ހަނިމާދޫގެ ސްކޫލުގެ އިންޑިއާގެ ޓީޗަރަކު، އިސްރާއީލަށް ތާއީދުކޮށް މީސް މީޑިއާގައި ހިޔާލު ފާޅުކުރުމުން އޭނާ ވަޒީފާ އިން ވަކިކޮށްފިއެވެ.

ވަޒީފާ އިން ވަކިކޮށްފައި ވަނީ ހަނިމާދޫ ސްކޫލްގެ ސެޝަން އިންޗާޖް އަދި އެސްއެމްޓީ މެމްބަރުގެ މަގާމުގައި ހުރި އެބެންޒަ ސުކްމަރަންއެވެ. އޭނާ ވަކި ކުރީ ޓީޗަރު، އޭނާގެ ފޭސްބުކްގައި، އިސްރާއީލަށް ތާއީދުކޮށް ސްޓޭޓަސްއެއް ލިޔުނު މައްސަލައިގައެވެ.

ފޭސްބުކްގައި އޭނާ ލިޔެފައި ވަނީ "އައި ސްޓޭންޑް ވިތު އިސްރާއީލް" މިހެންނެވެ.

ހަނިމާދޫ ސްކޫލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިއާގެ ޓީޗަރުގެ ފަރާތުން މީސް މީޑިއާގައި ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ޓީޗަރު އެކަން ކުރީ، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އެސެމްބްލީގައި، ފަލަސްތީނާއެކު އެ ސްކޫލުގެ އެންމެން ވެސް ތިބިކަން ބުނެފައި ވަނިކޮށެވެ.

އެ ހަރަކާތަށް 24 ގަޑިއިރު ނުވަނީސް ސްކޫލްގެ ސްޓޭންޑާއި މުޅި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާ ހިލާފަށް އެ ޓީޗަރު ހިންގި ދަށު ދަރަޖައިގެ އަމަލީ ސްކޫލުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ އަމަލެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު، ހަނިމާދޫ ސްކޫލުން ނިންމާފައި ވަނީ އެމީހާ ވަޒީފާ އިން ވަކިކޮށް ގައުމަށް ފޮނުވާލުމަށެވެ.

ހަނިމާދޫ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ މި ޓީޗަރަށް، 2018 ވަނަ އަހަރު ސްޓްރޯކެއް ޖެހިގެން އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ވެސް ދިނެވެ. އަދި އޭނާ ބަލިން ރަނގަޅުވެ އަލުން ވަޒީފާ އަށް ނުކުތީއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ހުތާ

  އިސްރާއީލުން ވަޒީފާއެއްދީފަ ތިވަޒީފާއިން ވަކިކުރިނަމަ...

  52
 2. ޜަނާ

  ތިކަހަލަ ކަންކަމު ހިޔާލު ހުށައެޅިގެން ނުވާނެ. ޙިޔާލު ހިތުގަ ބާއްވާ. ޥ. ޜަނގަޅު ހަރުދަނާ ބަޔަކު ދިރިއުޅޭ ސްކޫލެއް ތިއައީ

  108
  1
 3. މޯދޯގެރި

  އިންޑިއާ މީހަކު ފޮނުވާ ލެވޭތަ؟ ހާދަ ގަބޫލް ނުކުރެވޭ ވާހަކަ އެކޭ!

  76
  7
  • ޏަޖަނ

   ކޮންމެވެސް އެހެން ރަށެއްގެ ސްކޫލަކަށް ލާނެ. ނުކެރޭނެ ފޮނުވާލާކަށް.

   23
   1
 4. ށުމަން

  ޢޭނަ ކައިރީ ކޮންމެވެސް މީހަކު ބުނެބަލަ ، ކަލޭ އިޒްރޭލު ސްކޫލަކަށް ދާން ވީ ނޫން ހޭ. ޖޮބް ނުލިބިގެން ތެޅޭ އިރު ޖޮބް އެއް ދިނީމަ ފުއްޕަނީ. މިސަރުކާރުން އޭނަ އަށް މި ކަމުގެ އެއްކޮޅަށް އަރައިފިއްޔާ ރައްތުން އޭނާ ހުރި ސްކޫލަކަށް ކުދިން ނުފޮނުވާނެ.

