ރާއްޖެ އިން ފެނުނު މިއުކޯމައިކޯސިސް ނުވަތަ ކަޅު ފަންގަސްއަށް ދޭ ބޭހެއް ރާއްޖެއަކު ނެތް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ.ފައިސަލް މިހެން ވިދާޅުވެފައިވަނީ އައިޖީއެމްއެޗް އަށް ދެއްކި އުމުރުން ދުވަސްވީ ދިވެއްސެއްގެ ގައިން މި ބަލި ފެނުމާއި ގުޅިގެން ގިނަ ބަޔަކު އެއީ ކިހިނެތްވާ ބައްޔެއް ކަމާއި އެ ބައްޔަށް އޮތީ ކޮން ފަރުވާއެއްތޯ ސުވާލު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޑރ.ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކަޅު ފަންގަސް އަށް ދޭ ބޭސް ރާއްޖޭގައި ނުހުންނާނެ ކަމަށާއި ރާއްޖެއަށް އެމްފޯޓެރިސިންބީ ގެނެސް ބަހައްޓަން ޖެހޭ ކަމަށެވެ.
އެޓުވިޓުގައި ޑރ.ފައިސަލް ވަނީ އެ ބޭސް އިންޑިއާއިން ލިބުން ވަރަށް ތަދު ވެއްޖެ ކަމަށް ވިދާޅުވެ، ބޭސް އަވަހަށް ގެނައުމަށް އެދިވަޑައިގެންފައެވެ.
ކަޅު ފަންގަސް ރާއްޖެއިން ފެނުނު ނަމަވެސް، މިވަގުތު ވިސްނަން ޖެހެނީ ކޮވިޑް-19 ގެ ބަލިމަޑު ކަމަށް ވެސް ފައިސަލް ވަނީ އިލްތިމާސް ކޮށްފައެވެ.
ފައިސަލް ވިދާޅުވީ، ހަކުރުބަލި، ކެންސަރު، ބޯންމެރޯހަދާފައި، ސުޓެރޮއިޑްފަދަ ބޭހުން ދިފާޢީނިޒާމު ދަށްނަމަ މިބަލިޖެހުމަށް މަގުފަހިވާ ކަމަށާއި މި ޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި ނެތް ކަމަށެވެ.
"އެހެނަސް ޢަލާމާތްތަކަށްބަލާ ބޭސްހުރިނަމަ ފަރުވާދެވޭނެ" ޑރ.ފައިސަލް ވިދާޅުވިއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ވަރުގެ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ އަސަރު ކުރާ މީހުންގެ 54 އިންސައްތަ މީހުން މަރުވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.
ފެނުނުކަން ކަށަވަރުކޮށް ދިނީ ކޮން އިދާރާއަކުންތޯ. ކުރެވޭ ޝައްކެއްގަ ފެނިއްޖެ ވާހަކަ ތި ޖަހަނީ ކީއްވެތޯ
ޢަމިއްލަ އަށް މަސްހޫ ރު ވާން އުލޭ ޑަކްޓަރުންނާއި ލިބޭ ކޮންމެހަބަ ރެއް ޖަހާ ނޫސް