ހދ. ހަނިމާދޫގައި ހުންނަ ހަނިމާދޫ ސްކޫލުގައި އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންނަށް 2000 ރުފިޔާގެ އެލަވަންސްއެއް ދޭން އެ ރަށުގެ ކައުންސިލުން ނިންމައިފިއެވެ.

ހަނިމާދޫ ސްކޫލުގައި އެންމެ ފަހުން އޭ ލެވަލްއަށް ކިޔަވައިދިނީ 2017 ވަނަ އަހަރެވެ. ނަމަވެސް އޭގެ ފަހުން ކުދިން ހަމަނުވާތީ އެ ރަށުގައި އޭ ލެވެލްއަށް ކިޔަވައިދިނުން ވަނީ މެދުކެނޑިފައެވެ.

ހަނިމާދޫ ކައުންސިލްގެ ނާއިބު ރައީސް ފިރާގު މުހައްމަދު "ވަގުތު"އަށް ވިދާޅުވީ އޭ ލެވެލް ފަށަން ވެސް މީގެ ކުރިން ވެސް ކައުންސިލްގެ ބޭފުޅުން ވެސް އެހެން ރަށްރަށަށް ގޮސް ވެސް ދަރިވަރުން ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނު ކަމަށެވެ.

ހަމަ އެހެންމެ ހަނިމާދޫ ސްކޫލުން އޯ ލެވެލްއިން ފާސްވާ ކުދިންގެ ނިސްބަތްވެސް ދަށްކަމުން އޭ ލަވަލް އަލުން ނުފެށުނީ ކަމަށް ވިދާޅުވިއެވެ.

އެހެންވެ މި ފަހަރު ހަނިމާދޫ ސްކޫލުގައި އޭ ލަވަލް ކިޔަވާ ކުދިންނަށް އެލަވަންސްއެއް ދޭން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އޭ ލެވަލްގައި ފުރަތަމަ ބައިވެރިވާ 15 ދަރިވަރުންނަށް ކޮންމެ މަހަކު ކައުންސިލްއިން މަހަކު 2،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެްވެސް ފިރާގު ވިދާޅުވިއެވެ.

އޭރުން ޖުމްލަ އޭ ލެވެލްގެ ދެ އަހަރަށް އެލަވަންސްގެ ގޮތުގައި 360،000 ރުފިޔާ ހަރަދުކުރާނެއެވެ.

ފިރާގު ވިދާޅުވީ އޯ ލެވެލްގެ ނަތީޖާ ލިބުމުން އެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.

ޖުމްލަ 487 ދަރިވަރުން ކިޔަވަމުންދާ ހަނިމާދޫ ސްކޫލުގައި މިހާރު ކިޔަވައިދެނީ ގްރޭޑް 10 އަކާ ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުންގެ ހިޔާލު

    މިކަހަލަ ދެއުލިއެއްނުވަާ މީހުންނައްމިފަދަ މަގާމު ތަކައް އާދެވުނީމަ ރައްރަށް ފަސާދަވެ އޭގެ ގެއްލުން އެރަށެއްގެ ތައުލީމައްވެސް ނުހަނުބޮޑު

    3
    0
  2. ހަސީނާ ދީދީ

    މީގެ އަހަރުތަކެއް ކުރިން ޅ. ކުރެންދޫގައި ތިޔަ ގޮތަށް އެލަވަންސް ދެމޭ ކިޔައިގެން މާލޭގައި ހުރި ކުއްޖަކުވެސް ގެންގޮސްގެން ކިޔަވާއިދިން ، އެއްވެސް އެއްޗެއް ނުދޭ،،،

  3. ނަރުގިސް

    މި ޕްރޮގްރާމް ދެން ހިންގަންވީ ސ. ހުޅުމީދޫ ގަ