހުނީތަ ނޫނީ ނަރުކަންޑައައިގެން ދިޔައީތަ އަޑެއްނީވޭ،ބަލަ މިހިރަ ދެފުށް ދެގޮތް މީހާ އަންހެނުންގެ ހައްގޭ ކުޑަ ކުދިންގެ ހައްގޭ ގޮވާ ހަޅޭލާފަ މިފަހަރު ހަޕް ކިޔައިގެން ތިހުރީ އެކަމަކު މީދޯ ތިބުނާ މޮޅުޑިމޮކްރަސީ ހަމަ ހަމަ ކަމެއްނެޔް ބައިމީހާ ވީމަ، ކޮބާ އެއްކަލަ އުތެމަ ދައިތަ ހަމަ ނިދަނީ ދޯ؟އެކަމަކު އިލްމު ވެރިއެއް އެއްޗެއް ބުނާ އިރަށް އިސްލާމް ދީނުގާ އަންހެނުންގެ ހައްގެއް ނެތޭ ކިޔާ ހޭރި ގަނޭ ތީމިތަނުގާ ލާދީޔަތު ފަތުރަން އުޅޭ ބައިގަޑެއް ކަން އިގޭ ހުޅަނގުން ންރެއިން ވޮސްކޮށްފަ ތިބި.

  16
 16. ޙަލީ

  ތިމީހުންގެ ހަގީގީ ސޫރަ ތިފެންނަނީ ، ބުނާނެ އިތުރު އެއްޗެއް ނެތް

  16
 17. ވާނެ 6 އެތި

  ނުކެކިހުރެ ދެން ގަންނާނި ދުން..

  11
 18. ޖާނޭ

  ހަށިގަނޑުން ބިޔަވެފައި ތިބި 4 އަންހެނެއްގެ ފޮޓޯޖަހާފައި ކިތައްމެ ދިގު އާޓިކަލެއް ލިޔުނަސް ހަމަ ދާނީ އެއް މަގަކުން. ސްމިތްގެ މައްސަލަ ނިމުނު ގޮތް. ހޯރައިއްބެ ޖަލުން މިނިވަންކުރި ގޮތް. ރޯޔަލް ރޭޕް ކޭސް ހިންދާލި ގޮތް. ޢަގެއް،އިންސާފެއް، ހަމައެއް ލަމައެެއް ނެތް ބައިގަނޑެއް. މި 4 އަންހެނުންނަކީ އެތެރޭގައި އިންސާފުގެ ކުނޑިފުކެއްވެސް ނެތް ބޮޑެތި ޅޮސްގަސް ތަކެއް. އަމިއްލަ.

  13
 19. ލލ

  އެހެންތާވާނީ ފިލާނެތާ ގިނަ މީހުންނަކީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ މީހުން، އަދި މަޤާމުން ދުރުވެސް ކުރަންޖެހޭ މީހުން ބެޔެއްމީހުންނަކީ !

  14
 20. ......

