މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލުތަކަށް ލުޔެއް ދޭން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މާލޭގެ މޭޔަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާތީވެ މާލެ ސިޓީގައި ގިނަ ވަގުތަކަށް ކާފިއު އިއުލާން ކޮށްފައި އޮންނާތީވެ، ގިނަ ބަޔެއްގެ އާމްދަނީއަށް އަސަރު ކޮށްފައިވާ ކަމަށެވެ.
"ވުމާއެކު، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލުތަކަށް ލުޔެއް ދެއްވުން އެދި ގޮވާލަން،" މާލޭގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ސްޓެލްކޯއާއި ފެނުގެ ޚިދުމަތް ދެމުންދާ އެމްޑަބްލިއުއެސްސީގެ އެކައުންޓް ޓެގްކޮށް މުއިއްޒު ލިޔުއްވާފައިވެއެވެ.
ކޮވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކަރފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފި!
ވުމާއެކު، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ގޮވާލަން. @STELCOMALDIVES @MWSC_Official— Dr Mohamed Muizzu (@MMuizzu) May 21, 2021
ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތަކަށް މަޑުޖެހުމެއް ނައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 400 އާއި 500 އާ ދެމެދު އުޅެމުން ދިޔައެވެ. އެންމެ ފަހުން ގޮސް މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 1،000 އިން މަތީގައެވެ.
މި ބަލީގައި މީހުން ނިޔާވާ އަދަދު ވެސް މިހާރު ދަނީ އިތުރުވަމުންނެވެ. މާރިޗު މަސް ނިމުނު އިރު، ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 67 އަށް އެރިއެވެ. އޭޕްރިލް މަސް ނިމުނުއިރު، 73 މީހަކު ވަނީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވެފައެވެ. މި މަހުގެ މިހާތަނަށް ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 45 އަށް އަރައިފައެވެ.
މި ސަބަބުތަކާ ގުޅިގެން މާލެ ސަރަހައްދުގައާއި ރާއްޖޭގައި ވެސް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. މާލެ ސަރަހައްދުގައި އާންމުކޮށް އެއްވާ ތަންތަން ބަންދުކޮށްފައިވާއިރު ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގައެވެ. އެ ވަގުތުގައި ބޭރަށް ނުކުމެ އުޅެނީ ހުއްދައެއް ނަގައިގެންނެވެ. މީގެ ސަބަބުން ވިޔަފާރިތަކުގެ އާމްދަނީ ވެސް ވަނީ ބޮޑު ތަނުން ދަށްވެފައެވެ.
ބިލަށް ލުޔެއް ދޭން ޖެހެ ނީ ހާލުގަ އިވއުޅޭ މީހުންނަ ށެވެ. މަހުޖަނުން ނަކަށް ނޫނެވެ. ވީމާ އެވާހަކަ ވެސް ޖަހާލަންބރަނގަޅެވެ.
މުއައްޒު މޮޔަފުޅު ވީތޯ މާލެސިޓީގެ ބިލުތައް އެކަނިތޯ އަގުހެޔޮ ކުރަންޖެހެނީ
މުއިއްޒަކީ މާލެ ސިޓީ މޭޔަރެއް ނޫންތަ؟ ރާއްޖެ ތެރޭގެ މޭޔަރުން ބިލް ކުޑަކުރަން ނޫޅެންޏާ މާލެ މޭޔަރުވެސް އަޅާނުލަންވީތަ ހަމަ؟
މާލެސިޓީގެ މޭޔަރު ޖެހޭތަ ހުރިހާ ރަށެއްގެ ބިލުތަކާ އުޅެން. މުއިއްޒުއަކީ މުޅި ރާއްޖޭގެ މޭޔަރެއްނޫނޭ!
ސާބަހޭ މުއިއްޒުއަކީ މުޅި ރާއްޖޭގެ މޭޔަރެއްނޫނޭ! މާލެސިޓީގެ މޭޔަރުކިޔަނީ ކަމެއްވެގެނޭ!
މުއިއްޒު ހަދާން ނަށްތާ ނުލާތި ތި މަގާމަަށް އާދެވިފަ ތިހުރީ މާލޭ މީހުންގެ ވޯޓަކުން ނޫން ކަން ދަފްތަރުގަ ތިބި މަލޭގަ ދަތިހާލުގަ ތިބި މިހުން އެމިހުންނަށް ކޮނަމެވެސް ވަރެއްގެ ފޮނި އުންމީދެއް ލިބޭނެކަމުގާ ދެކިގެން ގޮޑީގަ އިށީންދެވުނިމަ ހަނދާންނަށްތާ ނުލަތި ފަހުން ހިތިރަހަ ކރުބުޑުގަ ލާނެ މަލޭ މިހުންނާ ތަފާތު ކުރުމެއްނެތި ހަމަ ހަމަ ހަމަ ވަންޖެހޭނެ މަވޯޓް ދިނީ މިހެންވެ ބަލަން ތިބެނަން ވާގޮތް
ކަލޭމެން މާލޭގަ އުޅެމުން ރަށުގެ ކަރަންޓް ބިލުތަ ދައްކަނީ؟ އަޅެ ފަހެ އަޖައިބެއްތަ މީ.
ހުޅުބު ދާނީ މާބޮޑައް ތެޅެން ފެށީމަ
ދީބަލަ ދީބަލަ އަހަރެމެންއަށްވެސް ރަނގަޅު ތި ބިލްތައް ކުޑަކޮށްދިނިއްޔާ. އެކަމް ކޮށްދެންވާނީ މުއިއްޒުމެންނަށް ވެރިކަން ލިބުނީމަވެސް ބިލްތައް ބޮޑުނުކުރާ ގޮތަށް
ބަލަ ތިޔަ މޭޔަރެއްގެ ވެރިކަމުގަ ތިޔަ މޭޔަރެއްގެ މިނިސްޓަރުކަމުގަވެސް މި ގައުމު އޮތް ފަސް އަހަރު ތިޔަ ބިލެއް ކުޑަ ކުރަންޔާ ކުރަން ގައިމު ލައްކަ ދުވަސްލިބުނެއްނު.. ދެން އެހެން ބަޔަކު ވެރިކަމަށް އެރީމަ ފާޑު ފާޑު ޓްވީޓް ކުރާނެކަމެއްނެތް.. ކޮންމެ މީހަކުވެސް ވެރިކަން ލިބުނީމަ ދައުލަތްގެ ފައިސާބޮނޑިއައް ވިއްޔަ ބަނޑުއްޅަނީ
މިހެން ވެޔޭ އަހަރެމެން މުއްޒި ހޮވީ.. އެއީ ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިގަންނަވާތީއޭ..
މާލޭގަ ދިރިއުޅޭ މުއްސަނދިންގެ ކަރަންޓް ބިލާ ފެންބިލް ކުޑަކޮށްދީ.
މުއިއްޒު ބުނި މަގާމާ ހަވާލުވެފާ އެންމެފުރަތަމަ ބައްދަލުކުރާނީ ރައީސް ސޯލިހާ ކަމަށް. ބައްދަލުކޮށްފިންތޯ؟