  20
 5. މޯޑު

  ބަރާބަރު ހަނިމާދޫ ސްކޫލް.

  34
 6. މީހުން

  ތިޔަ ހެދީ އެންމެ ރަނގަޅަށް

  28
  2
 7. ރަނގަޅު

  ބަރާބާރު. ހޭއަރާފަ ހުންނާނީ

  25
 8. ޙަލީ

  ވަރަށް ރަގަޅު ނިންމުމެއް ،

  27
 9. ޖާބެ

  ޔެސް ޑީޕޯޓްކޮށްލާ ދިވެހިރާއްޖޭގަ ފިތުނަ އުފައްދަން ނޫޅޭ، .
  ހަނިމާދޫ ރައްޔިތުންނައް އައްސަރިބަހާ ސާބަސް.

  30
 10. ޔައުޤޫބު ޔޫސުފް

  ތިހެދީ ހަމަ ރަގަޅަށް ހުރުމަތްތެރިވެގެންވީ އަޤުސާގައި ހުޅުޖަހާ ކުޑަކުދިންނާއި އަންހެނުން އަދި ނުކުޅެދޭމީހުނާއި އެކުދީންގެ ބަފައިން ސަހީދުކޮށް ގެދޮރާއި މުދަލާއި އެތައްޒަމާނުންސުރެ ބިނާކޮށްފައިފާ ބިޔަބޮޑަތި ޢިމާރާތްތަކައް މިސައިލާއި ޓޭންކަރުތަކާއި ޖެޓުފައިޓަރ ތަކުން ހަމލާދީ ނަސްލުނައްތާލަންގޮވާ އެއްވެސް ކުށެއްނެއްބައެއްގެ ބިންތައްފޭރިގަނެގެންތިބެ މިފަދަ ކަންކަންކުރާބަޔަކަށް ތާއީދުކުރާމީހަކު ދަރިވަރުންނަށް ކިޔަވައިދުންފަދަ ވަޒީފާއެއްގައި ބަހައްޓައިފިއްޔާ އެކުދިންވެސް އެފަދަ ލާއިންސާނީ ޖަރީމާތައް ހިއްގާބަޔަކަށް ބަދަލުކޮއްލަން މަސައްކަތް ނުކޮށް ނުހުންނާނެކަންޔަޤީން

  16
 11. ސަން

  މިބަހާ މިނޫސްކިޔާ 99% މީހުން ދެކޮޅުވާނެކަން އެނގި ހުރެ ބުނަން މުވައްޒަފަކު އެމީހާގެ އަމިއްލަ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ފާޅު ކުރާ ވިސްނުން ސުކޫލުގެ އޮފިޝަލް ވިސްނުމާ ތަފާތުވުން އެއީ ވަޒީފާއިން ވަކި ކުރެވިގެންވާނެ ކަމެއް ނޫން. ދިވެހިރާއްޖެ އަދި ނޯތް ކޮރެއާއަށް ބަދަލުވި ކަމެއް ނުދެނެހުރިން. ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވެސް ތި ވަކި ކުރުން ސައްހަ އެއް ނުވާނެ، ބިދޭސީ އަކަށް ވިއަސް ޤާނޫނީ ރައްކާތެރިކަން އެމީހާ އަށް ލިބިދެވޭނެ ކަމަށް ދެކެން. ސުކޫލުގެ ތި އަމަލުން ތިސުކޫލު އިން ބިނާ ކުރާ ދަރިވަރުންގެ ޝަހްސިއްޔަތު ހުންނާނެ ގޮތް ވިސްނޭ. ތިމާމީހާގެ ފިކުރަކީ އެންމެ ކަމުދާ ފިކުރު ކަމަށް ދެކުމުގެ ބަދަލުގައި ތިމާ މީހާގެ ފިކުރު އެއީ ތިމާ މީހާއަށް އެންމެ ކަމުދާ ފިކުރު ކަމުގައި ވިއަސް އެފިކުރަކީ އަނެކާގެ ފިކުރަށް ވާންޖެހޭނެ ސަބަބެއް ނެތްކަން ޤަބޫލު ކުރަންޖެހޭނެ. ތިމާ މީހާގެ ފިކުރައް އަނެކާ އިހްތިރާމު ކުރާ ގޮތަށް އަނެކާގެ ފިކުރައް ތިމާމީހާ އިހުތިރާމު ކުރަން ދަސްކޮށް ނުދޭނަމަ ތިސުކޫލުން ކިޔަވަމުންދާ ދަރިވަރުން ހިންގުވަމުން ތިގެންދަނީ އަދިރި ވަޅުގަނޑަކާ ދިމާލަށް.

