ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ހަނިމާދޫ ކައުންސިލުން އެ ރަށު ރައްޔިތުންނަށް ޑަސްޓްބިން ހަދިޔާ ކުރަން ފަށައިފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ސަރުކާރުން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއިއެކު، ރައްޔިތު މީހާގެ ތަކުލީފަށް ލުޔެއް ހޯދުމަށްޓަކައި ހަނިމާދޫ ކައުންސިލުން ރައްޔިތުންނަށް ޑަސްޓްބިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

"އެއީ އަސްލު އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށާއި، ޤާނޫނަށް ގެނައި ބަދަލާއިއެކު ރައްޔިތު މީހާގެ އަތުން ކޮތަޅަށް ނަގާ ފީގެ ސަބަބުންނާއި ވޭތުވެދިޔަ ތަނުގައި މުޅި ރާއްޖޭގެ ގިނަ ބަޔަކު އައީ އެ ކޮތަޅު ބޭނުންކޮށްގެން ކުނި އުކަމުން، ވީމާ މިއަދު އެ ކޮތަޅު ވަނީ ތަދު އެއްޗަކަށް ވެފައި" ކައުންސިލުން ނިންމެވި ނިންމެވިވުމުގެ ފަހަތުގައި ވާ ސަބަބު ހާމަކުރަމުން އެ ރަށު ކައުންސިލު ނައިބް ރައީސް ފިރާގް މުޙައްމަދު ވިދާޅުވިއެވެ.

ފޮޓޯ: ހަނިމާދޫ ކައުންސިލު

"ވަގުތު"އަށް މައުލޫމާތު ދެމުން ފިރާގް ވިދާޅުވީ ކައުންސިލުގެ މި އިސްނެންގެވުމާއި ބެހޭގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ 'ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ހަދިޔާކޮށްފައިވާ' ކަމަށް ބުނެ ޖޯކު ޖަހާފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ރައްދުކޮށް ފިރާގް ވިދާޅުވީ ޕްލާސްޓިކް ޑަސްބިނެއް އަދި ހަދިޔާކުރިނަމަވެސް އެ ޑަސްބިން ކޮންމެދުވަހަކު އެއްލާނުލާ ބޭނުން ކުރެވޭނެ ކަމަށެވެ.

"ކޮންމެ ދުވަހަކު އެއްލާލާ ޕްލާސްޓިކް ކޮތަޅު ހަމަ ޔަގީނުންވެސް މަދުވާނޭ. އަދި ހަނިމާދޫ ރައްޔިތުންނަށް މިއަދުގެ ކުއްލި ޙާލަތުން އަރައިގަތުމަށް ފައިދާކުރާނޭ" ފިރާގް އިތުރަށް ވިދާޅުވެފައިވެއެވެ.

ފޮޓޯ: ހަނިމާދޫ ކައުންސިލު

ފިރާގް ހާމަކުރައްވާފައިވާ ގޮތުގައި މި މަސައްކަތަށް ހޭދަވީ ޖުމްލަ އަގަކީ 129،000 ރުފިޔާ ކަމަށެވެ.

ފިރާގް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް ޑަސްބިން ހަދިޔާކުރަން ގަސްދުކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ކައުންސިލުން ދަނީ ރަށުގެ އެކި ގެތަކަށް ޑަސްބިން ހަދިޔާ ކުރަމުންނެވެ.

މި މަސައްކަތަށް ހަނިމާދޫ ކައުންސިލުން ވަނީ 20 ލީޓަރުގެ 500 ޑަސްބިން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަ

    ތި ޑަސްބިނަށް ކުނި އަޅަނީ ކޮތަޅެއް ނުލައްވާތަ؟ ޑަސްބިނުން ސީދާ ވެމްކޯ ލޮރީއަށް އޮއްސާލާގޮތަށްތޯ؟

  2. އުނޫ

    ހެހެހެ ބަލަކަލޭމެން ގަމާރުވީ މިސަރުކާރު އައިފަހުންތަ ކަލޭމެން އުފުއްލައިގެން ތިތިބީ ޕުލާސްޓިކު ނޫންތޯ ތީ ހަލާކުނުވާ އެސްއެސް ދަގަނޑު ޑަސްބިނެއްތޯ މިއޮތްފަދަޒަމާނުގަ ތިކަހަލަ ޖޯކު ސަރުކާރަށްނުޖަހަބަލަ ހަނިމާދޫން އިންޑިއާސިފައިން ބާލުވާފާނެ ބަލައިގެން އުޅޭތި.

    12
    • ޗަކޮއި

      އަނެއްކުން 99% މީހުން ތިޔަ ޕްލާސްޓިކް ޑަސްބިން ހަޑިވެދާނެތީ ތިޑަސްބިންއަށް ކުނިއަޅާނީވެސް ޕްލަސްޓިކް ކޮތާޅަށްލަފަ.. ހެހެހެ

      7
      1
  3. މަކަރެ

    ތި ހިފައިގެންތަ ފިހާރައައްވެސް ދާންޖެހޭނި ލޮލް

  4. އައިޑިއާ

    ބަލަ ގަމާރާ ތި ޑަސްބިން އަށް ވެސް ކޮތަޅު ލާފަ ކުނި އަޅާނީ، ކާކުބާ ޑަސްބިން އަށް ކުނިއަޅާނީ، މިހާރު ހަނިމާދު މީހުންވެސް އިންޑިއާ ގަމާރު ވިސްނުން މި ފެންނަނީ، މިހާރު ހަނިމާދޫގައި ގިނައީ ހިންދީން ވާހަކަ ދައްކާ މީހުން.

  5. އެދުރުބެ

    ވަރަށް ވިސްނުން ރަނގަޅު އެހެން ވީމަ... ހެހެހެހެހެހެ

  6. ޢަލީ ބުނީ

    ހަމަ 5ކ މަދީ.

  7. އަހުމަދު

    ދެން ޑަސްބިން ފުރުނީމަ ޑަސްބިނާއެކު އެއްލާލަނީ؟ ހަމަ ކޮތަޅަކަށް ލާފަނު އެއްލާލާނީ! ޑަސްބިންގެ ބަދަލުގަ ބޮޑު ކޮތަޅެއް ބޭސީމަ މާ ފަސޭހަނު... ބޭކާރު ކަންކަން 🤣🤣

  8. ޝޮކް

    ކޮތަޅު ގަނެގެން ބޭނުންކޮށްފައި އުކާލިއަސް ތިމާވެއްޓަށް ގެއްލުމެއް ނުވާނެއެވެ. ނުގަނެ ބޭނުން ކުރާ ކޮތަޅު ތަކުން ތިމާވެއްޓަށް ގެއްލުންވަނީ.