  އީސަގެ މައްސަލައިގަ އޭނާގެ ދަރިފުޅުގެ މަންމަ ގެ އަޑު އަހަން ޖެހޭ ފަދައިން އީސަގެ އަޑުވެސް އަހަން ޖެހޭނެއެވެ...ދެމަފިރިން ގެ ދެމެދުގަ ޖެހޭ މުފަދަ މައްސަލަތައް އެކަކު ބުނާބުނުމަށް އަނެކަކު ހައްޔަރު ކޮށް ބޮޑު ޖިނާއީ މައްސަލަ އެއްގެ ގޮތުގައި ކަނޑައެޅި ބެލިގެން ދިއުމަކީ މަުޖުތަމައު ފަސާދައަށް ދިއުމަށް ހުޅުވާލެވޭނެ ދޮރެކެވެ...ޖަޒުބާތަށްވުރެ ބުއްދި އިސްކޮށް ކަންކަމާމެދު ޖުމްލަކޮށް ވިސްނާށެވެ...ފިރިމީހާ އަނބި މީހާގެ ގައިގަ އަނިޔާވާނެހެން ޖެހުން ގޯހެވެ...ނަމަވެސް އެޖެހުން މުޅި މުޖުތަނައުއިން ހުއްޓުވުމަށްޓަކައި ޖެހި ސަބަބުވެސް ހޯދަން އެބަޖެހެއެވެ...މިއަދު މިގައުމުގައި ކަން ހިނގާދާ ގޮތަކީ އަންހެންމީހާ އެދޭހާގޮތަކަށް ފުރުސަތު ނުދިނުމުން ހިތަހަމަނުޖެހުމުގައި ފިރިހެންމީހާ ޕްރެޝަރަށް އަރުވާލާ އެވެ...އަދި ކޮންމެވެސް ހައްގެކޭ ކިޔާ ފިރިހެންމީހާ ބަދުނާމުކޮށް އަދަބުދޭން މަޖްބޫރު ކުރެ އެވެ...އަންހެނުން ގެ ހައްގަށްވުރެ ބޮޑަށް މިތަނުގައި ނެތް އެއޗަކީ އަނބީންގެ މަސްއޫލިއްޔަތެވެ...ޒިންމާތަކެވެ...ތިމާއަށް ލިބެން އޮތް އެއްޗެއްގެ ވާހަކަ ދެއްކުމުގެ ކުރިން ތިމާ އަދާކުރަން ޖެހޭ ކަންކަމުގެ ވާހަކަ ދައްކާށެވެ...ގަދަބާރުން ހޯދޭނެ އެއްވެސް ހައްގެއް ނޯންނާނެއެވެ...ތިމާ ދެކޭ ގޮތަކީ އަދި އެއީ ހައްގެއްކަމުގައި ނުވެދާނެއެވެ...
  އިސްލާމީ ޝަރީއާއިން އީސަ މެންގެ މައްސަލަ ބަލަން ފެށި ނަމަވެސް އީސަ ހައްޔަރު ކުރާކަށް ނުޖެހޭނެއެވެ...ދެމަފިރިންގެ މިކަހަލަ މައްސަލަ ތަކުގެ ތެރެއަށް އެހެން މީހުން ވަނުން އެއީ މުޖުތަމައު ހަރާބު ކުރުމެވެ...އިސްލާމީ ޝަރީއަތަށްވުރެ ހައްގު ކަށަވަރުވާނެ އެހެން ގޮތެއް ނޯންނާނެއެވެ...
  އަހަރެންނަކީ އީސައާއި އަދި އެމް.ޑީ.ޕީ އާއިވެސް ދެކޮޅު މީހެކެވެ...އެހެނަސް އަހަރެންވެސް އިންސާފަށް ލޯބި ކުރަމެވެ...އަހަރެންގެ ހިތުގައި އެއްވެސް މީހަކަށް ޒާތީވުމެއް ނެތެވެ...

  11
  5
 21. ހުސެންް

  ހަމައަޑެއް އިވޭއިރަށް ތެޅިފޮޅޭކަށް ނުޖެހޭ. ފުރަތަމަ ތިދެމީހުންގެ ގިލަންވެރިކަމުގެ އަސްލުކަންނޭނގެ ހޯދަންވީ.

 22. އިލާމް

  މީ ހުސް ލާދީނީ ހަރުކަށި މީހުން. މިމީހުން މަޖިލީހަށް ވައްދަން ވޯޓުދިން މީހުން މާގޯސް. ހެޔޮނުވަނެ މިކަހަލަ މީހުންނަށް ވޯޓުދޭން! އީވާމެންނަށް ރޮޒޭނާމެންނަށް މިހާރު މަޖިލިހުގަ ތިބެވިއްކެއެއްުނު! 50 އަހަރު ވަންދެން ހަމަ އެމީހުން ނުންބަޔަކުނެތީތަ!!

 23. އުގުރި

  މިމީހުންގެ ފޯރި ފެންނާނީ ޕާޓީނޫން މީހުންނާ ދިމާލަށް ހަޅޭއް ލަވަން ވީމަ.