  2
  39
  • Anonymous

   ތިކަހަލަ ޚިޔާލު ހުންނަ މީހުން ގެ ފާރާތުން މީހުން "އަނދިރި ވަޅުގަނޑަކާ ދިމާލަށް" ދަނީ

   20
  • މެންގޯ

   ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގަ ވެސް، އަމިއްލަ ސޯޝަލް މީޑިޔާ އެކައުންޓުގައި ލިޔާ އެއްޗިއްސަށް ބަލާފައި ފިޔަވަޅު އަޅާ،

 12. 🙇

  👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏😊😊

  11
 13. މާރިޔާ

  ދެން އިނޑިޔާއައް ގޮސް ކޮވިޑް ޖެހިގެން މޮޔަވޭ.

  16
 14. ރަބަރޭ

  "އައި ސުޓޭންޑް ވިތު އިސްރާއީލު" ބުނީ މަ މީނާއަށް އިޒްރޭލުން ދިނީ ކޮން ވަޒީފާ އެއްތަ އިޒްރޭލު އެއީ ގަދަ ބާރުން ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ ބައެއްކަން ތިޔަ އިންޑިޔާ ޓީޗަރަށް ނޭނގެނީތަ ކޮން އަައި ސުޓޭންޑް ވިތު އިސްރާއީލު އެއްތަ ހަ މާސް އަށް ހުރިހާ އަރަބިން ވެގެން ހަތިޔާރު ދީގެން ޔަހޫދީން ތަށް ތަޅާ ރާކޭސް ގަންނަވާ ލައްވީ ޔަހޫދީންނާ ވާންޖެހޭ ސުލްހައެއް ނޯންނާނެ ފުރަތަ މަ ކަ މަކަށް ފަލަސްތީނު ބި މމުން ފައިބާ އޭގެ ފަހުގައި އިޒްރޭލު އާއި ސުލްހަ ވެވޭނީ

  16
 15. ސޮއި

  ރަނގަޅު ނިން މު މެއް

  20
 16. ހަމަހަމަ

  ވަޒީފާއިންވަކިކޮްށްފަ، 1 އަހަރުދުވަހުގެ މުސާރަ ކޮމްޕެންސޭޝަންގެ ގޮތުގައި ދީފަ ފޮނުވާލީމަ ރަގަޅުވާނެ. އޭރުން ޓީޗަރުވެސް އިންޑިއާވެސް ހިޔްހަމަޖައްސާދެވުނީ.

  2
  3
 17. ފުދިބަލަ

  "އިންޑިއާގެ އުތުރުގެ ސްޓޭޓޭއް ކަމުގައިވާ އުއްތަރު ޕްރަދޭޝްގައި، ފަލަސްދީނުގެ ރައްޔިތުނަށް ތާއީދު ކުރާކަން ދެއްކުމުގެ ގޮތުން، ގެތަކުގައާއި އަދި ދުއްވާ އުޅަދުތަކުގައި ފަލަސްތީނުގެ ދިދަ ނެގުމަށް ސޯޝަލް މީޑިއާގައި އަޑުއުފުލި އިންޑިއާގެ މުސްލިމް ދަރިކޮޅުގެ މީހަކު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ."

  6
  2
 18. ޣ

  ވަރަށް ރަނގަޅު ކަމެއް ސްކޫލުން ތިކުރީ.